Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނަދީމުގެ މަރުގެ މައްސަލަ

ކްރިމިނަލް ކޯޓުގައި ކުރިއަށްދާ މަފާޒުގެ މައްސަލައިގެ ބަންދު ދަމަހައްޓައިފި

29 ޑިސެމްބަރު 2023 | ހުކުރު 09:27

މަގުބޫލު ސަބަބެއް ނެތި އާންމުތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ކުށުގެ ދައުވާ މަފާޒުގެ މައްޗަށް އުފުލާފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 29 ޑިސެމްބަރު 2023 | ހުކުރު 09:27
ނަދީމްގެ މަރުގެ މައްސަލައިގައި ތުހުމަތުވާ މީހުންގެ ތެރޭގައި މަފާޒް (ކ)

ނަދީމްގެ މަރުގެ މައްސަލައިގައި ތުހުމަތުވާ މީހުންގެ ތެރޭގައި މަފާޒް (ކ)

މަގުބޫލު ސަބަބެއް ނެތި އާންމުތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ކުށުގެ ދައުވާ އުފުލާފައިވާ މުހައްމަދު މަފާޒް ހުސައިންގެ ބަންދު ދަމަހައްޓައިފިއެވެ.

އޭނާގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން ދަމަހައްޓާފައިވާއިރު މަފާޒަކީ ހއ. ތަކަންދޫ އިބްރާހީމީ ހިޔާ، ނަދީމު ޢަބްދުއްރަޙީމް އަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލައިގައި ކުށް ސާބިތުނުވާ ކަމަށް ނިންމާ ދޫކޮށްލާފައިވާ ފަރާތެކެވެ. އަދި މި މައްސަަލައިގެ އިސްތިއުނާފު މިހާރުވެސް ހައިކޯޓުގައި ކުރިއަށް އެބަދެއެވެ.

Advertisement - newsAdvertisement

މަފާޒް ގެ ކުށުގެ ރިކޯޑަށް ބަލާއިރު، މަފާޒަކީ އެކި މައްސަލަތަކުގައި ހައްޔަރު ކުރެވިފައިވާ ފަރާތެކެވެ. ހައިކޯޓުގައި މިހާރު ކުރިއަށްދިޔަ ބަންދާ ގުޅޭ އަޑުއެހުމުގައި ދައުލަތުން ބުނެފައިވަނީ ދާދި ފަހުން އޭނާ ހައްޔަރުކުރި މައްސަލަތަކުގެ ތެރެއިން 3 މައްސަލައެއްގައި، ބަންދުގެ މުއްދަތުވެސް ޖަހާފައިވާކަމަށެވެ. އޭގެ ތެރެއިން 2 މައްސަލައެއްގައި ދައުލަތުން ދައުވާވެސް ކޮށްފައިވާކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ހައިކޯޓުގެ ބަންދާ ގުޅޭ އަޑުއެހުމުގައި ދައުލަތުގެ ވަކީލު ވިދާޅުވީ، އޭނާގެ މައްޗަށް ކޮށްފައިވާ 2 ދައުވާގެ ތެރޭގައި، ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާއެއްވެސް ހިމެނޭކަމަށެވެ. ނަދީމަކީ މަފާޒް ސީދާގޮތުން ދިން ހަމަލާއެއްގެ ސަބަބުން އަނިޔާވެ ދުނިޔެ ދޫކޮށްފައިވާ ފަރާތެއްކަން، ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިތަކުންވެސް އެނގޭކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ވީއިރު، މަފާޒު ބަންދުގައި ބަހައްޓަންޖެހޭ ސަބަބުތައް ހުރިކަމަށާއި، އޭނާގެ ފަރާތުން މުުޖުތަމައަށް ފެންނަން އޮތް ނުރައްކާ ފާޅުކަން ބޮޑު ގޮތެއްގައި ފެންނަން އޮތްކަމަށް ވަކީލު ވިދާޅުވިއެވެ.

އެހެންނަމަވެސް މަފާޒް މިހާރުވެސް ހުރީ ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ބަންދުގައި ކަމަށާއި، އޭނާއަކީ މުޖުތަމައުގައި ހުރި މީހަކަށް ނުފޫޒެއް ފޯރުވުމުގެ ބާރެއް އޮތް މީހެއް ނޫންކަމަށްވެސް އޭނާގެ ވަކީލު ވިދާޅުވެފައިވެއެވެ.

ނަދީމުގެ މަރުގެ މައްސަލައިގައި ހައިކޯޓުގައި ކުރިއަށްދިޔަ ބަންދާ ގުޅޭ އަޑުއެހުމުގައި، މަފާޒަކީ މިހާރުވެސް ކްރިމިނަލް ކޯޓުގައި ކުރިއަށްދާ މި މައްސަލައަކާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ފަރާތެއް ކަމަށްވާތީ، ހައިކޯޓުގެ މައްސަލަ ނިމެންދެން އޭނާ ބަންދުކުރަންޖެހޭ ފަދަ ސަބަބެއް ނެތްކަމަށެވެ. ނަމަވެސް އެ މައްސަލައިގައި މަފާޒު ދޫކޮށްލާ ހާލަތެއްގައި ދައުލަތުން އޭނާ ބަންދުކޮށްދިނުން އެދި ހުށަހެޅުމަށް ހުރަހެއް ނެތްކަން ފަނޑިޔާރުން ފާހަގަ ކުރެއްވިއެވެ.

ނަދީމުކްރިމިނަލް ކޯޓްހައި ކޯޓު

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
10 ޑިސެމްބަރު 2025

23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި

10 ޑިސެމްބަރު 2025
23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
03 ޑިސެމްބަރު 2025

ސަނީ 30 ދުވަހަށް ބަންދު ކޮށްފި

03 ޑިސެމްބަރު 2025
ސަނީ 30 ދުވަހަށް ބަންދު ކޮށްފި
03 ޑިސެމްބަރު 2025

ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި

03 ޑިސެމްބަރު 2025
ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި
01 ޑިސެމްބަރު 2025

ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި

ކްރިމިނަލް ކޯޓުގެ ގާޒީ، ފާއިޒް ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް

01 ޑިސެމްބަރު 2025
ކްރިމިނަލް ކޯޓުގެ ގާޒީ، ފާއިޒް ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް