Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބަންގްލަދޭޝް މަސައްކަތްތެރިން

ބަންގްލަދޭޝް މަސައްކަތްތެރިން ގެނެވޭގޮތަށް އަލުން ހުއްދަ ދިންފަހުން 4000 މީހުން އެތެރެވެއްޖެ - މިނިސްޓަރު

17 ޑިސެމްބަރުގެ ފަހުން 5000 ހުއްދަ ދެވިއްޖެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 20 މާރިޗު 2024 | ބުދަ 06:53
މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލިޖީ އަލީ އިހްސާން

މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލިޖީ އަލީ އިހްސާން

ބަންގްލަދޭޝް މަސައްކަތްތެރިން ގެނެވޭގޮތަށް އަލުން ހުއްދަ ދިންފަހުން 5000 މަސައްކަތްތެރިންނަށް ހުއްދަ ދެވި 3 މަސް ތެރޭގައި 4000 މަސައްކަތްތެރިން ރާއްޖެ އެތެރެވެފައިވާ ކަމަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލިޖީ އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

މިިނިސްޓަރު އިހްސާން މިފަދައިން ވިދާޅުވީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު، ހޯމް މިނިސްޓަރު އިހްސާނާއި ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

Advertisement - newsAdvertisement

އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު، ހޯމް މިނިސްޓަރު އިހްސާނާއި ކުރެއްވި ސުވާލަކީ 17 ޑިސެންބަރު 2023 ގެ ނިޔަލަށް ދިވެހިރާއްޖޭގައި ވަޒީފާ އަދ ކުރުމަށްޓަކައި ބަންގްލަދޭޝްގެ ރައްޔިތުން ތިބި ޢަދަދަކީ ކޮބައިތޯ، އަދި 12 ނޮވެންބަރު 2023 އިން 17 ޑިސެންބަރު 2023 ގެ ނިޔަލަށް ވިސާ ކެންސަލްކޮށް ރާއްޖެއިން ފުރި ބަންގްލަދޭޝް މީހުންގެ ޢަދަދަކީ ކޮބައިތޯއެވެ.

މެންބަރުގެ ސުވާލުގެ ޖަވާބުގެ މިނިސްޓަރު ވިދާޅުވީ 17 ޑިސެމްބަރު 2023 ގެ ނިޔަލަށް ބަންގްލަދޭޝްގެ މަސައްކަތްކުރާ މީހުންގެ އަދަދަކީ 90،624 ކަމަށެވެ. އަދި 11 ނޮވެންބަރު 2023 އިން 17 ޑިސެންބަރު 2023 ގެ ނިޔަލަށް ވޯކް ޕާމިޓް އަދި ވިސާ ކެންސަލްކޮށްފައިވާ އަދި އަމިއްލަ ގޮތުން ރާއްޖެއިން ގޮސްފައިވާ މީހުންގެ އަދަދަކީ 206 ކަމަށެވެ.

މިނިސްޓަރުގެ ސުވާލާއި ގުޅިގެން މެންބަރު ޝިފާއުވަނީ އިތުރު ސުވާލު ކުރައްވާފައެވެ. އެގޮތުން ބަންގްލަދޭޝްގެ ރައްޔިތުންނަށް ރާއްޖޭގައި މަސައްކަތް ކުރުމަށް ވިސާ ދޫކުރަން ފެށިފަހުން މިހާތަނަށް ކިހާ އަދަދެއްގެ ބަންގްލަދޭޝްގެ މަސައްކަތްތެރިންނަށް ވިސާ ދޫކޮށްފައިވޭތޯ އަދި އޭގެ ތެރޭގައި ކުރިން ޑީޕޯޓްކޮށްފައިވާ މީހަކު އެެތެރެވެ ވިސާ ދީފައިވޭތޯއެވެ.

ބަންގްލަދޭޝްގެ ރައްޔިތުންނަށް ރާއްޖޭގައި މަސައްކަތް ކުރުމަށް ވިސާ ދޫކުރަން ފެށިފަހުން މިހާތަނަށް ކިހާ އަދަދެއްގެ ބަންގްލަދޭޝްގެ މަސައްކަތްތެރިންނަށް ވިސާ ދޫކޮށްފައިވޭތޯ ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ އެ އަދަދު ޖެހޭނީ ބައްލަވަން ކަމަށާއި، ފަހުން ހުއްދަ ދެވިގެން އެތެރެވި ބަންގްލަދޭޝް މީހުންގެ އަދަދު ޖެހޭނީ ޗެކްކުރައްވާ، ޔަގީންކުރައްވަން ކަމަށެވެ.

ބަންގްލަދޭޝް މަސައްކަތްތެރިން ރާއްޖެއަށް ގެނައުމަށް ކޯޓާ ދޫކުރުން އަލުން ފެށުމަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލިޖީން ނިންމާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ. އަލުން ބަންގްލަދޭޝް މީހުން ރާއްޖެއަށް ނަން ސްކިލް ލޭބަރާއިންގެ ގޮތުގައި މަސައްކަތްކުރަން ގެންނަން ހުއްދަދިނުމަށް ނިންމައި، އެހެން ޤައުމުތަކުން ބިދޭސީ މަސައްކަތްތެރިން ގެނައުމަށް ކޯޓާ ދޫކުރުން ވަގުތީ ގޮތުން ހުއްޓާލުމަށްފަހުގައެވެ.

ބަންގްލަދޭޝްހައުސިންގ މިނިސްޓްރީމިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ، ޢަލީ ޢިޙްސާން

އިތުރަށް ކިޔާލަން

05 ޑިސެމްބަރު 2025

މަގާމުން ވަކިކުރެވިފައިވާ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ދަރިކަލުން ހައްޔަރުކުރުމަށް އަމުރެއް ނެރެފި

05 ޑިސެމްބަރު 2025
މަގާމުން ވަކިކުރެވިފައިވާ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ދަރިކަލުން ހައްޔަރުކުރުމަށް އަމުރެއް ނެރެފި
03 ޑިސެމްބަރު 2025

އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

03 ޑިސެމްބަރު 2025
އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި
30 ނޮވެމްބަރު 2025

ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޚާލިދާ ޒިޔާގެ ޙާލު ސީރިއަސް ވެއްޖެ

30 ނޮވެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޚާލިދާ ޒިޔާގެ ޙާލު ސީރިއަސް ވެއްޖެ
28 ނޮވެމްބަރު 2025

ޕްރެޝަރ ބޮޑުވެ ޕްރިޒަންސް އޮފިސަރުންނާއި ވަޒީރު ބައްދަލުކުރައްވައިފި: މުސާރަ ބޮޑުކުރުމާއި އެ ނޫނަސް އިތުރު ވައުދުތައް ވެވަޑައިގެންނެވި

28 ނޮވެމްބަރު 2025
ޕްރެޝަރ ބޮޑުވެ ޕްރިޒަންސް އޮފިސަރުންނާއި ވަޒީރު ބައްދަލުކުރައްވައިފި: މުސާރަ ބޮޑުކުރުމާއި އެ ނޫނަސް އިތުރު ވައުދުތައް ވެވަޑައިގެންނެވި
21 ނޮވެމްބަރު 2025

ބަންގްލަދޭޝް އަށް އައި ބާރުގަދަ ބިން ހެލުމެއްގައި މަދުވެގެން 3 މީހުން މަރުވެއްޖެ

21 ނޮވެމްބަރު 2025
ބަންގްލަދޭޝް އަށް އައި ބާރުގަދަ ބިން ހެލުމެއްގައި މަދުވެގެން 3 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު