Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޤަތަރު ވޯލްޑްކަޕް 2022

ވޯލްޑްކަޕް: ދުވާލެއްގެ މައްޗަށް ޤަތަރަށް ޖައްސަނީ ކިތައް ފްލައިޓުކަން އެނގޭތަ؟

ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތް، ހަމަ ލޮލުން ބަލާލުމަށް ޤަތަރަށް ޒިޔާރަތް ކުރާ ގިނަ ފަތުރުވެރިން އެ ޤައުމަށް އެތެރެވާނީ ހަމަދު އިންޓަރނޭޝަނަލް އެއަރޕޯޓުން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 18 ނޮވެމްބަރު 2022 | ހުކުރު 06:50
ދުނިޔޭގެ ތައްޓަށް ކުޅޭ އެންމެ ފޯރިގަދަ ފުޓުބޯޅަ މުބާރާތް، ފެށުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 20 ވަނަ ދުވަހު

ދުނިޔޭގެ ތައްޓަށް ކުޅޭ އެންމެ ފޯރިގަދަ ފުޓުބޯޅަ މުބާރާތް، ފެށުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 20 ވަނަ ދުވަހު

ދުނިޔޭގެ ތައްޓަށް ކުޅޭ އެންމެ ވަރުގަދަ މުބާރަތަކީ ފީފާ ވޯލްޑްކަޕް ކަމާ މެދު ދެބަސްވާނެ މީހަކު މަދުވާނެއެވެ. 22 ވަނަ ފީފާ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތް ފަށަން ދެތިން ދުވަހަށް ވެފައި ވާ އިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިލިއަން ބަޔަކު ދަނީ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. ވީހާވެސް މަޖާ މާޙައުލެއްގައި މުބާރާތް ބަލާލުމުގެ ކަންކަން ރާވާ، މާލަންތައް ޒީނަތްތެރި ކުރަމުން ދާއިރު، އެންމެ ފޯރީގައި ވޯލްޑްކަޕަށް ތައްޔާރު ވަމުންދާ އެއް ބަޔަކީ، މުބާރާތް ކުޅޭ ޤަތަރަށް ޒިޔާރަތްކޮށްގެން ހަމަލޮލުން މެޗު ބަލާލަން ތައްޔާރުވަމުންދާ މީހުން ކަމާ މެދުވެސް ދެބަސްވެވޭކަށް ނެތެވެ. 

ވޯލްޑްކަޕްގެ މެޗުތައް ބަލާލަން ޤަތަރަށް ޒިޔާރަތް ކުރާ މީހުންނާއެކު، އެ ޤައުމަށް ޒިޔާރަތް ކުރާ މީހުންގެ ޢަދަދު އިތުރުވަމުން ދަނީ ރެކޯޑް މިންވަރަކަށެވެ. ޤަތަރުގައި އޮޕަރޭޓް ކުރާ ބައިނަލްއަޤުވާމީ ފެންވަރުގެ ވައިގެ 2 ބަނދަރަށް، ދުވާލެއްގެ މައްޗަށް ޖައްސާ ފްލައިޓްތަކުގެ ޢަދަދު އުޅޭނީ 900 އިން މަތީގައި ކަމަށް އަންދާޒާ ކުރެވޭ ކަމަށް، ހަމަދު އިންޓަރނޭޝަނަލް އެއަރޕޯޓް (އެޗްއައިއޭ)ގެ ޗީފް އޮޕަރޭޓިންގް އޮފިސަރު، ބަދްރު މުޙައްމަދު އަލް މީރް ވަނީ ނޮވެމްބަރު 17 ވީ ބުރާސްފަތި ދުވަހު ވިދާޅުވެފައެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން، ޤަތަރު އެއަރވޭޒްގެ ޗީފް އެގްޒެކެޓިވް އޮފިސަރ، އަކްބަރު އަލް ބަކްރު ވިދާޅުވީ، މުބާރާތް ނިމެން ދާ ވަރަކަށް، އަދިވެސް އިތުރު ފްލައިޓްތަކެއް އެޅުމަށް އެ އެއަރލައިން ތައްޔާރު ވެފައި ވާ ކަމަށެވެ. 

މީރްއާއި ބަކްރު މިފަދަ ރޫޙެއްގައި ވާހަކަދައްކަވާފައި ވަނީ، އެޗްއައިއޭގައި ތަރައްޤީ ކުރި ޕެސެންޖަރ އޯވަރފްލޯ އޭރިއާ ހުޅުވުމުގެ ރަސްމިއްޔާތުގައެވެ. ޕެސެންޖަރ އޯވަރފްލޯއޭރިއާ އަކީ، ވޯލްޑްކަޕް ބަލަން ޤަތަރަށް ޒިޔާރަތް ކުރާ ފަސެންޖަރުން ޤަތަރުން ފުރައިގެން ދިއުމުގެ ކުރިން މުނިފޫހިފިލުވާލެވޭ ގޮތަށް ފަރުމާކޮށްފައިވާ ސަރަޙައްދެކެވެ. 

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯވެސް ވަނީ، ޕެސެންޖަރ އޯވަރފްލޯ އޭރިއާ ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެފައެވެ. އަލްޖަޒާއިރުގެ މަޝްހޫރު ޕޮޕް ލަވަކިއުންތެރިޔާ ޝީބް ޚާލިދު ވަނީ، ފީފާ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތާ ގުޅުވައިގެން ޤަތަރު އެއަރވޭޒްއިން ތައްޔާރުކުރި އާ ލަވައެއްވެސް ހުށަހަޅާ ދީފައެވެ.

ދުނިޔޭގެ ތައްޓަށް ކުޅޭ އެންމެ ފޯރިގަދަ ފުޓުބޯޅަ މުބާރާތް، ނޮވެމްބަރު 20 ވަނަ ދުވަހު ޤަތަރުގައި ފަށާ އިރު، ހަމަ ލޮލުން މުބާރާތް ބަލާލުމަށް އެކަނިވެސް 1.2 މިލިއަނެއްހާ މީހުން ޤަތަރަށް އެތެރެ ވާނެ ކަމަށް ވަނީ ލަފާ ކޮށްފައެވެ. ވޯލްޑްކަޕްގެ ތަށި އުފުލާލާނެ ޤައުމެއް އެނގޭނީ ޑިސެމްބަރު 18 ވަނަ ދުވަހުއެވެ. 

ޢަރަބި ގަލްފުގެ ޤައުމެއްގައި ފުރަތަމަ ފަހަރަށް ކުރިއަށް ގެންދާ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތް، ހަމަ ލޮލުން ބަލާލުމަށް ޤަތަރަށް ޒިޔާރަތް ކުރާ ގިނަ ފަތުރުވެރިން އެ ޤައުމަށް އެތެރެވާނީ ހަމަދު އިންޓަރނޭޝަނަލް އެއަރޕޯޓުން ކަމަށް މައުލޫމާތު ލިބެއެވެ. އެޗްއައިއޭއަކީ ޤަތަރުގެ މައި ވައިގެ ބަނދަރުގެ އިތުރުން، އެ ޤައުމުގެ ޤައުމީ އެއަރލައިން ކަމުގައި ވާ ޤަތަރު އެއަރވޭޒްގެ ރަސްމީ މަރުކަޒުވެސްމެއެވެ. ނަމަވެސް ފަތުރުވެރިންގެ ޢަދަދު، އިންތިހާއަށް އިތުރުވެގެންދާނެ ކަމަށް ބަލާ، އިހުގެ، ދޯހާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ދޮރުތައްވެސް ވަނީ ހުޅުވާލާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އާމިރު ޚާންގެ މައްޗަށް އަޖޭ ބޮކްސް އޮފީހުގައި ކުރި ހޯދައިފި

އާމިރު ޚާންގެ މައްޗަށް އަޖޭ ބޮކްސް އޮފީހުގައި ކުރި ހޯދައިފި

28 އޮކްޓޯބަރު 2017
ޑިޓިއުންގެ "ނަށާލާ" ޗެލެންޖް: ބޭންޑާއެކު ސްޓޭޖް މައްޗަށް

ޑިޓިއުންގެ "ނަށާލާ" ޗެލެންޖް: ބޭންޑާއެކު ސްޓޭޖް މައްޗަށް

17 ސެޕްޓެމްބަރު 2017
އެންޖެލީނާ ޖޯލީ އާއި ބްރެޑް ޕިޓްގެ މައްޗަށް ދައުވާކޮށްފި

އެންޖެލީނާ ޖޯލީ އާއި ބްރެޑް ޕިޓްގެ މައްޗަށް ދައުވާކޮށްފި

19 އޯގަސްޓު 2017
އަހަރެންގެ ހަޔާތުގެ މައްޗަށް ސީރީޒްއެއް އުފައްދަން އެންމެ އެކަށީގެންވަނީ ޕްރިޔަންކާ: މާދުރީ

އަހަރެންގެ ހަޔާތުގެ މައްޗަށް ސީރީޒްއެއް އުފައްދަން އެންމެ އެކަށީގެންވަނީ ޕްރިޔަންކާ: މާދުރީ

19 އޯގަސްޓު 2017
މާދުރީގެ ހަޔާތުގެ މައްޗަށް އިނގިރޭސި ކޮމެޑީ ސީރީޒް އެއް އުފައްދަން ޕްރިޔަންކާ ނިންމައިފި

މާދުރީގެ ހަޔާތުގެ މައްޗަށް އިނގިރޭސި ކޮމެޑީ ސީރީޒް އެއް އުފައްދަން ޕްރިޔަންކާ ނިންމައިފި

31 ޖުލައި 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު