Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުއްޖާގެ އުމުރާއެއް ވަރަށް ހަރަކާތްކުރުން

ކަނާތް ތެރިއެއްތޯ ނުވަތަ ވައަތްތެރިއެއްތޯ އެނގެނީ އުމުރުން 12 މަސްވުމުން، އޭގެ ކުރިން ވަކިއަތެއް ޚިޔާރުކުރާނަމަ އިތުރަށް ބަލަންޖެހޭ: ޑރ.ފައިސަލް

ކުއްޖާގެ 5 އަހަރުވަންދެން ވެސް އުމުރާ އެއްވަރަށް ކަންތައްތައް ކުރެވޭތޯ ބަލަންވާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 2 ޑިސެމްބަރު 2023 | ހޮނިހިރު 08:41
އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޚާއްސަ ޑރ. އަހުމަދު ފައިސަލް

އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޚާއްސަ ޑރ. އަހުމަދު ފައިސަލް

ކުއްޖާއަކީ ކަނާތް ތެރިއެއްތޯ ނުވަތަ ވައަތްތެރިއެއްތޯ އެނގެނީ އުމުރުން 12 މަސްވުމުން ކަމަށާއި، އޭގެ ކުރިން ވަކިއަތެއް ޚިޔާރުކުރާނަމަ އިތުރަށް ބަލަންޖެހޭ ކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޚާއްސަ ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ބެލެނިވެރިންނަށް ޚާއްސަ އިލްތިމާސެއްކުރައްވައި ޑރ.ފައިސަލް ވިދާޅުވީ ދެއަހަރުވާއިރު، އަތާއިފައިގެ ހަރަކާތްތަކުން ކުރާކަންތައްތައް ކުރުމުގައި ލަސްތަކެއް ހުރިކަން ގިނަފަހަރު އެނގޭ ކަމަށެވެ.

Advertisement - newsAdvertisement

ނަމަވެސް ދަސްކުރުމާއި މުއާމަލާތްކުރުމުގައި އުނދަގޫތަކެއް ހުރިކަން ނޭނގިދާނެ ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ. އަދި ވިދާޅުވީ ކުއްޖާގެ 5 އަހަރުވަންދެން ވެސް އުމުރާ އެއްވަރަށް ކަންތައްތައް ކުރެވޭތޯ ބަލަންވާނެ ކަމަށެވެ.

މީގެ އިތުރުން ޑރ.ފައިސަލް ވިދާޅުވީ ކުއްޖަކީ ކަނާތް ތެރިއެއްތޯ ނުވަތަ ވައަތްތެރިއެއްތޯ އެނގެނީ އުމުރުން 12 މަސްވުމުން ކަމަށެވެ. އޭގެ ކުރިން ވަކިއަތެއް ޚިޔާރުކުރާނަމަ ގޯހެއް އުޅޭތޯ އިތުރަށް ބަލަންވާނެ ކަމަށާއި، ޑޮކްޓަރަށް ދައްކަންޖެހޭ ކަމަށް ޑރ.ފައިސަލް ވިދާޅުވިއެވެ.

ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި ކުޑަކުދިން އެކުދިންގެ އުމުރާ އެއްވަރަށް ހަރަކާތްތެރިވެ އުޅެންޖެހެއެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި ބެލެނިވެރިން އެކަންކަމަށް ސަމާލުކަން ނުދޭކަން ފާހަގަކުރެވޭ ކަމަށެވެ.

ޑރ.ފައިސަލް

އިތުރަށް ކިޔާލަން

05 މެއި 2024

ޑެންގީހުން ޖެހިގެން 6 ކުއްޖަކު އެޑްމިޓްކޮށްގެން ފަރުވާ ދެނީ

05 މެއި 2024
ޑެންގީހުން ޖެހިގެން 6 ކުއްޖަކު އެޑްމިޓްކޮށްގެން ފަރުވާ ދެނީ
03 މެއި 2024

ރާއްޖެއިން އަބަދުވެސް ޑެންގީހުން ފެނޭ، ހުން މަޑުވާތާ ފުރަތަމަ 48 ގަޑިއިރުތެރޭގައި ޚާއްސަ ސަމާލުކަމެއް ދޭންޖެހޭނެ: ޑރ.ފައިސަލް

03 މެއި 2024
ރާއްޖެއިން އަބަދުވެސް ޑެންގީހުން ފެނޭ، ހުން މަޑުވާތާ ފުރަތަމަ 48 ގަޑިއިރުތެރޭގައި ޚާއްސަ ސަމާލުކަމެއް ދޭންޖެހޭނެ: ޑރ.ފައިސަލް
31 ޑިސެމްބަރު 2023

ހިމަބިއްސާއި ރުބެއްލާ އެތެރެވިޔަ ނުދިނުމަށް ބިދޭސީން އެމްއާރް ވެކްސިންގެ ދެ ޑޯޒު ޖަހާފައިވާކަން ކަށަވަރުކުރަންޖެހޭ: ޑރ.ފައިސަލް

31 ޑިސެމްބަރު 2023
ހިމަބިއްސާއި ރުބެއްލާ އެތެރެވިޔަ ނުދިނުމަށް ބިދޭސީން އެމްއާރް ވެކްސިންގެ ދެ ޑޯޒު ޖަހާފައިވާކަން ކަށަވަރުކުރަންޖެހޭ: ޑރ.ފައިސަލް
29 ޖޫން 2023

އެކްސިޑެންޓްވެ ވެއްޓިފައި އޮންނަ މީހާ ނަގަންވާނީ ކަނދުރާ ނުގުޑާގޮތަށް، ނެގޭ ގޮތަކުން ފުރާނަ ގޮސްދާނެ: ޑރ.ފައިސަލް

29 ޖޫން 2023
އެކްސިޑެންޓްވެ ވެއްޓިފައި އޮންނަ މީހާ ނަގަންވާނީ ކަނދުރާ ނުގުޑާގޮތަށް، ނެގޭ ގޮތަކުން ފުރާނަ ގޮސްދާނެ: ޑރ.ފައިސަލް
18 މެއި 2021

ކޮވިޑްގައި މާބަނޑު މީހުންނަށް ނުރައްކާ ބޮޑު: ''ދަރިފުޅު ނިޔާވުމާއި އެބޯޓްވުން ފަދަ ހިތާމަވެރި ހާދިސާތައް އެބަ ހިނގާ''

18 މެއި 2021
ކޮވިޑްގައި މާބަނޑު މީހުންނަށް ނުރައްކާ ބޮޑު: ''ދަރިފުޅު ނިޔާވުމާއި އެބޯޓްވުން ފަދަ ހިތާމަވެރި ހާދިސާތައް އެބަ ހިނގާ''
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު