Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އިދިކޮޅު ގުޅިފައިވާ ޕާޓީތައް

ފުލުހުންނާ ކުރިމަތިލި ކަމަށް ބުނެ ފުލުހުން ތަހުގީގް ކުރުމުން ސުވާލު އުފެދޭ: އިބޫ

އަޅުގަނޑު ބަންދު ކުރިއަސް މިކަމެއް ނުހުއްޓޭނެ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 27 ޖުލައި 2017 | ބުރާސްފަތި 13:51
ފުލުސް އޮފީހުން ނުކުމެވަޑައިގެން އިބޫ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ

ފުލުސް އޮފީހުން ނުކުމެވަޑައިގެން އިބޫ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ

ގުޅިފައިވާ ޕާޓީތަކަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހާޒިރުކޮށް ތަހުގީގް ކުރަނީ ފުލުހުންނާ ކުރިމަތިލި ކަމަށް ބުނެ ކަމަށާއި އެތަހުގީގް ފުލުހުން ކުރުމުން އިންސާފްވެރިވެދާނެ ކަމާ މެދު ސުވާލު އުފެދޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު އަދި ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރ އިބްރާހީމް މުހައްމަދު ސޯލިހް އިބޫ ވިދާޅުވެއްޖެއެވެ.

އިބޫ މިހެން ވިދާޅުވީ ބުރާސްފަތި ދުވަހު ފުލުސް އޮފީހަށް ހާޒިރުވެ ނުކުމެވަޑައިގެން ނޫސްވެރިނަނަށް މައުލޫމާތު ދެއްވަމުންނެވެ.

Advertisement - newsAdvertisement

އިބު ވިދާޅުވީ މަޖިލީހަކީ ދައުލަތުގެ ވަކި ބާރެއް ކަމަށާއި އެބާރަށް އެހެން ބާރަކުން އަރައި ނުގަނެވޭނެ ކަމަށެވެ. އަދި އެމަޖިލީހަށް މެންބަރުން ވަޑައިގަތުމުން ވަޑައިގެންނެވި މެންބަރުން ހާޒިރުކޮށް ސުވާލު ކުރަނީ އެކަމަށް ހުރަސްއެޅި ފުލުހުން ކަމަށާއި އެފުލުހުން އެފުލުހުންނާ ގުޅޭ ކަމަކާ ގުޅޭ ތަހުގީގެއް ކުރުމާ މެދު ސުވާލު އުފެދޭ ކަމަށެވެ.

އިބޫ ވިދާޅުވީ ބުރާސްފަތި ދުވަހު ހާޒިރުކޮށް ސުވާލު ކުރުމުން ތަހުގީގް ކުރިއަށް ގެންދަން ބޭނުން ވަނީ ވަކީލަކާ އެކުގައި ކަމަށް ވިދާޅުވިން ކަމަށާއި އެއާ އެކު ހުކުރު ދުވަހުގެރޭ 8 ޖަހާއިރު ވަކީލަކާ އެކު ހާޒިރު ވުމަށް އަންގާފައިވާ ކަމަށެވެ.

އިބޫ ވިދާޅުވީ ހޮނިހިރު ދުވަހަށް ފަސް ނުކުރެވޭނެތޯ ދެންނެވިން ކަމަށާއި ނަމަވެސް ވަކި ވަގުތަކަށް ނިންމަންޖެހޭ ތަހުގީގަކަށް ވާތީ އެގޮތައް ހެދެން ނެތް ކަމަށް ފުލުހުން ބުނެފައިވާ ކަމަށް އިބޫ ވިދާޅުވިއެވެ.

"ކުރިއަށް މިއޮތީ ބަންދު ދެދުވަސް. އޮއްވައި ހުކުރު ދުވަހުގެ ރެއަށް އަނެއްކާ ވެސް ތަހުގީގަށް މިކީ. އަޅުގަނޑު އެދުނިން ހޮނިހިރަށް ނޫނީ އާދީއްތައަށް ފުރުސަތު ދެއްވާށޭ. ވިދާޅުވީ ނުވާނެޔޭ ވަވަގުތަކަށް ނިންމަން ޖެހޭ ކަމަށް. އަޅުގަނޑުމެން އެދެން ވަކިފަރާތަކަށް ނުޖެހި މިތަހުގީގް ކުރިއަށް ގެންދަން. އެއްފަރާތުގައި އެތިބީ ކަންކުރި ފުލުހުން. ފުލުހުން މި ތަހުގީގް ކުރަނީ. ދެން ތިޔަބޭފުޅުން ވިދާޅުވޭ އަކަން ކުރިއަށް ދާނެ ގޮތް،" އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ މިކަމަކީ މެންބަރުންނަށް ބިރުދައްކާ އިދިކޮޅު ފަރާތްތައް ހައްޔަރު ކުރުމުގެ ބޭނުމުގައި ކުރާ ކަންތައްތަކެއް ކަމަށާއި ނަމަވެސް އިސްލާހަށް މަސައްކަތް ކުރައްވާ ފަރާތްތަކުން ތިބީ ދޫދީ ފަހަށް ޖެހޭ ގޮތަށް ނޫން ކަމަށެވެ.

"މިމަސައްކަތް ކުރިއަށްދާނެ. މއީ އަޅުގަނޑަކާ ނޫނީ ޢަބްދުﷲ ރިޔާޒަކާ ނޫނީ ފަލާހަކާ ގުޅިފައިވާ ކަމެއް ނޫން.މިއީ ރައްޔިތުންގެ މަސައްކަތެއް. އަޅުގަނޑު ގެންގޮސްބަންދުކުރިއަސް މިކަން ކުރިއަށް ދާނެ. މިއީ ވަކިފަރާތަކާ ގުޅިފައިވާ ކަމެއް ނޫން. އެހެން ރައީސް ޔާމީނަށްހީފުޅުވަންޏާ އެއީ ވަރަށް ބޮޑު ކުށް ހީއެއް. މިހަރަކާތް ކުރިއަށް ދާނެ،" އިބޫ ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު