Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފީފާ ބެސްޓް އެވޯޑް

އެންމެ މޮޅު އަންހެން ކުޅުންތެރިއަކަށް ބޮންމާޓީ

މިދިޔަ އަހަރުގެ ވޯލްޑްކަޕުގެ މޮޅު ކުޅުންތެރިއަކީ ވެސް އޭނާ

ރާއްޖެ އެމްވީ | 16 ޖެނުއަރީ 2024 | އަންގާރަ 00:38
ފީފާ އެންމެ މޮޅު އަންހެން ކުޅުންތެރިޔާ އައިޓާނާ ބޮންމާޓީ

ފީފާ އެންމެ މޮޅު އަންހެން ކުޅުންތެރިޔާ އައިޓާނާ ބޮންމާޓީ

ފީފާއިން ހޮވާ ދުނިޔޭގެ އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިއަކަށް ސްޕޭނާއި ބާސެލޯނާގެ މިޑްފީލްޑަރު އައިޓާނާ ބޮންމާޓީ ހޮވައިފި އެވެ.

އައިޓާނާ އަކީ މިދިޔަ އަހަރުގެ ފީފާ ވޯލްޑްކަޕުގެ މޮޅު ކުޅުންތެރިޔާ އެވެ. އަދި ގައުމީ ޓީމާއި ބާސެލޯނާގައި ދެއްކި މޮޅު ކުޅުމާއެކު އޭނާ ވަނީ ބެލޮންޑީއޯ އެވޯޑް ވެސް ހާސިލްކޮށްފަ އެވެ.

އުމުރުން އެންމެ 25 އަހަރުގައި ދުނިޔޭގެ ޗެމްޕިއަންކަމާއި ވޯލްޑްކަޕުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުމުން ބޮންމާޓީ ހުރީ އުފަލުންނެވެ. ހަގީގަތުގައި ބާސެލޯނާގެ ކެޕްޓަން އަދި ފާއިތުވެދިޔަ ދެ އަހަރުގެ ދުނިޔޭގެ މޮޅު ކުޅުންތެރިޔާ އެލެކްސިއާ ޕުޓެޔާސް އަށް ލިބުނު ސީރިއަސް އަނިޔާއިން އޭނާ މުޅިން ފިޓްނުވާތީވެ، ވޯލްޑްކަޕަށް ދިޔައިރު ސްޕޭނުގެ މައި ތަނބަކަށްވީ ބޮންމާޓީ އެވެ. މުޅި ޓީމު އަތުރާފައި އޮތީ އިސްމީހަކީ އޭނާ ކަމަށް ބަލައި ބޮންމާޓީ ވަށައިގެންނެވެ. މުބާރާތުގެ ހުރިހާ މެޗެއް ކުޅެ އޭނާ މުހިންމު ތިން ގޯލު ޖަހައިދިނެވެ. އަދި ބާސެލޯނާއާއެކު ސްޕެނިޝް ލީގާއި ޗެމްޕިއަންސް ލީގު ހޯދިއިރު ޗެމްޕިއަންސް ލީގުގެ މޮޅު ކުޅުންތެރިއަކީ ވެސް އޭނާ އެވެ.

މެންޗެސްޓާ ސިޓީ އަށް ކޯޗުކޮށްދޭ ބާސެލޯނާގެ ކުރީގެ ކޯޗު ޕެޕް ގާޑިއޯލާ ސިފަކުރާ ގޮތުގައި ބޮންމާޓީ އަކީ ބާސެލޯނާ އާއި ސްޕޭންގެ ކުރީގެ މިޑްފީލްޑަރު އަންދްރޭސް އިނިއެސްޓާ ފަދަ އަންހެން ކުޅުންތެރިޔާ އެވެ.

ބޮންމާޓީއާ އެންމެ ގާތުން ވާދަކުރީ ސްޕޭނުގެ ޖިނީ ހާމޯސޯ އާއި އިނގިރޭސި ކުޅުންތެރިޔާ ލިންޑާ ސެއިސާޑޯ އެވެ. އޭނާ އަކީ މި އެވޯޑް ހާސިލްކުރި ސްޕޭނާއި ބާސެލޯނާގެ ވެސް ދެ ވަނަ ކުޅުންތެރިޔާ އެވެ.

ފީފާ ބެސްޓް އެވޯޑަކީ ގައުމީ ޓީމުތަކުގެ ކެޕްޓަނުންނާއި ކޯޗުންނާއި ހޮވާލެވޭ ނޫސްވެރިން ވޯޓުލައިގެން ހޮވާ މަގާމެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ

މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

17 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

6 އެޕްރީލު
ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު
20251 އަހަރު ކުރިން
ރާއްޖެ

ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"
20224 އަހަރު ކުރިން
ރިޕޯޓު

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟
20215 އަހަރު ކުރިން
ރިޕޯޓު

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!
20197 އަހަރު ކުރިން
ރާއްޖެ

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު