Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ

ތިންބާރުގެ ނިޒާމަށް އިޙުތިރާމު ކުރުމަށްކަމަށް ވިދާޅުވެ އީވާ ދެއްކެވި އުޒުރާއެކު އެއް ބާރު ހުއްޓުމަކަށް

ސުޕްރީމް ކޯޓަށް ހުށައަޅާފައިވާ މައްސަލައާއި، އިތުބާރު ނެތްކަމުގެ މައްސަލައަކީ ދެކަމެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 5 ނޮވެމްބަރު 2023 | އާދީއްތަ 06:09
މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ

މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ

ސުޕްރީމް ކޯޓަށް އެމްޑީޕީން ހުށަހަޅާފައިވާ މައްސަލައަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދަން އޮތް ހުރަހެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެއެވެ.

ގާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ޅ) ގައި ވަނީ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ބަހުސެއް ހިނގާ ޖަލްސާއެއްގެ ރިޔާސަތުގައި މަޖިލީހުގެ ރައީސް ބަލަހައްޓައިގެން ނުވާނެ ކަމަށް ބުނެފައެވެ.

އަދި މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) ގައި އެ ފަދަ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ނާއިބު ރައީސް ކަމަށް ބަޔާންކޮށްފައި އޮވެއެވެ.

ވުމާއެކު، ނާއިބް ރައީސް އީވާ ނޫން ފަރާތަކަށް އެފަދަ މައްސަލައެއްގެ ރިޔާސަތާ ޙަވާލު ނުވެވޭނެކަމަށް މަޖިލީހުން މާނަ ކުރުމާއެކު، އެމްޑީޕީން ވަނީ މަޖިލިސް ގޮވައިގެން ސުޕްރީމް ކޯޓަށް ގޮސްފައެވެ.

އެމްޑީޕީން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ ޤާނޫނުއަސާސީގެ 82 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ ރައީސް މަޤާމުން ވަކި ކުރުމުގެ ޤަރާރު ކުރިއަށް ގެންދިއުމަށް މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުގެ މަތިން މަޖިލީހުގެ ނާއިބްރައީސް ހާޒިރުނުވާ ޙާލަތުގައި ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 44 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރިޔާސަތު ބަލަހައްޓަވާނެ ފަރާތެއް ކަނޑައަޅައި، މަޖިލީހުގެ ރައީސް މަޤާމުން ވަކި ކުރުމުގެ ޖަލްސާ ކުރިއަށް ގެންދަންޖެހޭނެކަމަށް ކަނޑައަޅުއްވައިދެއްވުމަށާއި، މަޖިލީހުގެ ރައީސް މަޤާމުން ވަކި ކުރުމުގެ ޤަރާރާމެދު ގޮތެއް ނިންމުމަށްފަހުގައި ނޫނީ މަޖިލީހުގެ އެއްވެސް ޖަލްސާއެއް ކުރިއަށް ނުގެންދެވޭނެކަމަށް ކަނޑައަޅުއްވައި ދެއްވުމަށެވެ.

އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށައަޅާފައިވާ މައްސަލަ ތާވަލުކޮށްފައިވަނީ 6 ނޮވެމްބަރު ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށެވެ.  

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައިވަނިކޮށް، އެ މައްސަލަ ކުރިއަށް ނުގެންގޮސް އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެކަން މަޖިލީހުގެ ގަވާއިދުގެ 205 މާއްދާގެ (ރ)ގައި ވަނީ ބުނެފައެވެ.

އެމްޑީޕީން މައްސަލަ ހުށަހެޅުމުން އީވާ ވަނީ އެ މައްސަލައިގައި ގޮތެއް ނުނިމެނީސް ޖަލްސާ ކުރިއަށް ގެންދަން ފެނިވަޑައިނުގަންނަވާކަމަށް ބަޔާން ކުރައްވައި މަޖިލީހަށް ސިޓީއެއް ފޮނުއްވާފައެވެ. އެކަމާ ގުޅިގެން މަޖިލިސް އިދާރާއިން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާއި، މަޖިލީހުގެ ރައީސް މަޤާމުން ވަކި ކުރުމުގެ ޤަރާރުގެ މަސައްކަތް މަޖިލީހުގެ ޤަވާއިދުގެ 205 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މަޖިލީހުގެ ޖަލްސާގައި ކުރިއަށް ގެންދިއުމަކީ ތަފާތު ދެ ކަމެއްކަމަށް ފެންނަކަމަށް ޖަވާބު ދީފައެވެ.

ވުމާއެކު، 1 ނޮވެމްބަރުގައި ތާވަލުކޮށްފައިވާ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވުމަށް ވަޑައިގެންނެވުމަށް މަޖިލީހުން ވަނީ އީވާ ގާތުގައި އެދިފައެވެ. އެއީ 31 އޮކްޓޯބަރު 2023 ގައެވެ.

ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައިވީނަމަވެސް ޖަލްސާ ކުރިއަށް ގެންދެވޭނެކަމަށް މަޖިލީހުން ބުނުމާއެކު، އޭގެ ފަހުން އީވާ ވަނީ ހުރިހާ ޖަލްސާއަކަށްވެސް ސަލާމް ފޮނުއްވާފައެވެ. ސަބަބެއްކަމަށްވީ ޑެންގޫ ހުން ޖެހިވަޑައިގަތުމެވެ.

އެންމެ ފަހުން 5 ނޮވެމްބަރުވީ އާދިއްތަ ދުވަހުވެސް އިވާ ސަލާމް ފޮނުއްވުމުން މިއީ މަޖިލީހުގެ ޖަލްސާތައް ކެންސަލްވި 5 ވަނަ ފަހަރެވެ.

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިދިޔަ މަހުގެ 29، 30 އަދި މި މަހުގެ 1 ވަނަ ދުވަހާއި 5 ވަނަ ދުވަހު ވެސް ތާވަލު ކުރިއެވެ. ނަމަވެސް އެ ޖަލްސާތަކަށް އީވާ އަބްދުﷲ ސަލާމް ފޮނުއްވުމުން ޖަލްސާތައް ވަނީ ކެންސަލް ކޮށްފައެވެ.

ގިނަ ސަލާންތަކަކަށްފަހު 4 ނޮވެމްބަރުގައި އީވާ ވަނީ އަނެއްކާވެސް މަޖިލީހަށް ސިޓީއެއް ފޮނުއްވާފައެވެ.

އެ ސިޓީގައި އީވާ ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ގޮތެއް ނުނިމެނީސް ޖަލްސާގެ ރިޔާސަތާ ޙަވާލުވެވަޑައިގެންނެވުމަށް އުޒުރުވެރިވެވަޑައިގެންފައެވެ.

ސަަބަބެއްކަމަށް ބަޔާން ކުރެއްވީ އަދުލު އިންސާފުގެ ބާރަށް އޮންނަންޖެހޭ އިހުތިރާމް ކުޑަ ނުކުރެއްވުމަށާއި، ބާރުތައް ވަކި ކުރުމުގެ ތަސައްވުރަށް ހިޔަނި ނޭޅުއްވުމަށް ކަމަށެވެ.

ވުމާއެކު، ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ވަކި ގޮތެއް ކަނޑައެޅެންދެން ޖަލްސާގެ ރިޔާސަތާ ޙަވާލުވާން އުޒުރުވެރިވެވަޑައިގެން އީވާ ވަނީ މަޖިލީހަށް އެކަން އަންގަވާފައެވެ.

އެހެންނަމަވެސް މަޖިލީހުގެ ސްޓޭންޑު މިކަމުގައި އޮތީ ކުރިންވެސް އީވާއަށް ދީފައިވާ ޖަވާބާ އެއްގޮތަށެވެ. އެގޮތުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅިފައި އޮތުމަކީ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް އޮތް ހުރަހެއް ނޫންކަމަށް މަޖިލީހުން ބުނެފައިވެއެވެ.

ކަންމިހެން އޮތްކަމުގައިވީނަމަވެސް، އީވާ އުޒުރުވެރިވެވަޑައިގަތުމާއެކު ދެން ޖަލްސާއަކަށް އެ މައްސަލައެއް އެޖެންޑާއެއް ނުކުރާނެކަމަށް މަޖިލީހުން ބުނެއެވެ.

ކޮންމެއަކަސް، ބާރުތަކަށް އިހުތިރާމް ކުރުމުގެ ގޮތުންކަމަށް ވިދާޅުވެ އީވާ ދެއްކެވި އުޒުރާއެކު، ދައުލަތުގެ އެއްބާރުގެ މަސައްކަތް މިވަނީ ހުއްޓުމަކަށް އައިސްފައެވެ.

އައު ރައީސް ހުވާ ކުރެއްވުމުގެ ޖަލްސާއާއި، ބަޖެޓުގެ މަސައްކަތްފަދަ މުހިއްމު އެތައް ކަމެއް މަޖިލީހުން ކުރަން ހުރި މަސައްކަތްތަކުގެ ތެރޭގައި ހިމެނެއެވެ. ނަމަވެސް މަޖިލިސް މިވަގުތު އޮތީ ހުއްޓުމަކަށް އައިސްފައެވެ. ދައުލަތުގެ އެއް ބާރު މިއަދު ފެންނަމުންދަނީ އާރެއް ބާރެއް ނެތް ތަނެއްގެ ގޮތުގައެވެ.

ކުރީގެ ރައީސް، މުހައްމަދު ނަޝީދުރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު