Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޢިއްޒު

ކުރީ ސަރުކާރޭ ގޮވޭކަށް ނެތް!

27 ޖޫން 2024 | ބުރާސްފަތި 15:37

ސަރުކާރަށް ހަތް މަސް ދުވަަހަށްވުރެ ގިނަ ދުވަސްވީއިރު، ޚަރަދު ކުޑަ ކުރަން މިހާތަނަށް ފިޔަވަޅައެއް އަޅާފައެއް ނެތެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 27 ޖޫން 2024 | ބުރާސްފަތި 15:37
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އާއި މާލީ ވަޒީރު ޑޮކްޓަރު މުޙައްމަދު ޝަފީޤު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އާއި މާލީ ވަޒީރު ޑޮކްޓަރު މުޙައްމަދު ޝަފީޤު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވީ، ޚަރަދު ކުޑަ ސަރުކާރެއް އެކުލަވާލުމަށެވެ. ކުރީ ސަރުކާރުގައި ބޭކާރު ކަންކަމަށް ފައިސާ ޚަރަދު ކުރާ ކަމުގެ ވާހަކަ އިންތިހާ އަށް ދައްކަވަމުންނެވެ. ޤައުމު ބަނގުރޫޓުވުމާ ދިމާލަށް މިސްރާބު ޖަހާފައިވާކަން ރައްޔިތުންނަށް ދައްކައިގެންނެވެ. އެ ވާހަކަ އިން ރައްޔިތުންގެ ހިތަށް ބިރުވެރިކަން ވައްދަމުން ވިދާޅުވީ، އެ ޙާލަތު ތިމަން މަނިކުފާނު ބަދަލު ކުރައްވާނެ ކަމަށެވެ.

ރައީސް މުޢިއްޒުގެ ސަރުކާރަށް ހަތް މަސް ދުވަހަށް ވުރެ ގިނަ ދުވަސް ވެގެން ދިޔައިރު، ދައުލަތުގެ ޚަރަދު އިންތިހާ އަށް މައްޗަށް ގޮސްފި އެވެ. ދައުލަތް ހިންގުމުގެ ޚަރަދު އިންތިހާ އަށް ބޮޑުވެފައިވާކަން ފެންނަނީ މާލީ ވުޒާރާގެ ތަފާސް ހިސާބުތަކުންނެވެ. އިންތިހާ އަށް ސިޔާސީ މަޤާމުތަކަށް މީހުން ގިނަވެފައިވާއިރު، ދައުލަތުން ބޮޑު ހޭދައެއް ކުރަން ޖެހޭނީ އެމީހުންނަށް މުސާރަ ދިނުމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުތަކަށް ވެސް ދައުލަތުން ކުރަމުން އަންނަ ޚަރަދު ވަކި ކުޑައެއް ނޫނެވެ.

އެހެން ނަމަވެސް، ރަށް ރަށުގެ ތަރައްޤީ އަށް ދައުލަތުން ކުރ ހޭދަ ބޮޑު ތަނުން ދަށްވެއްޖެ އެވެ. ކުރީގެ ސަރުކާރުން ރަށް ރަށުގައި ފަށާފައިވާ ތަރައްޤީގެ މަޝްރޫއުތައް ވެސް މިހާރު މަޑު ޖެހިއްޖެ އެވެ. މި ސަރުކާރުގެ ވައުދެއް ވެސް ރަށް ރަށުގައި ކުރިއަކަށް ނުދެ އެވެ. ޖުމުލަ ގޮތެއްގައި ރައްޔިތަކަށް ފެން ހިފޭނެ ކަމެއް މިހާތަނަށް އައި އިރު، މި ސަރުކާރަށް ކުރެވިފައެއް ނެތެވެ.

އަނެއްކޮޅުން، ޤައުމުގެ އެންމެ މުހިންމު އެއް ސިނާއަތް ކަމަށްވާ، މަސްވެރި ސިނާއަތުގައި މަސައްކަތް ކުރާ ދިވެހި ރައްޔިތުން ބަނޑަށް ޖެހެނީ އެވެ. އެމީހުން ދަރަނިވެރި ވަނީ އެވެ. ރެޔާއި ދުވާލު، ދޭހާ އަތްވެއްގަޔާއި، ވެހޭހާ ވާރޭއެއްގައި ލޯބޯ ފިއްސައިގެން އެ މީހުން ބާނާ މަސް ކޮޅަށް ފައިސާ ނުދެވޭތާ ދެ މަސް ދުވަސްވެ، މިހާރު ތިން މަސް ދުވަސް ވާން ކައިރިވެއްޖެ އެވެ. އަތް މަތި ދަތިވެ، ދަރަނިވެރިވާ ހިސާބަށް ދިޔުމުން، މަސްވެރިން އިޙުތިޖާޖަށް ވެސް ނިކުމެއްޖެ އެވެ. ރާއްޖެ އެކި ކަންކޮޅުތަކުގައި މަސްވެރިންގެ ސުލްހަވެރި އިހުތިޖާޖުތައް ކުރިއަށް އެބަ ދެއެވެ.

މިހުރިހާ ކަމަކަށް ސަރުކާރުން ދައްކަނީ އެންމެ ބަހަނާ އެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އާއި، މާލީ ވަޒީރު ޑޮކްޓަރު މުޙައްމަދު ޝަފީގު އަދި މަސްވެރިކަމާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމްގެ ދުލުން ވެސް ބޭރުވަނީ އެންމެ ދެ ލަފްޒެވެ. އެއީ، "ކުރީ ސަރުކާރު!" އެވެ. ކުރީ ސަރުކާރުގެ ފަހަތަކުން، މި ސަރުކާރަށް ނެއްޓޭކަށް ނޭންގުނެވެ. ކޮންމެ މައްސަލައެއްގައި ވެސް ދައްކަވަނީ އެ ވާހަކަ އެވެ. ކުރީ ސަރުކާރާ ހެދި މާލީ ޙާލަތު ދަށްވެފައިވާ ވާހަކަ އެވެ. މީހަކު އަޅެ އަޖައިބު ނުވާންވީ ކީއްވެ ހެއްޔެވެ؟

ސަރުކާރުގެ މި ވާހަކަތައް ދެކޮޅު ނުޖެހޭ ސަބަބުތަކެއް އެބަ ހުއްޓެވެ. ދައުލަތުގައި ފައިސާ ނެތް ކަމަށާއި، މާލީ ޙާލަތު ދަށްވެފައިވާ ކަމަށް ސަރުކާރުން ބުނާއިރު، ސަރުކާރުގެ ޢަމަލުތަކުން ފެންނަނީ އެހެން މަންޒަރެކެވެ. ސަރުކާރުން ބޭނުންވާހާ ކަމެއްގައި އިންތިހާ އަށް އެބަ ޚަރަދު ކުރެ އެވެ. އެކަންކަން ކުރުމަށް ފައިސާ ވެސް ހުރެ އެވެ. ކުޑަ މިސާލެއް ދަންނަވާނަމަ، ރައީސުލްޖުމްހޫރިއްޔާގެ ދަތުުރުފުޅުތަކަށް ބޮލަކަށް 72،000 (ހަތް ދިހަ ދެ ހާސް) ޚަރަދު ކުރަންވީމަ ވެސް، ދައުލަތުގައި ފައިސާ ހުރެ އެވެ. ދަތުރުފުޅުތަކުގެ ޖުމުލަ ޚަރަދު މިލިއަނަކަށް ވުރެ ކުޑަ ތަން ކޮޅެއް ވެސް ކުޑަ ނުވެ އެވެ.

ސަރުކާރަށް ހަތް މަސް ދުވަަހަށްވުރެ ގިނަ ދުވަސްވީއިރު، ޚަރަދު ކުޑަ ކުރަން މިހާތަނަށް ފިޔަވަޅައެއް އަޅާފައެއް ނެތެވެ. އޭގެ ބަދަލުގައި ފެންނަނީ ސަރުކާރުން އިންތިހާ އަށް ބޭކާރު ޚަރަދު ކުރަމުންދާ މަންޒަރެވެ. ދައުލަތަށް އިތުރަށް އެންމެ ފައިސާ ފޮއްޗެއް ވެސް ހޯދާނެ ގޮތެއް އަދި މަގެއް ސަރުކާރަށް ނޭންގެ އެވެ. ސަރުކާރުގެ ޚަރަދު ބޮޑުވެ، މާލީ ގޮތުން ދަތިކަމާ ކުރިމަތިލާން ޖެހުމުން، ގޮވަނީ "ކުރީ ސަރުކާރު" އެވެ. ދަންނަވަންތޯ އެވެ! މިހެން ކިޔޭކަށް ނެތެވެ! ދެން ވެސް އަވަހަށް ކުރަންވީ ކަމަކީ، މަތި ބަރު މި ސަރުކާރުގެ، މަތި ލުއި ކުރުމެވެ. ޚަރަދުތައް ކުޑަ ކުރުމެވެ.

ރައްޔިތުން ވެރިކަން ހަވާލުކުރީ، "ކުރީ ސަރުކާރު" މިހެން ގޮވާލަ ގޮވާލާ ތިބޭކަށް ނޫނެވެ. ރައްޔިތުންގެ ޓެކްސް ފައިސާ އިން މުސާރަ ނަންގަވައިގެން ތިއްބަވައި، އެހެން ވިދާޅުވުމަކީ ވެސް ހަޤީގަތުގައި ވަރަށް ލަދުވެތި ކަމެކެވެ. އޭގެ ބަދަލުގައި ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހެ އެވެ. ރައްޔިތަކަށް ލިބެން އޮތް އެއްޗެއް ކުޑަ ކުރުން ނުވަތަ މަދު ކުރުމަކީ ވެސް މޮޅު ގޮތެއް ނޫނެވެ. ސަރުކާރުގެ ޚަރަދުތައް ކުޑަ ކުރާށެވެ. ސަރުކާރުގެ ޚަރަދުތައް މަތިވެ، އެކަން ފޫބެއްދުމުގެ ތަޅުދަނޑިއަކަށް ރައްޔިތުން ހެއްދެވީމަ ވެސް ކަމަކު ނުދެ އެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

12 އެޕްރީލު 2017

"އަބުރެއް ނެތް ޕަޕެޓުންގެ ކޮމިޝަން"

12 އެޕްރީލު 2017
"އަބުރެއް ނެތް ޕަޕެޓުންގެ ކޮމިޝަން"
12 މާރިޗު 2017

5 އެއާޕޯޓު ހަދަން ހަވާލު ކުރީ ދުވަހަކު އެއަޕޯޓެއް ހެދި ބަޔަކާ ނޫން!

12 މާރިޗު 2017
5 އެއާޕޯޓު ހަދަން ހަވާލު ކުރީ ދުވަހަކު އެއަޕޯޓެއް ހެދި ބަޔަކާ ނޫން!
07 މާރިޗު 2017

ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް

07 މާރިޗު 2017
ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް
18 ފެބުރުއަރީ 2017

ސިޔާސަތެއް ނެތް ވެރިކަން!

18 ފެބުރުއަރީ 2017
ސިޔާސަތެއް ނެތް ވެރިކަން!
10 ފެބުރުއަރީ 2017

ނިމުމެއް ނެތް އަޅުވެތިކަން

10 ފެބުރުއަރީ 2017
ނިމުމެއް ނެތް އަޅުވެތިކަން
04 ފެބުރުއަރީ 2017

އިންތިހާބުގެ ކުރިން ބަލި ގަބޫލުކުރީއެވެ

04 ފެބުރުއަރީ 2017
އިންތިހާބުގެ ކުރިން  ބަލި ގަބޫލުކުރީއެވެ
29 ޖެނުއަރީ 2017

މައުމޫން ހިމޭނުން ހުންނަވައިގެން ވާކަށް ނެތް، މައިދާނަށް ނުކުންނަވާ!

29 ޖެނުއަރީ 2017
މައުމޫން ހިމޭނުން ހުންނަވައިގެން ވާކަށް ނެތް، މައިދާނަށް ނުކުންނަވާ!
24 ޖެނުއަރީ 2017

އަސްލެއް ނެތް ދައުވާއަކުން ވިހެއި، "ނަހަލާލު ހުކުމް"!

24 ޖެނުއަރީ 2017
އަސްލެއް ނެތް ދައުވާއަކުން ވިހެއި، "ނަހަލާލު ހުކުމް"!
12 ޖެނުއަރީ 2017

މިހާރުގެ ހާލަތަށް ބަލާއިރު ދިވެހި ފިލްމީ ދާއިރާއަށް ކުރިއެރުމެއް ނެތް

12 ޖެނުއަރީ 2017
މިހާރުގެ ހާލަތަށް ބަލާއިރު ދިވެހި ފިލްމީ ދާއިރާއަށް ކުރިއެރުމެއް ނެތް
10 ޖެނުއަރީ 2017

ސިޔާސީ ސަޅި ބައިސާ ކެނޑުން، މަޝްރޫއު ފެށޭނެ ކަމުގެ އުއްމީދެއް ނެތް!

10 ޖެނުއަރީ 2017
ސިޔާސީ ސަޅި ބައިސާ ކެނޑުން، މަޝްރޫއު ފެށޭނެ ކަމުގެ އުއްމީދެއް ނެތް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް