Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކަނޑުއަޑީގެ ޓަނަލް

ޓަނަލެއްގެ ވާހަކަދައްކަނީ ރައްޔިތުންނަކީ 'ގަމާރުން' ކަމަށް ދެކިގެން - އަކްރަމް

20 ބިލިއަން ޑޮލަރު ހަރަދުވާނެ، އެކަމަށް އިންވެސްޓް ކުރާނެ ބަޔަކު ނުތިބޭނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 24 ޖެނުއަރީ 2024 | ބުދަ 07:07
ހައުސިންގ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން

ހައުސިންގ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑުއަޑީގެ ޓަނަލެއްގެ ވާހަކަފުޅު ދައްކަވަނީ ދިވެހިންނަކީ 'ގަމާރުން' ކަަމަށް ދެކެވަޑައިގަންނަވާތީ ކަމަށް ހައުސިންގ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

އަކްރަމް މިފަދައިން ވިދާޅުވެފައިވަނީ މާލެ އާއި ރަސްމާލެ ގުޅުވައިލަނީ ކަނޑު އަޑިން އަޅާ ޓަނަލަކުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާތީ އެކަމަށް އިޝާރާތްކުރައްވަމުންނެވެ. ރައީސް މުއިއްޒު ވިދާޅުވެފައިވަނީ މާލެއާއި ރަސްމާލެ ގުޅުވައިލުމަށް ފަންނީ ވަރަށް ގިނަ އިނޮވޭޓިވް މަސައްކަތްތަކެއް ފައްޓަވާފައިވާ ކަމަށެވެ. އަދި ވަރަށް ޤާބިލު ކުންފުނިތަކާއެކު ސަރުކާރުން މަޝްވަރާ ފަށާފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ މިއީ މުޅި ދުނިޔޭގައި ވެސް ފުރަތަމަފަހަރަށް ޤާއިމުކުރެވޭ އަންޑަރ ވޯޓަރ ޓަނަލް ކަމަށާއި، މިއީ މާލެއާއި ރަސްމާލެ ގުޅުވާލުމުގެ މަސައްކަތް ކަމަށެވެ.

މިކަމާއި ގުޅޭގޮތުން ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އަކްރަމް ވިދާޅުވީ ކަނޑު އަޑީގެ ޓަނަލެއް ރާއްޖޭގައި އެޅުމަކީ ކުޅަދާނެ ކަމެއް ނޫން ކަމަށާއި އެތަނަށް 20 ވަރަކަށް ބިލިއަން ޑޮލަރު ޚަރަދުވާނެ ކަމަށެވެ. އަދި އާދައިގެ ކަންތައްތައް ހަމަނުޖެހިގެން އުޅޭއިރު ރަސްމާލެއަށް ކަނޑުއަޑީގެ ޓަނަލެއް އެޅުމުގެ ބޭނުމަކީ ކޮބައިތޯ އަކްރަމް ވަނީ ސުވާލު އުފައްދަވާފައެވެ. މީގެއިތުރުން އެތަން ހަދަން ފައިސާ ދޭނީ ކޮން ބައެއްތޯއާއި އިންވެސްޓްކުރާނީ ކާކުތޯ ވެސް އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ.

އަކްރަމް ވިދާޅުވީ މާލެ އާއި ރަސްމާލެ ގުޅުވާލުމަށް ޓަނަލެއް އެޅުމުގެ ވާހަކައަކީ އެއްވެސް ގޮތަކަށް އެކަން ކުރުމުގެ ނިޔަތުގައި ދައްކާ ވާހަކައެއް ނޫން ކަމަށެވެ. އެއީ ރައްޔިތުން ގުނބޯ ހައްދަން، ރައްޔިތުން 'ގަމާރު' ކަމަށް ބައްލަވައިގެން ރައީސް މުއިއްޒު ދައްކަވާ ވާހަކަފުޅުތަކެއް ކަމަށެވެ.

މީގެ އިތުރުން ކުރިއަށް އޮތީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުކަމުގައިވާތީ، އެއީ އިންތިހާބާ ދިމާކޮށް ދައްކާ ވާހަކަތަކެއް ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށް ވެސް އަކްރަމް ވިދާޅުވިއެވެ. އަދި މިއީ ސަރުކާރު ދަމަހައްޓަން އަދި ސަރުކާރުން ކަންކުރާކަން ދައްކަން ދައްކާ ވާހަކައެއް ކަމަށާއި، އެކަން ކުރައްވާނަމޭ ވިދާޅުވެ ރައީސް މުއިއްޒު މުޅިންވެސް ދައްކަވަނީ ނުގުޅޭ ވާހަކަފުޅުތަކެއް ކަމަށެވެ. މީގެ އިތުރުން ނިމިފައި ހުރި ކަންކަން އެއީ ތިމަންނާމެން ކުރި ކަންކަމަށް ދައްކަން އުޅެ އިސްތިހާރުކުރަމުންދާ ކަމަށާއި، އެއީ މުއިއްޒުގެ އަސްލު އެޖެންޑާ ކަމަށް ވެސް އަކްރަމް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

01 ނޮވެމްބަރު 2019

އުކުޅަހު ރައްޔިތުންނަކީ ދީންވެރި ބަޔަކަށް ހެދުމަށް މަސައްކަތް ކޮށްދެއްވުމަށް ނައިބް ރައީސް އެދިވަޑައިގެންފި

01 ނޮވެމްބަރު 2019
އުކުޅަހު ރައްޔިތުންނަކީ ދީންވެރި ބަޔަކަށް ހެދުމަށް މަސައްކަތް ކޮށްދެއްވުމަށް ނައިބް ރައީސް އެދިވަޑައިގެންފި
12 އޮކްޓޯބަރު 2019

އަންހެންކުއްޖަކަށް ވީތީ ވަކި މަސައްކަތެއް ނުކުރެވޭނެކަމަށް ދެކިގެން ނުވާނެ: ފަސްޓް ލޭޑީ

12 އޮކްޓޯބަރު 2019
އަންހެންކުއްޖަކަށް ވީތީ ވަކި މަސައްކަތެއް ނުކުރެވޭނެކަމަށް ދެކިގެން ނުވާނެ: ފަސްޓް ލޭޑީ
08 ނޮވެމްބަރު 2018

ގައުމު ރަނގަޅަށް ބައްޓަން ވާނީ ޓީޗަރުންނަކީ މުހިއްމު ބައެއް ކަމަށް ދެކިގެން: ޑރ. އާމާލް އަލީ

08 ނޮވެމްބަރު 2018
ގައުމު ރަނގަޅަށް ބައްޓަން ވާނީ ޓީޗަރުންނަކީ މުހިއްމު ބައެއް ކަމަށް ދެކިގެން: ޑރ. އާމާލް އަލީ
16 ސެޕްޓެމްބަރު 2018

ޔާމިން ދެކެނީ ރައްޔިތުންނަކީ ހުސްބުޅީގައި ގަންނަ މުށިމަސް އައިނެއްގެ ގޮތުގައި: ޝާހިދު

16 ސެޕްޓެމްބަރު 2018
ޔާމިން ދެކެނީ ރައްޔިތުންނަކީ ހުސްބުޅީގައި ގަންނަ މުށިމަސް އައިނެއްގެ ގޮތުގައި: ޝާހިދު
19 ނޮވެމްބަރު 2017

ދިވެހި ރައްޔިތުންނަކީ ގާނޫނާއި ގަވާއިދަށް ހުރުމަތްތެރިކޮށްހިތާ ބަޔަކަށް ވާން ޖެހޭ: ރައީސް

19 ނޮވެމްބަރު 2017
ދިވެހި ރައްޔިތުންނަކީ ގާނޫނާއި ގަވާއިދަށް ހުރުމަތްތެރިކޮށްހިތާ ބަޔަކަށް ވާން ޖެހޭ: ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު