Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ކެރޮލީނާ ރީޕާޒް މިރުސް

އިންތަނުން ނުތެދުވެ، ކިތައް މިރުސް ކާލެވިދާނެ؟

އިންތާ އިނދެ، އެއް ފަހަރާ އެންމެ ގިނަ ޢަދަދަކަށް ކެރޮލީނާ ރީޕާޒް މިރުސް ކެއުމުގެ ރެކޯޑަކަށް މީގެ ކުރިން ކެވިފައި އޮތީ 121 މިރުސް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 23 މެއި 2024 | ބުރާސްފަތި 07:35
ގަސްގަހާގެހި ޖޯޑުކޮށް މުޑުވަށް ކުރުމުގެ ތަޖުރިބާ ލިބިފައިވާ އެމެރިކާ މީހެއް ކަމަށްވާ އެޑް ކަރީ ބްރީޑް ކުރި ކެރޮލީނާ ރީޕާގެ ކުޅި މިން ގިންތި ކުރަނީ، 1.64 މިލިއަން ސްކޯވިލް ހީޓް ޔުނިސްޓްސްގަ

ގަސްގަހާގެހި ޖޯޑުކޮށް މުޑުވަށް ކުރުމުގެ ތަޖުރިބާ ލިބިފައިވާ އެމެރިކާ މީހެއް ކަމަށްވާ އެޑް ކަރީ ބްރީޑް ކުރި ކެރޮލީނާ ރީޕާގެ ކުޅި މިން ގިންތި ކުރަނީ، 1.64 މިލިއަން ސްކޯވިލް ހީޓް ޔުނިސްޓްސްގަ

އަހަރެމެން ދިވެހިންވެސް އެ ސަރަހައްދަކަށް ނިސްބަތްވާ ދެކުނު އޭޝިއާ ސަރަހައްދުގެ ކޭންތަކަކީ ހަވާދުގެ ބާވަތްތަކުން މުއްސަނދިކޮށްފައިވާ، އަނގަޔަށް މީރު، ހިތްގައިމު ކުޅިކަމެއް ހުންނަ ކޭންތަކެއް ކަމަށް މުޅި ދުނިޔެހެން އިއްތިފާޤުވެއެވެ. ނަމަވެސް ކުޅިއޭ ބުނާ ވަރުގެ ކުޅި މިރުހެއް ރޮލާ ކާލަން ކެރޭނީ އަހަރެމެންގެ ތެރެއިން ކިތައް މީހުންނަށް ހެއްޔެވެ؟ އެ ވާހަކަ އެ ހިސާބަށް ދޫކޮށްލުމަށް ފަހު، ހުޅަނގުގެ ޘަޤާފަތް ފެތުރިފައި ވާ އޮސްޓްރޭލިއާއަށް ޖެހިލަމާ ހިނގާށެވެ.

މިއީ އޮސްޓްރޭލިއާގެ މެލްބަންގައި ދިރިއުޅޭ ގްރެގް ބާލޯގެ ވާހަކައެވެ. މިއަދު އޭނާ މަޝްހޫރުވެފައިވަނީ 'ދަގަނޑު ގޮހުރު'ގެ ވެރިޔާގެ ގޮތުގައެވެ. އެއީ ގިނިސް ރެކޯޑް ހޯލްޑަރެކެވެ. ގްރެގް ބާލޯގެ މަޝްހޫރުކަން ގުޅިފައި ވަނީ ހަމަ ޙަޤީޤަތުގައިވެސް އޭނާގެ ގޮހޮރާއެވެ. އޭނާވަނީ އެއްތާ އިން ގޮތަށް އިނދެ، ކެރޮލީނާ ރީޕާޒްއޭ ކިޔާ ޒާތުގެ 160 މިރުސް ކައި ހުސްކޮށްފައެވެ. ކެރޮލީނާ ރީޕާޒްއަކީ މުޅި ދުނިޔޭގެ ނިސްބަތުންވެސް މިހާތަނަށް ރެކޯޑް ކޮށްފައި ވާ އެންމެ ކުޅިގަދަ މިރުހުގެ ބާވަތެވެ.

ގްރެގް ބާލޯއަކީ ފަހަރެއްގައިވެސް ގިތެޔޮ މިރުސް ފަދަ މިރުސް ކާ ހިތްވާ މީހެއް ނޫނެވެ. ކުޅި ގަދަ ސޯސްތަކަކީވެސް އޭނާ މާ ގަޔާވާ އެއްޗަކަށް ނުވެއެވެ. ނަމަވެސް، އެ ތަކެތި ކައި ހަދާ އިރު އޭނާއަށް އެ ލިބޭ ސަމާލުކަމަކީ، މިއަދު ގްރެގް ބާލޯ އެންމެ ލޯބިކުރާ އެއް ކަންތަކެވެ. އެ ސަމާލުކަން ހޯދުމަށްޓަކައި، ގޮހުރުގައި އަލިފާން ޖަހައޭ ބުނާހާ ކުޅިކޮށް ކާންވެސް އޭނާ މިއަދު ހުރީ ތައްޔާރަށެވެ.

ލީގް އޮފް ފަޔަރ އަކީ އެކި ޒާތްޒާތުގެ، އިންތިހާ ކުޅި މިރުސް ކެއުމުގެ ކުޅަދާނަކަން ލިބިފައިވާ މީހުން ރޭންކު ކުރާ ޖަމިއްޔާއެކެވެ. ދެތިން ފަހަރަކު ކެރޮލީނާ ރީޕާޒް މިރުސް ކާލުމަށްފަހު، ގްރެގް ބާލޯ މިސްރާބު ޖެހީ ލީގް އޮފް ފަޔަރއާ ދިމާއަށެވެ. ދުނިޔޭގައި މިވަގުތު ލިބެން ހުރި އެންމެ ކުޅި ގަދަ މިރުސް ކަމުގައި ވާ ކެރޮލީނާ ރީޕާޒް، އިންތާ އިނދެގެން ކައި ހުސްކުރުމަކީ ލީގް އޮފް ފަޔަރ އިން ހުށަހަޅާ އެންމެ ވަރުގަދަ އެއް ޗެލެންޖުވެސްމެއެވެ. ދުނިޔޭގެ ޗެމްޕިއަން ކަން ހޯދަން ފެން ބޮވައިގެންފައި ހުރިލެއް ބޮޑު ކަމުން، ގްރެގް ބާލޯ ފުރަތަމަވެސް ހިފަން އަމާޒު ހިފީ ބޮންތީގައެވެ.

ގަސްގަހާގެހި ޖޯޑުކޮށް މުޑުވަށް ކުރުމުގެ ތަޖުރިބާ ލިބިފައިވާ އެމެރިކާ މީހެއް ކަމަށްވާ އެޑް ކަރީ ބްރީޑް ކުރި ކެރޮލީނާ ރީޕާގެ ކުޅި މިން ގިންތި ކުރަނީ، 1.64 މިލިއަން ސްކޯވިލް ހީޓް ޔުނިސްޓްސްގައެވެ. އެއީ އާންމުކޮށް މި ފެންނަ ހަލަޕީންޏޯ ތޮޅި މިރުހަށް ވުރެ އެތައް ސަތޭކަ ގުނައެއް ކުޅި މިންވަރެކެވެ. އެހާ ކުޅި ގަދަ ބާވަތަކުން 160 މިރުސް ކާލުމަކީ އާދައިގެ ކަމެއް ނޫނެވެ. މި ދައްކަނީ ގާތްގަނޑަކަށް 1 ކިލޯ ހުންނާނެހާ މިރުހުގެ ވާހަކައެވެ.

ގްރެގް ބާލޯ ބުނާ ގޮތުގައި އޭނާއަކީ މިރުހާ މާ ގަޔާވާ މީހެއް ނޫނެވެ. އަދި މިރުސް ކާން ތަމްރީނުވާވެސް މީހެއް ނޫނެވެ. ސަބަބެއް ކަމަށް ބުނަނީ، މިރުހުން ލިބޭ 'އަނިޔާ' ބޮޑުވުމެވެ. އިތުރު އަނިޔާތަކެއް ހަށިގަނޑަށް ދޭން ބޭނުން ނުވާތީއެވެ. އިންތިހާ އިނދެ، އެއް ފަހަރާ އެހާ ގިނަ ޢަދަދަކަށް ކެރޮލީނާ ރީޕާޒް ކެއުމާ ބެހޭ ގޮތުން ގްރެގް ބާލީ ވަނީ ޑޮކްޓަރެއްގެ އިރުޝާދުވެސް ހޯދާފައެވެ.

އިންތާ އިނދެ، އެއް ފަހަރާ އެންމެ ގިނަ ޢަދަދަކަށް ކެރޮލީނާ ރީޕާޒް މިރުސް ކެއުމުގެ ރެކޯޑަކަށް މީގެ ކުރިން ކެވިފައި އޮތީ 121 މިރުހެވެ. ނުވަތަ 714 ގުރާމެވެ. ގްރެގް ބާލޯ މިފަހަރު ކާލީ 160 މިރުހެވެ. ނުވަތަ 953 ގުރާމުގެ ކެރޮލީނާ ރީޕާޒްއެވެ.

'ދަގަނޑު ގޮހުރު'ގެ ނަމުން އެކުވެރިއަކު ދިން ވަނަން ހަރުލިއެއް ކަމަކު، ގްރެގް ބާލޯ ބުނާ ގޮތުގައި އެކަހަލަ ކަމެއް އޭނާގެ ނެތެވެ. މިރުސްތައް ކައި ނިންމާތާ އެތައް ދުވަހެއް ވާ އިރުވެސް ބަނޑުން އިންތިހާއަށް ދިލަނަގައެވެ. މެއި 1، 2022 ގައި ގްރެގް ބާލޯ ހެލި ރެކޯޑް އަދިވެސް އޮތީ ހަމަ އޭނާގެ އަތުގައެވެ. އެ ރެކޯޑް މުގުރާލުމަކީ ހަމަ ޔަޤީނުންވެސް މާ ފަސޭހަ ކަމަކަށް ނުވާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަވިގަނޑުތެރޭގައި މަސައްކަތްކުރާ ލޭބަރުންނާމެދު ވިސްނާލެވުނީ ކިތައް ފަހަރު؟

އަވިގަނޑުތެރޭގައި މަސައްކަތްކުރާ ލޭބަރުންނާމެދު ވިސްނާލެވުނީ ކިތައް ފަހަރު؟

26 އޯގަސްޓު 2023
ވޯލްޑްކަޕް: ދުވާލެއްގެ މައްޗަށް ޤަތަރަށް ޖައްސަނީ ކިތައް ފްލައިޓުކަން އެނގޭތަ؟

ވޯލްޑްކަޕް: ދުވާލެއްގެ މައްޗަށް ޤަތަރަށް ޖައްސަނީ ކިތައް ފްލައިޓުކަން އެނގޭތަ؟

18 ނޮވެމްބަރު 2022
ދުނިޔޭގައި ލިބެން ހުރި އެންމެ ކުޅި މިރުސް އަޅައިގެން ޗޮކްލެޓެއް ކާލަން ކެރޭނެތަ؟

ދުނިޔޭގައި ލިބެން ހުރި އެންމެ ކުޅި މިރުސް އަޅައިގެން ޗޮކްލެޓެއް ކާލަން ކެރޭނެތަ؟

29 އޮކްޓޯބަރު 2022
ސުނީގެ ލޮނުމިރުސް ގަނޑު ވަރަށް ފައްކާ!

ސުނީގެ ލޮނުމިރުސް ގަނޑު ވަރަށް ފައްކާ!

07 ސެޕްޓެމްބަރު 2020

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު