Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބުންޑަސްލީގާ

ބުންޑަސްލީގާ: ބާޓްރާ އެނބުރި އައި މެޗުން ވާޑަ ބްރޭމަން އަތުން ޑޯޓްމަންޑް މޮޅުވެއްޖެ

21 މެއި 2017 | އާދީއްތަ 16:23

ޑޯޓްމަންޑުން ސީޒަން ނިންމާލީ 64 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ތިންވަނަ ހޯދައިގެން

ލީވާން އަލީ
ލީވާން އަލީ | 21 މެއި 2017 | އާދީއްތަ 16:23
މެޗަށްފަހު ބާޓްރާ އަށް ކުޅުންތެރިން އަދި ސަޕޯޓަރުން ހިތްވަރުދެނީ

މެޗަށްފަހު ބާޓްރާ އަށް ކުޅުންތެރިން އަދި ސަޕޯޓަރުން ހިތްވަރުދެނީ

ބުންޑަސްލީގާގައި މާކް ބާޓްރާ އެނބުރި އައި މެޗުން ވާޑަ ބްރޭމަން އަތުން ބްރޫޝިއާ ޑޯޓްމަންޑް މޮޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން ވާޑަބްރޭމަންއާ ވާދަކޮށް ޑޯޓްމަންޑް މޮޅުވީ 3-4 ގެ ނަތީޖާއަކުންނެވެ.

ޑޯޓްމަންޑް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ވާޑަބްރޭމަން އިންނެވެ. މި ލަނޑު ހަތްވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޖުނުޒޮވިކް އެވެ.

މި ލަނޑަށްފަހުވެސް ޖުނުޒޮވިކް އަށް ވަނީ ލީޑު ފުޅާކުރަން ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެހެންނަމަވެސް ވާޑަބްރޭމަން އިން ރަނގަޅަށް ކުޅެމުންދިޔަ ދަނޑިވަޅެއްގައި ޑޯޓްމަންޑްގެ މާކޯ ރެއުސް ވަނީ އެޓީމަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

މި ލަނޑަށްފަހު އެޓީމުން ކުޅުން ރަނގަޅުކޮށްފައިވާއިރު، 42 ވަނަ މިނެޓުގައި އެމެރިކް ވަނީ ޑޯޓްމަންޑަށް ފުރަތަމަ ފަހަރަށް މެޗުގެ ލީޑު ނަގައިދީފައެވެ. މި ލަނޑުތަކާއެކު ފުރަތަމަ ހާފް ނިމުނީ 1-2 ގެ ނަތީޖާއިން ވާޑަބްރޭމަންގެ މައްޗަށް ޑޯޓްމަންޑް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހަފް ފެށިގެން ވާޑަބްރޭމަން އިން އެޓީމުގެ ކުޅުން ރަނގަޅުކޮށްފައިވާއިރު، 46 ވަނަ މިނެޓުގައި އެޓީމުން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފިން ބާޓެލްސް އެވެ. މި ލަނޑަށްފަހުވެސް އެޓީމުންދިޔައީ ޑޯޓްމަންޑްގެ ހާފަށް ބާރުބޮޑުކުރަމުންނެވެ.

ޑޯޓްމަންޑުން ދެވަނަ ފަހަރަށް މެޗުގެ ލީޑު ނެގީ 68 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ މެކްސް ކްރޫޒް އެވެ. އެހެންނަމަވެސް 75 ވަނަ މިނެޓުގައި ދެވަނަ ފަހަރަށް ޑޯޓްމަންޑުން ވަނީ މެޗުގެ ނަތިޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ރެއުސްއެވެ.

ޑޯޓްމަންޑަށް ލީޑު ނަގައިދިނީ ފުރިހަމަވަގުތު ނިމެން މިނެޓަކަށްވެފައިވަނިކޮށް އެމެރިކް އެވެ. މި ނަތީޖާއާއެކު ޑޯޓްމަންޑުން ސީޒަން ނިންމާލީ ކުޅުނު 34 މެޗުން ހޯދި 64 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ތިންވަނަ ހޯދައިގެންނެވެ. ވާޑަ ބްރޭމަން އިން ސީޒަން ނިންމާލީ 34 މެޗުން ހޯދި 45 ޕޮއިންޓާއެކު 8 ވަނައިގަ އެވެ.

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2017

އޯޑީއައި މެޗުތަކުގައި ކެޕްޓަންކަން ކުރުން އަޒްހަރު ހުއްޓާލައިފި

10 ފެބުރުއަރީ 2017
އޯޑީއައި މެޗުތަކުގައި ކެޕްޓަންކަން ކުރުން އަޒްހަރު ހުއްޓާލައިފި
09 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

09 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް
03 ފެބުރުއަރީ 2017

ރާއްޖޭގެ މޮޅު ކުޅުންތެރިޔާ އެނބުރި ރަށަށް ދިއުމުން ރަތްދޫލައިގެ މަރުހަބާއެއް

03 ފެބުރުއަރީ 2017
ރާއްޖޭގެ މޮޅު ކުޅުންތެރިޔާ އެނބުރި ރަށަށް ދިއުމުން ރަތްދޫލައިގެ މަރުހަބާއެއް
31 ޖެނުއަރީ 2017

އިންޓަ މިލާން ބަލިކުރެވިއްޖެ ނަމަ ލީގު ތަށި ހޯދުމާ ގާތަށް ޖެހިލެވޭނެ: ހިގުއައިން

31 ޖެނުއަރީ 2017
އިންޓަ މިލާން ބަލިކުރެވިއްޖެ ނަމަ ލީގު ތަށި ހޯދުމާ ގާތަށް ޖެހިލެވޭނެ: ހިގުއައިން
31 ޖެނުއަރީ 2017

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ
28 ޖެނުއަރީ 2017

ދިގު މުއްދަތަކަށްފަހު ފެސްކޯ އެނބުރި ވެލެންސިއާ އަށް

28 ޖެނުއަރީ 2017
ދިގު މުއްދަތަކަށްފަހު ފެސްކޯ އެނބުރި ވެލެންސިއާ އަށް
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
11 ޖެނުއަރީ 2017

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް
04 ޖެނުއަރީ 2017

އުމުރުން 41 އަހަރުގައި ވެރޯން އެނބުރި ކުޅުމުގެ ތެރެއަށް

04 ޖެނުއަރީ 2017
އުމުރުން 41 އަހަރުގައި ވެރޯން އެނބުރި ކުޅުމުގެ ތެރެއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް