Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއައު ސަރުކާރަށް އެއްބާރުލުން ދިނުން

އައު ސަރުކާރަށް މަޖިލީހުގެ ފަރާތުން ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން ދޭނަން: މެންބަރު އަސްލަމް

އައު ސަރުކާރު ޖަވާބުދާރީ ކުރުވާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 9 އޮކްޓޯބަރު 2023 | ހޯމަ 09:00
އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕްގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް

އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕްގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް

އައު ސަރުކާރަށް ދަތި ކުރުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރާނެ ކަމަށާއި، ރައްޔިތުން މަޖިލީހުގެ ފަރާތުން ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕްގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ރައްޔިތުން މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެންބަރު އަސްލަމް ވިދާޅުވީ އިންތިޚާބީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރަށް އުދަނގޫކުރުމުގެ އެއްވެސް ރޫހެއް ނެތް ކަމަށާއި، ދަތިކުރުމުގެ ގޮތުން އެއްވެސް ކަމެއް މަޖިލީހުގެ ތެރެއިން ނުކުރާނެ ކަމަށެވެ. މެންބަރު އަސްލަމް ވިދާޅުވީ އައު ސަރުކާރު ޖަވާބުދާރީ ކުރުވުމާއި، އޮޕަޒިޝަން ވަރުގަދަ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީން މަސައްކަތް ކުރާނެ ކަމަށެވެ.

Advertisement - newsAdvertisement

ސަރުކާރު ހިންގަން ބޭނުންވާ ކަންކަމުގައި މަޖިލީހުގެ މެމްބަރުންގެ ހައިސިއްޔަތުން އަދި ޕާޓީގެ ހައިސިއްޔަތުން ދޭން ޖެހޭ ފުރިހަމަ އެއްބާރުލުންދޭނެކަން ފާހަގަކުރައްވައި މެންބަރު އަސްލަމް ވިދާޅުވީ ބަޖެޓު ފާސް ކުރުމާއި، ރައީސުލްޖުމްހޫރިއްޔާގެ ހުވާ ކުރެއްވުމާއި، މަޖިލީހުން ކުރަން ޖެހޭ އެފަދަ ކަންކަން ކުރުމުގައި އެއްބާރުލުން ލިބޭނެ ކަމަށެވެ.

ގާނޫނުއަސާސީގެ 96ވަނަ މާއްދާގެ (ހ)ގައިވާ ގޮތުން، އެންމެ ލަސްވެގެން ކޮންމެ އަހަރެއްގެ 1 ނޮވެމްބަރުގެ ކުރިން، އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓު މަޖިލީހަށް ހުށަހަޅަން ވާނެ އެވެ. ބަޖެޓު ދިރާސާކޮށް ބަހުސްކުރުމަށް ފަހު، ބަޖެޓު ފާސް ކުރެވޭނީ މަޖިލީހުގެ އަގުލަބިއްޔަތުންނެވެ. ނަމަވެސް އިންތިޚާބީ ރައީސް ޑރ.މުއިއްޒު ރައީސް ކަމުގެ ހުވާކުރައްވާނީ 17 ނޮވެންބަރު 2023 ގައެވެ. އެހެންކަމުން ބަޖެޓު ހުށަހެޅުމުގެ ފުރުސަތު އާ ސަރުކާރަށް ދިނުމަށް، މަޖިލީހަށް ބަޖެޓު ހުށަހެޅުން ލަސްވެދާނެ ކަމަށް ބެލެވޭ ކަމަށް ބައެއް މެންބަރުން ވިދާޅުވެއެވެ.

މެމްބަރު މުހައްމަދު އަސްލަމްރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު