Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފުނައްޑޫ އޮޕަރޭޝަނަށް ގެނައުން

ފުނައްޑޫ އޮޕަރޭޝަނަށް ގެނެވޭނެ ސީދާ ތާރީޚެއް ސަރުކާރަށް ނުދެވުނު، ސަބަބެއްގެ ގޮތުގައި ދެއްކީ "ބަޖެޓު" އޮތް ގޮތް

20 ފެބުރުއަރީ 2024 | އަންގާރަ 05:25

މަޝްރޫޢުތައް ކުރިއަަށް ގެންދިއުމަށްޓަކައި ފުނައްޑޫ ހިމެނޭހެން އައިޑީބީ އާ އެކު މަޝްވަރާތަކެއް ކުރި ކަމަށް މިނިސްޓަރު ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 20 ފެބުރުއަރީ 2024 | އަންގާރަ 05:25
މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަހުމަދު ޝިޔާމް

މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަހުމަދު ޝިޔާމް

ތަކުރާރުކޮށް ސުވާލުކުރުމުން ވެސް ތ. ފުނައްޑޫގެ މަސް ފެސިލިޓީ އޮޕަރޭޝަނަށް ގެނެވޭނެ ތާރީޚެއް ނުދެވި، ސަބަބަކީ އެކަމަށް ބަޖެޓު ކަނޑައެޅިފައިނެތުން ކަމަށް ސަރުކާރުން ބުނެފިއެވެ.

މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަހުމަދު ޝިޔާމާ ސުވާލުކުރެއްވުމަށް އަންގާރަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުކުރައްވާފައިވަނީ، ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ހުށަހަޅުއްވާފައިވާ ސުވާލަށް ޖަވާބު ހޯދުމަށެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހު ފޮނުއްވި އެ ސުވާލަކީ މަސްވެރިކަމުގެ ސިނާއަތަށް ދޫކޮށްފައިވާ ތ.ފުނައްޑޫއިން މަސް ގަންނަން ފަށާނެ ތާރީޚަކީ ކޮބައިތޯ ސާފުކުރުމަށް ކުރައްވާފައިވާ ސުވާލެކެވެ.

Advertisement - newsAdvertisement

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ ބަޖެޓުގައި އެ މަސައްކަތް ޕީއެސްއައިޕީ މަޝްރޫއެއްގެ ގޮތުގައި ހިމެނުމަށް މަސައްކަތްކުރައްވާފައިވާ ކަމަށެވެ. ނަމަވެސް ޕީއެސްއައިޕީގައި މި ސަރުކާރުން ހިމަނަން މަސައްކަތް ކުރި ގިނަ މަޝްރޫޢުތައް ނުހިމެނުނު ކަމަށާއި އެ މަސައްކަތް ކާމިޔާބުނުވުމުން ބައެއް ބޭންކުތަކާ އެކު މަޝްވަރާކުރައްވައިގެން އެ މަޝްރޫޢުތައް ކުރިއަށް ގެންދެވޭނެ ގޮތެއް ހޯއްދެވުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި ޕީއެސްއައިޕީގައި ހިމަނަން މަސައްކަތްކުރައްވާ ނުހިމެނުނު މަޝްރޫޢުތައް ކުރިއަަށް ގެންދިއުމަށްޓަކައި، ފުނައްޑޫ ހިމެނޭހެން އައިޑީބީ އާ އެކު މަޝްވަރާތަކެއް ކުރެއްވި ކަމަށާއި މިހާރުވެސް އެފަދަ މަޝްވަރާތަކެއް ކުރެވެމުންދާ ކަަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް މިހެން ވިދާޅުވުމުން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވަނީ މިނިސްޓަރުގެ އެ ވާހަކަތަކަކީ އިތުރުފުޅެއްކަމަށް ތުހުމަތުކުރައްވާފައެވެ. އެގޮތުން ފުށިދިއްގަރު ފަޅުގެ މަޝްރޫޢު ފިޔަވައި ހުރިހާ މަޝްރޫޢު އެއް ސަރުކާރުން އެދުނު ގޮތަށް ބަޖެޓުގައި ހިމަނާދީފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އެއީ މިނިސްޓަރު ޝިޔާމް ކަނޑައެޅިގެން ހެއްދެވި އިތުރުފުޅެއްކަމަށް އިލްޔާސް ވިދާޅުވިއެވެ.

ނަމަވެސް މި ކަމާ ގުޅޭގޮތުން އިތުރަށް ވާހަކަދައްކަވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ އަވަސް ގޮތެއްގައި ފުނައްޑޫ އޮޕަރޭޝަނަށް ގެނައުމަށް މަަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން މި އަހަރު މަސްވެރިކަމުގެ ސިނާއަތުގައި އޮޕަރޭޝަނަށް ގެނެވެން ހުރި ޕްރައިވެޓް ސެކްޓަރުގެ ތަންތަނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ހުރި ފެސިލިޓީތައް އޮޕަރޭޝަނަށް ގެނައުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި މިކަމުގައި ޕްރައިވެޓް ސެކްޓަރަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އަގުގެ ގޮންޖެހުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިވަގުތު ހުރި އަގަކީ ވެސް ބޮޑު އަގެއް ކަމަށާއި މީގެ ކުރިން ހުރީ އަދި މާ ބޮޑު އަގެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން ޕްރައިވެޓް ސެކްޓަރުގެ ބައެއް ކުންފުނިތަކުން އޮޕަރޭޝަން ހުއްޓާލާފައިވާ ކަމަށާއި އޭގެ ތެރެއިން ބައެއް ކުންފުނިތައް އޮޕަރޭޝަނަށް ގެނައުމަށް އެ ފަރާތްތަކުން މަަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ފުނައްޑޫ އަކީ ތ.އަތޮޅުގެ މަސްވެރިންނަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ އޮޕަރޭޝަނެއް ކަމަށް ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ މީގެ ކުރިން 2022 ވަނަ އަހަރު ވެސް އެ މަސައްކަތް ބަޖެޓުކުރަން މަސައްކަތްކޮށްފައިވާ ކަމަށެވެ. އެގޮތުން ކުރީގެ ސަރުކާރުން ވެސް އެތަނަށް ބޭނުންވާ ފައިސާ އެހެން ގޮތްގޮތުން ހޯދުމަށް މަސައްކަތް ކުރި ކަމަށާއި އެކަން ކާމިޔާބުވެފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ. ފުނައްޑޫގެ ބަނދަރު ހަދަން 157.3 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދު ވާނެ ކަމަށް އެ މަސައްކަތް ފެށުމަށްޓަކައި ކުރީ ސަރުކާރުން ހެދި އެސެސްމެންޓުން ދައްކާ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އެތަނުގެ ހާލަތު ބެލުމަށް ބަޔަކު ފޮނުއްވާ ބެލި ބެލުމުން އެއަށް ވުރެ ޚަރަދު ކުޑަކޮށް، ފަސޭހަކޮށް ފުނައްޑޫ އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް ޤަބޫލުކުރެވުނު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން މިހާރު އެ ވުޒާރާ އިން އިންޓަރނަލީ އެ މަސައްކަތް ކުރަމުންދާ ކަމަށާއި ފުނައްޑޫ އޮޕަރޭޝަނަށް ގެނައުމުގެ ފީސިބިލިޓީ ސްޓަޑީސް ހަދަމުންދާ ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.

ފިޝަރީޒް މިނިސްޓަރު އިތުރަށް ވިދާޅުވީ އުންމީދަކީ ރާއްޖޭގެ ސަރަހައްދުތަކުގައި ސްޓޯރޭޖް ކެޕޭސިޓިގެ މައްސަލަ އަށް އަަވަސް ހައްލެއް ގެނެސްދިނުން ކަަމަށެވެ. ފުނައްޑޫ އަކީ އެ ހައްލު އެންމެ ރަނގަޅަށް ގެނެވޭނެ އެއް ތަން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

އިތުރަށް ކިޔާލަން

12 އެޕްރީލު 2017

އެލްޖީއޭ ބޯޑުގެ ސީދާ ބާރު ރައީސް ޔާމީނަށް ލިބޭގޮތަށް އިއްޔެ ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކޮށްފި

12 އެޕްރީލު 2017
އެލްޖީއޭ ބޯޑުގެ ސީދާ ބާރު ރައީސް ޔާމީނަށް ލިބޭގޮތަށް އިއްޔެ ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކޮށްފި
12 އެޕްރީލު 2017

އެލްޖީއޭ ބޯޑުގެ ސީދާ ބާރު ރައީސް ޔާމީނަށް ލިބޭ ގޮތަށް އިއްޔެ ހުށަހެޅި އިސްލާހު މިއަދު ފާސްކުރަނީ

12 އެޕްރީލު 2017
އެލްޖީއޭ ބޯޑުގެ ސީދާ ބާރު ރައީސް ޔާމީނަށް ލިބޭ ގޮތަށް އިއްޔެ ހުށަހެޅި އިސްލާހު މިއަދު ފާސްކުރަނީ
06 އެޕްރީލު 2017

ސީދާ ހަރަކާތަށް ނުކުތުމަށް އިދިކޮޅު ތިން ޕާޓީން ނިންމައިފި

06 އެޕްރީލު 2017
ސީދާ ހަރަކާތަށް ނުކުތުމަށް އިދިކޮޅު ތިން ޕާޓީން ނިންމައިފި
08 މާރިޗު 2017

އަންހެނުން ބާކީ ކުރުމަށްފަހު ޤައުމަށް ގެނެވޭނެ ތަރައްޤީއެއް ނޯންނާނެ: ހަސަން ލަތީފް

08 މާރިޗު 2017
އަންހެނުން ބާކީ ކުރުމަށްފަހު ޤައުމަށް ގެނެވޭނެ ތަރައްޤީއެއް ނޯންނާނެ: ހަސަން ލަތީފް
05 މާރިޗު 2017

މާލެ ގެނެވޭނެ ގޮތެއް ހަމަނުޖެހި، ހާލުބޮޑު ބަލިމީހެއް ވިލިނގިލީގައި މަރުވެއްޖެ!

05 މާރިޗު 2017
މާލެ ގެނެވޭނެ ގޮތެއް ހަމަނުޖެހި، ހާލުބޮޑު ބަލިމީހެއް ވިލިނގިލީގައި މަރުވެއްޖެ!
01 މާރިޗު 2017

ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަކީ ވެރިކަމުގައި ގަދަ ބާރުން ތިބުމަށް ރައްޔިތުންގެ ވޯޓުލުމުގެ ޙައްޤަށް ސީދާ އަރައިގަތުން: އެމްޑީޕީ

01 މާރިޗު 2017
ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަކީ ވެރިކަމުގައި ގަދަ ބާރުން ތިބުމަށް ރައްޔިތުންގެ ވޯޓުލުމުގެ ޙައްޤަށް ސީދާ އަރައިގަތުން: އެމްޑީޕީ
14 ފެބުރުއަރީ 2017

ކޮރަޕްޓް ފަނޑިޔާރުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ގޮތް ހަދަންޖެހޭ: ރިޔާޒު

14 ފެބުރުއަރީ 2017
ކޮރަޕްޓް ފަނޑިޔާރުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ގޮތް ހަދަންޖެހޭ: ރިޔާޒު
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް