Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިންޑިޔާ-ރާއްޖެ މައްސަލަ

ރާއްޖެއާއި އިންޑިޔާގެ މުޅި މައްސަލައިގެ ފުރިހަމަ ޒިންމާ ނަންގަވަންޖެހޭނީ ރައީސް މުއިއްޒު: ފައްޔާޒު

10 ޖެނުއަރީ 2024 | ބުދަ 02:36

ގައުމު ދެކެ ލޯބިވާ ނަމަ އެއްވެސް ގައުމަކާ ތާކުން ތާކުން ނުޖެހޭ ގޮތަށް ޒާތީ ނުވާނެ ކަމަށް ފައްޔާޒު ވިދާޅުވި

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ | 10 ޖެނުއަރީ 2024 | ބުދަ 02:36
އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ސަރުކާރުގެ އިގްތިސާދާ ބެހޭ ވަޒީރު ފައްޔާޒު އިސްމައީލް

އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ސަރުކާރުގެ އިގްތިސާދާ ބެހޭ ވަޒީރު ފައްޔާޒު އިސްމައީލް

މިއަދު އިންޑިޔާގެ ފަރާތުން ރާއްޖެއަށް ކުރިމަތިކުރުވަމުންދާ ނުތަނަސްވަސްކަމާއި، ރާއްޖެ ބޮއިކޮޓް ކުރުމަށް އެދި ގޮވަމުންދާ މުޅި މައްސަލައިގެ ފުރިހަމަ ޒިންމާ ނަންގަވަންޖެހިވަޑައިގަންނަވާނީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ކަމަށް، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން އަދި ކުރީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމައީލް ވިދާޅުވެއްޖެއެވެ.

މި ސަރުކާރަކީ "އިންޑިޔާ އައުޓް" އަށް ގޮވަމުން އައި ސަރުކާރެއްގެ ގޮތުގައި ފާހަގަ ކުރައްވަމުން، ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމުގައި ފައްޔާޒު ވިދާޅުވީ، މި ސަރުކާރުގެ ތިން ނައިބު ވަޒީރަކާއި، ވެރިކަން ކުރާ ޕާޓީގެ ސެނެޓު މެންބަރުންގެ އިތުރުން، ސަރުކާރުގެ ކުންފުނިތަކުގެ ވެރިން އިންޑިޔާއާ މެދު އެހާ ބޮޑު ނުތަނަވަސްކަމެއްގެ ޚިޔާލު އެކްސްގައި ފާޅުކުރާނީ، އެ މާހައުލު ރައީސް މުއިއްޒު އުފައްދަވާފައި އޮތުމުން ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ސަރުކާރެއްގެ އިސް މަގާމެއް ފުރާ އެންމެ މީހަކު އެމީހެއްގެ ޚިޔާލު ފާޅުކުރުމާއި، ގިނަ ބަޔަކު އެއްފަދަ ޚިޔާލެއް ފާޅުކުރެވޭނީ އެފަދަ "ޖައްސާލުމުގެ" މާހައުލެއް ސަރުކާރުގެ ތެރޭގައި އުފެދިފައި އޮތުމުން ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އަދި އެފަދަ މާހައުލެއް އުފެދޭނީ ރައީސަކަށް ހުންނަވާ ބޭފުޅަކު ވެސް އެފަދަ ނިންމެވުމެއްގެ މަތީގައި ހުންނެވުމުން ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒު އިތުރަށް ވިދާޅުވީ، އިންޑިޔާ ސިފައިންގެ މައްސަލައިގެ ކަންބޮޑުވުން ހުރި ކަމަށްވާނަމަވެސް، އެކަމަށް ހައްލުގެނައުމުގެ ތެރެއިން ދެގައުމުގެ ގުޅުމަށް ބުރޫއަރާ ފަދަ މާހައުލެއް އުފެދުމަކީ ރައީސް މުއިއްޒު އެކަމަށް ޖާގަ ދެއްވުމުގެ ސަބަބުން ހިނގާނެ ކަމެއް ކަމަށެވެ. އަދި އެއީ ސަރުކާރުގެ ޕޮލިސީ ކަމުގައި ފައްޔާޒު ތުހުމަތުކުރެއްވިއެވެ.

ފައްޔާޒު ވިދާޅުވީ ސަރުކާރުގެ ތިން ނައިބު ވަޒީރުން އިންޑިޔާގެ ބޮޑުވަޒީރަށް ފުރައްސާރަކޮށް މަލާމާތް ރައްދުކުރި މައްސަލަ ފެންމަތިވިތާ އެތައް އިރެއް ފަހުން ސަރުކާރުން އެކަމަށް އިޝާރަތްކޮށް ބަޔާނެއް ނެރުނުއިރު، އެކަމަކީ އެ މައްސަލަ ފެންމަތިވިހާ އަވަހަކަށް އެކަމަށް ބަޔާންތައް ނެރެ، ސަރުކާރުން މައާފަށް ވެސް އެދެން ޖެހޭނެ ކަމެއް ކަމަށެވެ.

އަދި ވިދާޅުވީ ސަރުކާރުން ގައުމު ދެކެ ލޯބިވާނަމަ، "ތާކުން ތާކުން ނުޖެހޭ ގޮތަށް" އެއްވެސް ގައުމަކާ ޖެހިގަތުމަކީ ކުރާނެ ކަމެއް ނޫން ކަމަށެވެ.

އިންޑިޔާގެ ރައްޔިތުންގެ ރާއްޖެ ބޮއިކަޓްކޮށް، އިންޑިޔާގެ ލަކްޝަދީބުގެ ރަށްތަކުގެ ފަތުރުވެރިކަން ޕްރޮމޯޓުކުރަން ފެށީ، އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެ ރަށްތަކަށް ކުރެއްވި ދަތުރުފުޅެއްގެ ތެރޭގައި، އެ ރަށްތަކުގެ ރީތިކަން ޕްރޮމޯޓުކުރުމާ ގުޅިގެން އިންޑިޔާގެ ސޯޝަލް މީޑިޔާ އެކްޓިވިސްޓުން ރާއްޖެ އަކީ "ޕްރޯ ޗައިނާ" ގައުމެއް ކަމުގައި ބުނެ، ރާއްޖެ ބޮއިކޮޓް ކުރުމަށް ގޮވާލަން ފަށުމާއެކު އެވެ.

އެއާއެކު، ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން ރާއްޖެ ދިފާއުކުރެއްވުމުގެ މަސައްކަތް ފެށިއިރު، ބައެއް ނައިބު ވަޒީރުން ފެށީ އިންޑިޔާގެ މީހުންނާ ޒާތީ ގޮތުން ދިމާކުރުމުގެ މަސައްކަތެވެ.

އެގޮތުން އިންޑިޔާގެ ބޮޑުވަޒީރަށް ސިދާ އަމާޒުކުރައްވާ، އިސްރާއީލުގެ ޕަޕެޓު، ޖޯކު އަދި އިންޑިޔާ އަކީ ހަޑި ގައުމެއްގެ ގޮތުގައި ސިފަކުރައްވާ ވާހަކަތަކެއް ދެއްކެވުމާ ގުޅިގެން ތިން ނައިބު ވަޒީރަކު ސަރުކާރުން ވަނީ ސަސްޕެންޑްކޮށްފައެވެ.

ސަސްޕެންޑުކުރި ވަޒީރުންނަކީ ޒުވާނުންނާ ގުޅޭ ވުޒާރާގެ ނައިބު ވަޒީރުން ކަމުގައިވާ މަރިޔަމް ޝިއުނާ އާއި މަލްޝާ ޝަރީފް އަދި މަހުޒޫމް މާޖިދު އެވެ.

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

5

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ

23 ޖެނުއަރީ 2017
ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
06 ޖެނުއަރީ 2017

2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ

06 ޖެނުއަރީ 2017
2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް