Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިންޓާ ރިސޯޓް ވޮލީ މުބާރާތް

ރީތިރަށް އަދި ކޮއްދިއްޕަރު މޮޅުވެއްޖެ

ކޮއްދިއްޕަރުން މެޗް ކާމިޔާބުކުރީ ބަނޑޮސް މޯލްޑިވްސް އާއި ވާދަކޮށް 3-1 ސެޓުން

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ, ރާއްޖެ އެމްވީ | 27 ޖުލައި 2017 | ބުރާސްފަތި 14:40
ރީތިރަށާއި ކޮކޯ ބޮޑުހިތި ބައްދަޅުކުރި މެޗުގެ ތެރެއިން

ރީތިރަށާއި ކޮކޯ ބޮޑުހިތި ބައްދަޅުކުރި މެޗުގެ ތެރެއިން

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ، ސޮނީ ސްޕޯޓްސް 18 ވަނަ އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތުގެ ޒޯން 1 ގައި ބުރާސްފަތި ދުވަހު ކުޅުނު މެޗުތައް ވަން އެންޑް އޮންލީ ރީތިރަށް އަދި ގްރޭންޑް ޕާކް ކޮއްދިއްޕަރުން ކާމިޔާބުކޮށްފިއެވެ.

ބުރާސްފަތި ދުވަހު ކުޅުނު ފުރަތަމަ މެޗް ގްރޭންޑް ޕާކް ކޮއްދިއްޕަރުން ކާމިޔާބުކުރީ ބަނޑޮސް މޯލްޑިވްސް އާއި ވާދަކޮށް 3-1 ސެޓުންނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ސެޓް 25-19 އިން ކޮއްދިއްޕަރު ކާމިޔާބު ކޮށްފައި ވަނިކޮށް ބަނޑޮހުން ވަނީ ދެވަނަ ސެޓު އަތުލާފައެވެ. ބަނޑޮހުން ދެވަނަ ސެޓު ގެންދިޔައީ 25-22 އިންނެވެ. ނަމަވެސް ގްރޭންޑް ޕާކް ކޮއްދިއްޕަރުން ވަނީ ވާދަވެރި ކުޅުމަކަށްފަހު ފަހު 2 ސެޓު ގެންގޮސް މެޗު ކާމިޔާބުކޮށްފައެވެ. އެޓީމުން ސެޓުތަށް ގެންދިޔައީ 25-21 އަދި 27-25 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ގްރޭންޑް ޕާކް ކޮއްދިއްޕަރުގެ އާދަމް ނަސީމް އެވެ.

ބުރާސްފަތި ދުވަހު ކުޅުނު ދެވަނަ މެޗް ވަން އެންޑް އޮންލީ ރީތިރަށުން ކާމިޔާބުކުރީ ކޮކޯ ބޮޑު ހިއްޗާ ވާދަކޮށް 3-1 ސެޓުންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ދެ ސެޓް ގެންގޮސްފައިވަނީ ވަން އެންޑް އޮންލީ ރީތި ރަށުންނެވެ. އެޓީމުން ސެޓުތައް ގެންދިޔައީ 25-16 އަދި 2518 އިންނެވެ. ކޮކޯ ބޮޑު ހިތިން ވަނީ 3 ވަނަ ސެޓުގައި މޮޅު ކުޅުމެއް ދައްކައިން 25-16 އިން ކާމިޔާބުކޮށްފައެވެ. ނަމަވެސް 4 ވަނަ ސެޓު 25-23 އިން ގެންގޮސް ވަން އެންޑް އޮންލީ ރީތި ރަށުން ވަނީ މެޗު ކާމިޔާބުކޮށްފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ވަން އެންޑް އޮންލީ ރީތިރަށުގެ ހުސައިން އަންވަރެވެ.

ޖުމްލަ ފަސް ޒޯން ހިމެނޭ މި މުބާރާތުގައި މިފަހަރު 21 ޓީމު ވާދަކުރާއިރު، އަލަށް ބައިވެރިވި ޓީމުތައްވެސް ހިމެނެއެވެ. އެހެން މުބާރާތްތަކާ ހިލާފަށް މިފަހަރު މުބާރާތުގައި ކޮންމެ ޓީމަކަށްވެސް ކުޅެވޭނީ ގައުމީ ޓީމުގައި ހިމެނޭ ދެ ކުޅުންތެރިންނަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވަންއޯވަން އާއި ކޭޑީއެމް މޮޅުވެއްޖެ

ވަންއޯވަން އާއި ކޭޑީއެމް މޮޅުވެއްޖެ

07 ޖޫން 2017
ބުންޑަސްލީގާ: ބާޓްރާ އެނބުރި އައި މެޗުން ވާޑަ ބްރޭމަން އަތުން ޑޯޓްމަންޑް މޮޅުވެއްޖެ

ބުންޑަސްލީގާ: ބާޓްރާ އެނބުރި އައި މެޗުން ވާޑަ ބްރޭމަން އަތުން ޑޯޓްމަންޑް މޮޅުވެއްޖެ

21 މެއި 2017
ސްޕެނިޝް ލަލީގާ: މާސެލޯގެ ލަނޑުން ރެއާލް މޮޅުވިއިރު، ސުއަރޭޒްގެ ލަނޑުތަކުން ބާސާ ވެސް މޮޅުވެއްޖެ

ސްޕެނިޝް ލަލީގާ: މާސެލޯގެ ލަނޑުން ރެއާލް މޮޅުވިއިރު، ސުއަރޭޒްގެ ލަނޑުތަކުން ބާސާ ވެސް މޮޅުވެއްޖެ

30 އެޕްރީލު 2017
ޕްރިމިއާ ލީގު: ސިޓީން ލިވަޕޫލް ހިފެހެއްޓިއިރު، ޓޮޓެންހަމް މޮޅުވެއްޖެ

ޕްރިމިއާ ލީގު: ސިޓީން ލިވަޕޫލް ހިފެހެއްޓިއިރު، ޓޮޓެންހަމް މޮޅުވެއްޖެ

20 މާރިޗު 2017
ތިންވަނަ އެމްބީއޭކަޕް: އެލްޓީ އާއި ޓީރެކްސް ތަފާތު ބޮޑުކޮށް މޮޅުވެއްޖެ

ތިންވަނަ އެމްބީއޭކަޕް: އެލްޓީ އާއި ޓީރެކްސް ތަފާތު ބޮޑުކޮށް މޮޅުވެއްޖެ

18 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު