Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ

ކިތަންމެ ޚުދުމުޚްތާރުވާން ޖެހުނަސް ފަރުވާލެއް ނެތް، މުހިއްމީ މަޤާމާއި ބާރު

މަޖިލީހުން އެ މައްސަލަ ކުރިއަށް ނުގެންދަން ނިންމާފައިވާ ނިންމުން ރަނގަޅެއް ނޫން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 10 ނޮވެމްބަރު 2023 | ހުކުރު 17:20
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕާޓީގެ މެމްބަރުން އެކި ގޮތްގޮތުން އަޅަމުންދިޔަ ހުރަސްތަކާއި ގުޅިގެން ފެންމަތިވި މައްސަލަ އެންމެ ފަހުން މިވަނީ ސުޕްރީމް ކޯޓުގެ އޮޅިގަނޑުވެސް ގިރާކޮށްފައެވެ.

އެ ހުރަސްތައް އަޅަމުންގެންދިޔައީ މަޖިލީހުގެ އިދާރާއިންވެސް ޤާނޫނުތަކާއި ޤަވާއިދުތައް ނުރަނގަޅުކޮށް މާނަކުރުމުންކަން ސުޕްރީމް ކޯޓުގެޙުކުމުންވަނީ އެނގިގެން ގޮސްފައެވެ.

ސުޕްރީމް ކޯޓުގެ ނިންމުމުގައި ވަނީ ޤާނޫނުތައް މާނަކުރަންވާނީ ވަކި މާއްދާއަކަށް އެކަނި ބެލުމުގެ ބަދަލުގައި ޤާނޫނުއަސާސީގެ މާއްދާތަކަކީ ގުޅި ލާމެހިފައިވާ އެކަތިގަނޑެއްގެ ގޮތުގައި ބަލައި، ޤާނޫނުއަސާސީގެ އޮނިގަނޑު ރޫޅިގެން ނުދާނެ ގޮތަކަށް ކަމަށެވެ.

އެގޮތުން ބަލާއިރު، ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 205 ވަނަ މާއްދާގެ (ބ) މާނަކުރަން ޖެހޭނީ އެ މާއްދާގެ އެހެން އަކުރުތަކާއި، އެ ޤަވާއިދުގެ 44 ވަނަ މާއްދާއާއި، ޤާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ށ) އެކުއެކީގައިކަމަށް ފަނޑިޔާރުން ވަނީ ނިންމަވާފައެވެ.

މި މައްސަލައިގައި ފަނޑިޔާރުން ނިންމަފާއިވާ މައިގަނޑު ނިންމުންތައް:

ސުޕްރީމް ކޯޓުގެ ނިންމުމަށް ބަލާއިރު ދޭހަވާ އެއް ކަމަކީ މަޖިލީހުން ޤާނޫނުއަސާސީއާ ޚިލާފުވެފައިވާކަމެވެ. އެގޮތުން މަޖިލީހުން އެ މައްސަލަ ކުރިއަށް ނުގެންދަން ނިންމާފައިވާ ނިންމުން ރަނގަޅު ނޫންކަން ފަނޑިޔާރުންގެ އިއްތިފާޤުން ފާހަގަ ކުރައްވާފައިވެއެވެ.

ދެވަނަ ކަމަކީ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށައެޅުމުން، އެ މައްސަލައެއް ޤާނޫނުއަސާސީއާއި މަޖިލީހުގެ ޤަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދަންޖެހޭނެކަމެވެ. އެއީ މަޖިލީހަށް އޮތް އިޚްތިޔާރެއް ނޫންކަމެވެ. އެކަން ކުރުމަށް މަޖިލީހުގެ ނައިބްރައީސް އުޒުރުވެރިވިޔަސް، މައްސަލަ ކުރިއަށް ގެންދެވޭނެ ގޮތެއް އޮތްކަމާއި، އެގޮތުގެ މަތިން މައްސަލަ ކުރިއަށް ގެންދަން ޖެހޭނެކަންވެސް މިއީ ފަނޑިޔާރުންގެ އިއްތިފާޤުން ނިންމާފައިވާ ނިންމުމެކެވެ.

އޭގެ އިތުރުން، ފަނޑިޔާރުންގެ އަޣުލަބިއްޔަތުން މި މައްސަލައިގައި ނިންމި އަނެއްކަމަކީ ޤާނޫނުއަސާސީންނާއި، ޤާނޫނުންނާއި، މަޖިލީހުގެ ޤަވާއިދުން ލާޒިމުކުރާ މަސައްކަތްތައް ކުރުމަށް މަޖިލީހަށް ހުރަހެއް ނެތްކަމެވެ. މިސާލަކަށް ބަޖެޓު ފާސްކުރުމާއި، އައު ރައީސް ހުވާ ކުރެއްވުމާއި، ވަޒީރުންގެ މަޖިލީހަށް ރުހުން ދިނުން ފަދަ ކަންކަން ކުރުމަށް ހުރަހެއް ނެތްކަން ފަނޑިޔާރުން ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް ފަނޑިޔާރުންގެ ނިންމުމުގެ ތިންވަނަ ނުކުތާއަކީ އަނެއްކާވެސް އިތުބާރު ނެތްކަމުގެ މައްސަލަ ޕާކުކޮށްލުމަށް ދައްކާ ބަހަނާއަކަށް ވެދާނެކަމުގެ ކޮޅުމަތި މިހާރުވެސް ދަނީ ފެންނަމުންނެވެ.

އެ ނުކުތާގައި މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދަންޖެހޭނެކަމަށް ބަޔާންކޮށްފައިވަނީ ދައުލަތުގެ މުހިއްމު މަސައްކަތްތަކާއި، ދައުލަތް ހިންގުމުގެ ނިޒާމު މަޑުޖެހުނަނުދީ ކުރިއަށް ގެންދިއުމަށްކަމުގައިވީނަމަވެސް، އޭގެ ނާޖާއިޒު ފައިދާ ނަގައި އަނެއްކާވެސް އިތުބާރު ނެތްކަމުގެ މައްސަލަ ޕާކުކޮށްލުމަށް މޮޅެތި ރޭވުންތައް ރާވަމުންދާކަމުގެ އަޑުތައް ވަނީ ގަދަވެފައެވެ.  

ހުރިހާވެސް ބޭނުމަކީ މަޤާމާއި ބާރު ދިފާއު ކުރުމެވެ. ސިޔާސީ ގޮތުން ބޭނުންވާ މަޤްސަދު ޙާސިލު ކުރުމެވެ. އެކަމަށްޓަކައި ކިތަންމެ ޚުދުމުޚްތާރުވާން ޖެހުނަސް، ބައެއް ފަރާތްތަކަށް ހަމަ އެކަމުގެ ފަރުވާލެއް ނެތީއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"އަބުރެއް ނެތް ޕަޕެޓުންގެ ކޮމިޝަން"

"އަބުރެއް ނެތް ޕަޕެޓުންގެ ކޮމިޝަން"

12 އެޕްރީލު 2017
ޤާނޫން އަސާސީވެސް ސައޫދީއަށް؟، ބަލިޖެހުނަސް ޅަދަރިންވެސް ސައޫދީއަށް؟!

ޤާނޫން އަސާސީވެސް ސައޫދީއަށް؟، ބަލިޖެހުނަސް ޅަދަރިންވެސް ސައޫދީއަށް؟!

16 މާރިޗު 2017
ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް

ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް

07 މާރިޗު 2017
ސިޔާސަތެއް ނެތް ވެރިކަން!

ސިޔާސަތެއް ނެތް ވެރިކަން!

18 ފެބުރުއަރީ 2017
ނިމުމެއް ނެތް އަޅުވެތިކަން

ނިމުމެއް ނެތް އަޅުވެތިކަން

10 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

25 އެޕްރީލު
މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!
20233 އަހަރު ކުރިން
ކުޅިވަރު

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ
20224 އަހަރު ކުރިން
ދުނިޔެ

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި
20215 އަހަރު ކުރިން
ދުނިޔެ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!
20188 އަހަރު ކުރިން
ރިޕޯޓު

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު