Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އިންޑިޔާ ސިފައިން ފޮނުވާލުމުގެ މަސައްކަތް

އިންޑިއާ ސިފައިން ފޮނުވާލުން: ދެގައުމުގެ ބަޔާނާއެކު އިތުރު އޮޅުންބޮޅުންތަކެއް

ރާއްޖޭގައި މިވަގުތު ތިބީ އިންޑިއާގެ 88 ސިފައިން

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 15 ޖެނުއަރީ 2024 | ހޯމަ 10:45
އިންޑިއާއިން ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރުތަކާއި މަތިންދާ ބޯޓު އޮޕަރޭޝަންގައި ބެހެއްޓުމަށް މަޝްވަރާކޮށްފައިވޭ

އިންޑިއާއިން ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރުތަކާއި މަތިންދާ ބޯޓު އޮޕަރޭޝަންގައި ބެހެއްޓުމަށް މަޝްވަރާކޮށްފައިވޭ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ރާއްޖެ-އިންޑިޔާއާ ގުޅޭގޮތުން ހަގީގަތާއި ހިލާފު އެތަކެއް ވާހަކަތަކެއް ދެއްކެވުމަށްފަހު އެވެ. ދިވެހިންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ގިނަ ވާހަކަތަކެއް ދައްކާފައިވެއެވެ. އެގޮތުން ހަތިޔާރު އެޅި 2000ށް ވުރެ ގިނަ ސިފައިން ތިބި ކަމަށާއި، ރާއްޖޭގެ ރަށެއްގައި އިންޑިއާގެ ބޭސްއެއް އެޅުމުގެ މަސައްކަތް ކުރާ ކަމަށް ތުހުމަތުކޮށްފައިވެއެވެ. މިނިވަން މިރާއްޖެއަށް އިންޑިޔާގެ ނުފޫޒު ވަންނަމުންދާ ކަމަށާއި، ދިވެހި ސިފައިންގެ ކޮންޓްރޯލް ވެސް ނެތް ކަމަށް ތުހުމަތުކޮށްފައިވެއެވެ. އިންޑިޔާގެ ސިފައިންނާއި ގުޅުވައި ހަގީގަތެއް ނެތް އެތައް ވާހަކަތަކެއް ދެއްކުމުގެ އިތުރުން އެދުވަސްވަރު ވަރަށް ފުޅާ ދާއިރާގައި އިންޑިޔާ އައުޓްގެ ނަމުގައި ކެންޕޭންތައް ކުރިއަށް ގެންގޮސް، މުޒާހަރާތައް ކުރިއަށް ގެންގޮސްފައިވެއެވެ. ފަސް އަހަރު ދުވަހު މެދުނުކެނޑި ދެއްކި މިވާހަކަތައް ގިނަ ދިވެހިން ގަބޫލު ވެސް ކުރިއެވެ. ނަތީޖާއެއްގޮތުން މިއަދު ގިނަ އަދަދެއްގެ ދިވެހިން ތިބީ އެބޭފުޅުން އޭރު ވިދާޅުވި ހަތިޔާރު އެޅި ސިފައިން މިގައުމުން ބާލާނެ މަންޒަރު ބެލުމަށް ކެތްމަދުވެފައެވެ.

ވެރިކަން ބަދަލުވެ، ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ޑރ.މުހައްމަދު މުއިއްޒު ކުރެއްވި ހިސާބުން އިންޑިޔާގެ ސިފައިން މިގައުމުން ބާލާނެ ވަގުތު ނުވަތަ ދުވަސްތައް ބަލަން ދިވެހިން ބޭނުންވިއެވެ. އެގޮތުން ރައީސް އޮފީހުން ބާއްވާ ހުރިހާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި އިންޑިއާގެ ސިފައިންގެ އަދަދާއި، އެސިފައިންތައް މިގައުމުން ބާލާނެ ދުވަހާއި ގުޅޭގޮތުން ނޫސްވެރިން ވެސް ދިޔައީ ސުވާލުކުރަމުންނެވެ. ނަމަވެސް ރައީސް މުއިއްޒުގެ ވެރިކަމަށް މަހަކަށްވުރެ ގިނަ ދުވަސްވެގެން ދިޔައިރު ވެސް ޔަގީންކަމާއެކު ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންގެ އަދަދު ހާމަކުރެވިފައެއް ނުވެއެވެ. އެންމެ ފުރަތަމަ ސަރުކާރުން ބުނެފައިވަނީ ރާއްޖޭގައި އިންޑިއާގެ 77 ސިފައިން ތިބި ކަމަށެވެ. ނަމަވެސް މިދިޔަ ޑިސެންބަރު މަހުގެ ތެރޭގައި އެއަދަދު ވަނީ 89 އަކަށް އަރާފައެވެ. ނަމަވެސް ޖެނުއަރީ މަހުގެ ތެރޭގައި ސަރުކާރުން ބުނެފައިވަނީ ރާއްޖޭގައި ތިބީ 88 ސިފައިންނެވެ. މިއަދަދު ވެސް މަދުވެ ދަށްވާތީ އެކަމާއި ރައްޔިތުން ވެސް ތިބީ ވާނުވާ ގައެވެ. އިންޑިއާ ސިފައިންގެ ސަބަބުން ރާއްޖޭގެ ސަލާމަތަށް ނުރައްކާވާ ކަމަށް ބުނެ، ވެރިކަމަށް ވަޑައިގެންނެވި ރައީސް މުއިއްޒަށް މިއަދު ސިފައިންގެ އަދަދު ކަށަވަރު ނުވުމަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށްނުވިއެވެ.

މިމައްސަލައާ ގުޅިގެން ބޮޑެތި ފާޑުކިޔުންތަކެއް ސަރުކާރަށް އަމާޒުވެފައިވަނިކޮށް، އާދިއްތަ ދުވަހު ވަނީ ފޮރިން މިނިސްޓްރީގައި ދެގައުމުގެ ދެމެދު އެކުލަވާލާފައިވާ ހައި ލެވެލް ކޯ ގްރޫޕުގެ ފުރަތަމަ ރަސްމީ ބައްދަލުވުން ކުރިއަށް ގެންގޮސްފައެވެ. މި ބައްދަލުވުމުގައި ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު މުނޫ މަހާވަރާއި އިންޑިއާގެ ޑިޕްލޮމޭޓުންގެ ވަފުދު ވަނީ ބައިވެރިވެވަޑައިގެންފައެވެ. އިންޑިޔާގެ ސިފައިން ބޭލުމުގެ މަޝްވަރާތައް މީގެ ކުރިން ވެސް ކުރިއަށް ގެންގޮސްފައިވެއެވެ. ނަމަވެސް ރަސްމީ ބައްދަލުވުންތައް ފައްޓަވާފައިވަނީ ޖެނުއަރީ 14 ވީ އާދިއްތަ ދުވަހެވެ. މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންކަމާއި ގުޅޭ ގޮތުން ވަނީ ދެގައުމުގެ ފޮރިން މިނިސްޓްރީން ވެސް ބަޔާން ނެރިފައެވެ. އަދި ދެ ގައުމުން ނެރުނު ބަޔާން ތަފާތުވުމާއި ގުޅިގެން އަނެއްކާ ވެސް ދިވެހިން ތިބީ ވާނުވާ ގައެވެ.

ވެރިކަމަށް ވަޑައިގެންނެވުމަށް ރައީސް މުއިއްޒު ހެއްދެވި ދޮގުތަކުގެ ހަގީގަތްތައް މިއަދު ހާމަވަމުންދާތީވެ، މިއަދު ރައްޔިތުން ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރޭ ބަޔާނަކަށް ބަރޯސާވާން ބޭނުމެއްނުވެއެވެ. ދެގައުމުގެ ދެމެދު އާދިއްތަ ދުވަހު ކުރެވުނު މަޝްވަރާތަކަށްފަހު އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ދެގައުމަށްވެސް ފައިދާވާނެހެން، ރާއްޖޭގައި އިންޑިއާގެ އޭވިއޭޝަން ޕްލެޓްފޯމުން ރާއްޖޭގައި ފޯރުކޮށްދެމުންދާ އިންސާނީ އެހީއާއި މެޑިކަލް އިވެކުއޭޝަންގެ މަސައްކަތްތައް ކުރިއަށް ގެންދަން މަޝްވަރާކުރެވުނުކަމަށެވެ. އެބަޔާނުގައި ރާއްޖޭގައި ހަރަކާތްތެރިވާ އިންޑިއާ އަސްކަރިއްޔާގެ ސިފައިން އަވަހަށް ފޭބުމާގުޅޭ ވާހަކަތަކެއް ނެތެވެ. ނަމަވެސް ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ ބައްދަލުވުމުގެ ތެރޭގައި ރާއްޖޭގައި ތިބި އިންޑިއާ އަސްކަރިއްޔާގެ ސިފައިން ވީހާވެސް އަވަހަށް ބޭލުމާ ގުޅޭގޮތުން މަޝްވަރާތައް ކުރެވުނުކަމަށް ބުނެފައެވެ.

ދިގު މަޝްވަރާ ބައްދަލުވުމަކަށްފަހު ދެގައުމުން ނެރުނު ބަޔާން ވެސް މިވަނީ ތަފާތުވެފައެވެ. ބަޔާން ތަފާތުވުމާއި ގުޅިގެން ގިނަ އަދަދެއްގެ ރައްޔިތުން ދަނީ ސުވާލު އުފައްދަމުންނެވެ. މިފަދަ ހައްސާސް މައްސަލައެއްގައި ވެސް ދިވެހި ސަރުކާރުން ރައްޔިތުންނަށް އޮޅުވާލުމަށް މަސައްކަތް ކުރައްވަނީތޯ ބައެއް ފަރާތްތަކުން ސުވާލު އުފައްދާފައިވެއެވެ.

ިއިންޑިއާ-ރާއްޖެ އިންޑިއާ އަސްކަރިއްޔާއިންޑިއާ ސިފައިން

ކޮމެންޓް

އިތުރަށް ކިޔާލަން

އިންޑިއާގެ އެންމެ ފަހުގެ މިސައިލްތައް ދައްކާލައިފި

އިންޑިއާގެ އެންމެ ފަހުގެ މިސައިލްތައް ދައްކާލައިފި

30 ޖޫން 2025
އިންޑިއާ-ރާއްޖެ ސިފައިން ގުޅިގެން "އެކްސަސައިޒް އެކުވެރިން" ފަށައިފި

އިންޑިއާ-ރާއްޖެ ސިފައިން ގުޅިގެން "އެކްސަސައިޒް އެކުވެރިން" ފަށައިފި

03 ފެބުރުއަރީ 2025
ރާއްޖޭގެ ތަރައްގީއަށް އިންޑިއާގެ އެހީތެރިކަން އަބަދުވެސް ލިބޭނެ: ސަފީރު މުނޫ މަހާވަރު

ރާއްޖޭގެ ތަރައްގީއަށް އިންޑިއާގެ އެހީތެރިކަން އަބަދުވެސް ލިބޭނެ: ސަފީރު މުނޫ މަހާވަރު

06 ޑިސެމްބަރު 2024
އިންޑިއާގެ ޔޫ.ޕީ.އައި ރާއްޖެއަށް ތައާރަފުކުރަނީ

އިންޑިއާގެ ޔޫ.ޕީ.އައި ރާއްޖެއަށް ތައާރަފުކުރަނީ

20 އޮކްޓޯބަރު 2024
ސިފައިންނާއެކު އިންޑިއާގެ އަސްކަރީ އުޅަނދުތަކެއް ގެންނަން ސަރުކާރުން އެއްބަސްވެއްޖެ

ސިފައިންނާއެކު އިންޑިއާގެ އަސްކަރީ އުޅަނދުތަކެއް ގެންނަން ސަރުކާރުން އެއްބަސްވެއްޖެ

09 އޮކްޓޯބަރު 2024

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު