Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ

އެމްޑީޕީ އިން އެދެނީ މަޖިލިސް ރައީސްގެ އިރުބާރު ނެތް ކަމުގެ މައްސަލައިގެ ޖަލްސާގައި، އެހެން މެމްބަރަކަށް ރިޔާސަތު ބެލެހެއްޓޭނެ ގޮތެއް ހޯދަން

ނަޝީދު ވަކި ކުރަން މަޖިލީހަށް ގަރާރު ހުށަހެޅީ 49 މެމްބަރުންގެ ސޮޔާއެކު

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ, ރާއްޖެ އެމްވީ | 29 އޮކްޓޯބަރު 2023 | އާދީއްތަ 12:17
އެމްޑީޕީގެ ޕީޖީ މެމްބަރުންތަކެއް

އެމްޑީޕީގެ ޕީޖީ މެމްބަރުންތަކެއް

ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 205 ވަނަ މާއްދާގެ 'ބ' ގައި ވާ ގޮތުގެ މަތީން ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން މުހައްމަދު ނަޝީދު ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލައިގައި ގޮތެއް ނިންމުމުގެ ޖަލްސާގައި މަޖިލީހުގެ ނައިބު ރައީސް އިވާ އަބްދުﷲ ހާޒިރުވެވަޑައިގަތުމަށް އުޒުރުވެރިވާ ހާލަތުގައި މަޖިލިސް ގަވާއިދުގެ 44 މައްދާއަށް އަމަލު ކުރުން ލާޒިމްވާން ކަނޑައެޅުމަށް އެދި އެމްޑީޕީން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފި އެވެ.

އެމްޑީޕީން އާދިއްތަ ދުވަހު ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައާ ގުޅޭ މައުލޫމާތު ދެއްވަމުން އެޕާޓީގެ ގާނޫނީ ޓީމުގެ މެމްބަރު އަހްމަދު އަބްދުﷲ އަފީފު ވިދާޅުވީ ސުޕްރީމްކޯޓަށް ހުށަހެޅި މައްސަލައަކީ އާދިއްތަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ އަމީންއާންމު ނިންމަވާފައިވާ ނިންމެވުން ގާނޫނު އަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ ހިލާފުކަމަށް ފެންނާތީ އެ ނިންމެވުމަށް ޗެލެންޖުކޮށް، ދެކަމަކަށް އެދި ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ. އެގޮތުން އެ މައްސަލަ ހުށަހެޅީ ދެ ކަމަކަށް އެދި ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ:

Advertisement - newsAdvertisement

އެމްޑީޕީ އިން އެފަދައިން އެދިފައިވާއިރު، މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައި ބުނާ ގޮތުން މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓުމަށް މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް އުޒުރުވެރިވެއްޖެ ހާލަތެއްގައި، އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނެ މެމްބަރަކު މަޖިލީހުގެ ރައީސް ކަނޑައަޅުއްވާން ވާނެ އެވެ. އަދި އެ މެމްބަރުންނަށް ވާންވަނީ މަޖިލީހުގައި މެދުނުކެނޑި އެންމެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި މެމްބަރުންގެ ތެރެއިން 5 މެމްބަރެކެވެ.

އެހެންކަމުން ހަމަ އެ އުސޫލުގެ ދަށުން، މަޖިލީހުގެ ބައެއް ޖަލްސާތަކުގެ ރިޔާސަތު ވިލިފުށީ ދައިރާގެ މެމްބަރު ހަސަން އަފީފު ގެންދަވަނީ ބަލަހައްޓަވަމުންނެވެ.

މީގެ އިތުރުން އެ މައްސަލަ ހުށަހަޅަން ޖެހުނު ސަބަބުތައް ނުވަތަ އެ މައްސަލަ ބިނާކޮށްފައިވަނީ ތިން ސަބަބެއްގެ މައްޗަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެގޮތުން އެއީ:

މިއާއެކު އަފީފު ވިދާޅުވީ މަޖިލިސް ރައީސް މަގާމުން ވަކި ކުރުމަށް އެމްޑީޕީގެ ފަރާތުން ހުށަހެޅި މައްސަލައާ ގުޅިގެން ހިނގަމުންދާ ކަންކަމުގެ ސަބަބުން، މަޖިލީހުގެ ގަވާއިދުގެ ދެ މާއްދާއަކަށް ރިއާޔަތް ކުރާއިރު މަޖިލީހުގެ މަސައްކަތްތައް މިހާރު އޮތީ ހުއްޓިފައި ކަމަށާއި، އެއީ ގާނޫނު އަސާސީގައި އެކަންކަން މާނަ ކުރާ ގޮތެއް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ހުއްޓުވޭނެ އަދި އުވާލެވޭނެ ތަނެއް ވެސް ނޫން ކަމަށެވެ. އެގޮތުން މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ދެވޭނެ ފަދައަކުން ގަވާއިދުތަކާއި ގާނޫނުތައް ބައްޓަން ކުރެވިފައި އޮއްވާ، މަޖިލީހުގެ މަސައްކަތްތައް ހުއްޓުވޭނެ ފަދަ ގޮތަކަށް އަމަލު ނުކުރެއްވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމުން، ނަޝީދު ވަކިކުރުމަށް އާދީއްތަ ދުވަހުގެ ޖަލްސާއަށް ވެސް އެޖެންޑާ ކުރިއެވެ. ނަމަވެސް މަޖިލީހުގެ ރައީސްކަމުގެ މަގާމުން ނަޝީދު ވަކިކުރުމުގެ މައްސަލަ އެޖެންޑާކޮށްފައިވަނިކޮށް ނާއިބު ރައީސް އީވާ އަބްދުﷲ ވަނީ ސަލާމް ފޮނުއްވާފައެވެ. މަޖިލީހަށް ފޮނުއްވި ސިޓީގައި އީވާ ވިދާޅުވެފައިވަނީ ޑެންގީ ހުމަށް ޕޮޒިޓިވްވެވަޑައިގެންފައިވާ ކަމަށެވެ.

އެހެންކަމުން މަޖިލީހުގެ ރައީސްކަމުގެ މަގާމުން ވަކިކުރުމުގެ މައްސަލަ ހޯމަ ދުވަހަށް ވެސް ވަނީ އެޖެންޑާ ކޮށްފަ އެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)ކުރީގެ ރައީސް، މުހައްމަދު ނަޝީދުރައްޔިތުންގެ މަޖްލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު، އީވާ އަބްދުﷲ

ކޮމެންޓް

އިތުރަށް ކިޔާލަން

ނަޝީދު ސަރުކާރަށް: އެއްވެ އުޅުމާއި ޚިޔާލުފާޅު ކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތް ހުއްޓާލާ!

ނަޝީދު ސަރުކާރަށް: އެއްވެ އުޅުމާއި ޚިޔާލުފާޅު ކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތް ހުއްޓާލާ!

14 ޑިސެމްބަރު 2025
އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

18 އޮކްޓޯބަރު 2025
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

16 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

15 އޮކްޓޯބަރު 2025
ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

15 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

10 ޖޫން
ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"
20233 އަހަރު ކުރިން
ކުޅިވަރު

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟
20215 އަހަރު ކުރިން
ރާއްޖެ

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު