Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަޖިލިސް އިންތިހާބު

ސިޔާސީ ގޮތުން އެންމެ ފަހުރުވެރިވެވަޑައިގަންނަވާ ބޭފުޅަކީ އަދުރޭ ކަމަށް ރައީސް ވިދާޅުވުމާއެކު އަދުރޭގެ ބަސްމޮށުންތެރިކަން ސޯޝަލް މީޑިއާއަށް ދޫކޮށްލައިފި

ރައީސް ޔާމީންގެ ވެރިކަމުގައިވެސް އެންމެ ބޮޑަށް އެހީތެރިކަން ދެއްވި ބޭފުޅަކީ އަބްދުއްރަހީމް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 7 އެޕްރީލު 2024 | އާދީއްތަ 08:18
ރައީސް މުއިއްޒު (ކ) އަދި ޕީއެންސީގެ ޗެއަރޕާސަން (ވ)

ރައީސް މުއިއްޒު (ކ) އަދި ޕީއެންސީގެ ޗެއަރޕާސަން (ވ)

އެންމެ ބޮޑަށް އެބޭފުޅަކަށްޓަކައި ފަހުރުވެރިވެވަޑައިގަންނަވާ ސިޔާސީ ބޭފުޅަކީ އަބްދުއްރަހީމް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅާއެކު އަބްދުއްރަހީމް ބޭއަދަބީ ބަހުން މަޖިލިސް ތެރޭއާއި ސިޔާސީ މަސައްކަތުގައި އުޅުއްވަނިކޮށް ކިޔުއްވާފައި ހުރި އެއްޗެހިން ސޯޝަލް މީޑިއާ ފުރާލައިފިއެވެ.

އަބްދުއްރަހީމަކީ ސިޔާސީ މައިދާނުގައި ނުފޫޒުގަދަ ބޭފުޅެއް ނަމަވެސް ފާއިތުވި ތަނުގައި އަދި މަޖިލީހުގައި އުޅުއްވި އިރު، އޭނާގެ ފަރާތުން ބޭއަދަބީ އަދި އަހުލާގީ ފެންވަރު ދަށް ކަންކަން ފެނިފައި އެބަހުއްޓެވެ. އަދި އެ ވީޑިއޯތައް މީގެ ކުރިންވެސް ސޯޝަލް މީޑިއާގައި ދައުރުވިއެވެ.

އަނެއްކާ ވެސް އެ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވާން ފަށާފައިވަނީ އެންމެ ބޮޑަށް އެބޭފުޅަކަށްޓަކައި ފަހުރުވެރިވެވަޑައިގަންނަވާ ސިޔާސީ ބޭފުޅަކީ އަބްދުއްރަހީމް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ވާހަކަފުޅާ ގުޅިގެންނެވެ.

ރައީސް މުއިއްޒު ވިދާޅުވީ ހުރިހާ އެންމެން އެކަތިގަނޑަކަށް ވެވަޑައިގެން އެންމެ މަތީ އިންސައްތައަކުން މަޖިލީހަށް ހޮއްވަވާ ދެއްވާ ބޭފުޅަކަށް އަބްދުއްރަހީމް ހައްދަވައިދެއްވުމަކީ އެމަނިކުފާނު އުފާފުޅު ކުރައްވާނެ ކަމެއް ކަމަށެވެ. ރައީސް މުއިއްޒު ވަނީ އެކަމަށް ވަރުގަދައަށް މަސައްކަތް ކޮށްދެއްވުމަށް ވެސް އެދިވަޑައިގަންނަވާފައެވެ.

ރައީސް މުއިއްޒު ވިދާޅުވީ އަބްދުއްރަހީމަކީ މިދިޔަ ހުރިހާ ދުވަހު ސިޔާސީ މަސައްކަތުގައި، އެމަނިކުފާނަށް ދިމާވި ހުރިހާ ދުވަހަކު ހުރިހާ ކަމެއްގައި އެންމެ ބޮޑަށް އެހީތެރިކަން ދެއްވި ބޭފުޅާކަމަށެވެ. އެއީ ރައީސް ޔާމީންގެ ވެރިކަމުގައިވެސް އެންމެ ބޮޑަށް އެހީތެރިކަން ދެއްވި ބޭފުޅާކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.

އެހެންކަމުން އަބްދުއްރަހީމަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށާއި، އެންމެ ބޮޑަށް އެބޭފުޅަކަށްޓަކައި ފަހުރުވެރިވެވަޑައިގަންނަވާ ސިޔާސީ ބޭފުޅަކީ އަބްދުއްރަހީމް ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން އަބްދުއްރަހީމް އެ ގޮނޑިއަށް ހޮއްވަވައި ދެއްވުމަކީ ރައްޔިތުންނާއި އެމަނިކުފާނަށްވެސް ކޮށްދެެވޭނެ ވަރަށް ބޮޑު ކަމަކަށްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ އެކަމުގައި ދެބަސްވުމެއް ނެތް ކަމަށާއި، އެދިވަޑައިގަންނަވަނީ އިތުރު މަސައްކަތްތަކެއް ކުރައްވާ ނަތީޖާ ފުރިހަމަކޮށްދެއްވުން ކަމަށެވެ.

ރައީސްގެ ވާހަކަފުޅަށް ރައްދު ދީ ޝޯޝަލް މީޑިއާގައި ދަނީ މަލާމާތް ކުރަމުންނެެވެ. އެގޮތުން މެންބަރުކަމުގައި އަބުދުއްރަހީމް ހުންނެވި އިރު މަޖލިސް ތެރޭގައި އުޅުއްވި ވީޑިއޯ މީހުން ވަނީ ޝެއަރކޮފައެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުއަބްދުލް ރަޙީމް އަބްދުﷲމަޖިލިސް

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި
09 ޑިސެމްބަރު 2025

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން
08 ޑިސެމްބަރު 2025

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް
08 ޑިސެމްބަރު 2025

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!
08 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު