Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހިމަބިއްސާއި ރުބެއްލާ

ހިމަބިއްސާއި ރުބެއްލާ އެތެރެވިޔަ ނުދިނުމަށް ބިދޭސީން އެމްއާރް ވެކްސިންގެ ދެ ޑޯޒު ޖަހާފައިވާކަން ކަށަވަރުކުރަންޖެހޭ: ޑރ.ފައިސަލް

މީސްލްސް ވެކްސިން ދިނުމުގެ ގައުމީ ކެމްޕޭނެއް 1 ޑިސެންބަރު 2023 ގައި ވަނީ ފަށާފައި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 31 ޑިސެމްބަރު 2023 | އާދީއްތަ 08:56
ކުޑަކުދިންގެ ޚާއްސަ ޑރ. އަހުމަދު ފައިސަލް

ކުޑަކުދިންގެ ޚާއްސަ ޑރ. އަހުމަދު ފައިސަލް

ހިމަބިއްސާއި ރުބެއްލާ އެތެރެވިޔަ ނުދިނުމަށް ރާއްޖެއަށް އެތެރެވާ ބިދޭސީ މަސައްކަތްތެރިން އެމްއާރް ވެކްސިންގެ ދެ ޑޯޒު ޖަހާފައިވާކަން ކަށަވަރުކުރަންޖެހޭ ކަމަށް ކުޑަކުދިންގެ ޚާއްސަ ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ޑރ.ފައިސަލް ވިދާޅުވީ ރާއްޖެއިން ނައްތާލެވިފައިވާ ހިމަބިއްސާއި ރުބެއްލާ ރާއްޖެއަށް އެތެރެވިޔަ ނުދިނުމަށް ކުރަންޖެހޭ މައިގަނޑު އެއް މަސައްކަތަކީ ރާއްޖެއަށް ގެންނަ ބިދޭސީ މަސައްކަތްތެރިން އެމްއާރް ވެކްސިންގެ ދެ ޑޯޒް ހަމަކުރިކަން ކަށަވަރުކުރުން ކަމަށެވެ. އަދި މިކަމަށްވެސް ސަރުކާރުން މަސައްކަތް ފަށަންޖެހޭ ކަމަށް ޑރ.ފައިސަލް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޑރ.ފައިސަލް މިހެން ވިދާޅުވެފައިމިވަނީ ރާއްޖެއިން ނައްތާލެވިފައިވާ ފައިލޭރިއާ ފެނިފައިވާ ދަނޑިވަޅެއްގައެވެ. ބިދޭސީ މަސައްކަތްތެރިން އެމްއާރް ވެކްސިންގެ ދެ ޑޯޒު ޖަހާފައިވާކަން ކަށަވަރު ކުރުމަށް އެޗްޕީއޭއިން ކުރަމުންދާ މަސައްކަތުގެ މައުލޫމާތު ހޯދުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.

2023 ވަނަ އަހަރުގެ މެދުތެރޭގައި ރާއްޖެއިން ހިމަބިހި (މީސްލްސް) ފެނުމާއި ގުޅިގެން އިތުރަށް މިބަލި ފަތުރުނަ ނުދިނުމަށް ކުރެވެމުންދާ މުހިއްމު މަސައްކަތުގެ ތެރެއިން މީސްލްސް ވެކްސިން ދިނުމުގެ ގައުމީ ކެމްޕޭނެއް 1 ޑިސެންބަރު 2023 ގައި ވަނީ ފަށާފައެވެ.

މީގެ އިތުރުން 10 ސެޕްޓެންބަރު 2020 ގައި ރާއްޖެއަކީ ރުބެއްލާ މުޅިން ނައްތާލެވިފައިވާ ގައުމެއްކަމުގައި ކަނޑައަޅައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިވްއެޗްއޯ)އިން ސެޓްފިކެޓް ހަވާލުކޮށްފައެވެ.

ރުބެއްލާއަކީ ގައިން ގަޔަށް އަރާ ބައްޔެކެވެ. ރުބެއްލާގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި ގައިގައި ކުދި ބިހިތަކެއް ނެގުން ހިމެނެއެވެ. ފުރަތަމަ ބިހިތައް ނަގަން ފަށަނީ މޫނާއި ކަރުދަށުގައެވެ. އެއަށްފަހު މުޅި ގަޔަށް ބިހިތައް ފެތުރިގެންދެއެވެ. ރުބެއްލާއަކީ އާންމުކޮށް ތުއްތު ކުދިންނަށް ޖެހޭ ބައްޔެކެވެ. މާބަނޑުއިރު މައިމީހާގެ ގައިން ބަނޑުގައި އޮންނަ ދަރިފުޅަށް ވެސް އަރައެވެ.

ރާއްޖެއިން ނައްތާލެވިފައިވާ ބައެއް ބަލިތައް ރާއްޖެއިން ފެނުމަކީ ކަންބޮޑުވުމެއް ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ބައެއް ޑޮކްޓަރުން ވިދާޅުވެފައިވެއެވެ. ނައްތާލެވިފައިވާ ފައިލޭރިއާ ފެނިފައިވަނީ ޑިސެންބަރު މަހުގެ 1 އަދި 2 ވަނަ ދުވަހު ކުޅުދުއްފުށީގައި ހިންގި ބިދޭސީ މަސައްކަތްތެރިންގެ ސްކްރީނިން ކޭމްޕުގެ ތެރޭގައި ޓެސްޓް ކުރެވުނު ބައެއް ބިދޭސީންގެ ފަރާތުން ކަމަށްވާތީ އިތުރަށް މިފަދަ ސްކްރީނިންގ ކޭމްޕްތައް ކުރިއަށް ގެންދަންޖެހޭ ކަމަށް ސިއްހީ ޚިދުމަތްތެރިން ވިދާޅުވެފައިވެއެވެ. ޓެސްޓު ކުރުމުގެ މަސައްކަތް އިތުރަށްފުޅާކޮށް، މާލެ ސަރަހައްދުގައި ވެސް ޓެސްޓު ކުރުމުގެ މަސައްކަތް އެޗްޕީއޭއިން ވަނީ ކުރިއަށް ގެންގޮސްފައެވެ. މިހާތަނަށް ބެލިބެލުން 32 މީހުން ބައްޔަށް ވަނީ ޕޮޒިޓިވްވެފައެވެ.

މި ކަމާއި ގުޅިގެން ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ވިދާޅުވީ ފައިލޭރިއާއަށް ދިވެއްސަކު ޕޮޒިޓިވް ނުވާ ކަމަށާއި، ބަލި ފެތުރިދާނެތީ ކަންބޮޑުވާކަށް ނުޖެހޭ ކަމަށެވެ. މި ބައްޔަކީ ރާއްޖޭގައި ފެތުރޭ ބައްޔެއް ނޫން ކަމަށާއި، މިއީ ރާއްޖެއިން ބޭރުން އައިސްފައިވާ ބައްޔެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ނަމަވެސް ބިދޭސީން ރާއްޖެ އެތެރެވާއިރު ހަދަންޖެހޭ ވޯކްޕަރމިޓް މެޑިކަލްގައި ފައިލޭރިއާ ހިމަނާފައިނުވެއެވެ. އަދި ލިސްޓަށް ފައިލޭރިއާ އިތުރުކުރުމަށްޓަކައި މަޝްވަރާކުރަމުންދާ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

ޑރ.ފައިސަލް

ކޮމެންޓް

އިތުރަށް ކިޔާލަން

ޑެންގީހުން ޖެހިގެން 6 ކުއްޖަކު އެޑްމިޓްކޮށްގެން ފަރުވާ ދެނީ

ޑެންގީހުން ޖެހިގެން 6 ކުއްޖަކު އެޑްމިޓްކޮށްގެން ފަރުވާ ދެނީ

05 މެއި 2024
ރާއްޖެއިން އަބަދުވެސް ޑެންގީހުން ފެނޭ، ހުން މަޑުވާތާ ފުރަތަމަ 48 ގަޑިއިރުތެރޭގައި ޚާއްސަ ސަމާލުކަމެއް ދޭންޖެހޭނެ: ޑރ.ފައިސަލް

ރާއްޖެއިން އަބަދުވެސް ޑެންގީހުން ފެނޭ، ހުން މަޑުވާތާ ފުރަތަމަ 48 ގަޑިއިރުތެރޭގައި ޚާއްސަ ސަމާލުކަމެއް ދޭންޖެހޭނެ: ޑރ.ފައިސަލް

03 މެއި 2024
ކަނާތް ތެރިއެއްތޯ ނުވަތަ ވައަތްތެރިއެއްތޯ އެނގެނީ އުމުރުން 12 މަސްވުމުން، އޭގެ ކުރިން ވަކިއަތެއް ޚިޔާރުކުރާނަމަ އިތުރަށް ބަލަންޖެހޭ: ޑރ.ފައިސަލް

ކަނާތް ތެރިއެއްތޯ ނުވަތަ ވައަތްތެރިއެއްތޯ އެނގެނީ އުމުރުން 12 މަސްވުމުން، އޭގެ ކުރިން ވަކިއަތެއް ޚިޔާރުކުރާނަމަ އިތުރަށް ބަލަންޖެހޭ: ޑރ.ފައިސަލް

02 ޑިސެމްބަރު 2023
އެކްސިޑެންޓްވެ ވެއްޓިފައި އޮންނަ މީހާ ނަގަންވާނީ ކަނދުރާ ނުގުޑާގޮތަށް، ނެގޭ ގޮތަކުން ފުރާނަ ގޮސްދާނެ: ޑރ.ފައިސަލް

އެކްސިޑެންޓްވެ ވެއްޓިފައި އޮންނަ މީހާ ނަގަންވާނީ ކަނދުރާ ނުގުޑާގޮތަށް، ނެގޭ ގޮތަކުން ފުރާނަ ގޮސްދާނެ: ޑރ.ފައިސަލް

29 ޖޫން 2023
ކޮވިޑްގައި މާބަނޑު މީހުންނަށް ނުރައްކާ ބޮޑު: ''ދަރިފުޅު ނިޔާވުމާއި އެބޯޓްވުން ފަދަ ހިތާމަވެރި ހާދިސާތައް އެބަ ހިނގާ''

ކޮވިޑްގައި މާބަނޑު މީހުންނަށް ނުރައްކާ ބޮޑު: ''ދަރިފުޅު ނިޔާވުމާއި އެބޯޓްވުން ފަދަ ހިތާމަވެރި ހާދިސާތައް އެބަ ހިނގާ''

18 މެއި 2021

އަހަރުތަކުން މިއަދު

25 އެޕްރީލު
މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!
20233 އަހަރު ކުރިން
ކުޅިވަރު

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ
20224 އަހަރު ކުރިން
ދުނިޔެ

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި
20215 އަހަރު ކުރިން
ދުނިޔެ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!
20188 އަހަރު ކުރިން
ރިޕޯޓު

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު