Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މުދައްރިސުންގެ ދުވަސް

ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުން މުދައްރިސުކަން ޚިޔާރުނުކުރުމަކީ ގޮންޖެހުމެއް - އެޑިއުކޭޝަން މިނިސްޓަރު

މުދައްރިސުން ލިބުމުގައި ހުރި ދަތިކަން ހައްލުކުރަން ޔުނެސްކޯ އިން ވަނީ ބައެއްކަންކަން ހުށަހަޅާފައިވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 5 އޮކްޓޯބަރު 2023 | ބުރާސްފަތި 08:22
އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ

އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ

ރަނގަޅު މުދައްރިސުން ލިބުމުގެ ދަތިކަމަކީ ހުރިހާ ޤައުމަކަށް ދިމާވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށާއި ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުން މުދައްރިސުންނަށް ވާން ބޭނުން ނުވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.

އެކަމަނާ އެފަދައިން ވިދާޅުވީ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތޯބުގައެވެ.

Advertisement - newsAdvertisement

ޔުނެސްކޯ އިން މި އަހަރުގެ މުދައްރިސުންގެ ދުވަހުގެ ޝިއާރުގެ ގޮތުގައި ކަނޑައަޅާފައި ވަނީ "ދަ ޓީޗަރސް ވީ ނީޑް ފޯދަ އެޑިއުކޭޝަން ވީ ވޯންޓް - ދަ ގްލޯބަލް އިންޕެރެޓިވް ޓު ރިވަރސް ދަ ޓީޗަރ ޝޯޓޭޖް" އެވެ. މާނައަކީ "އެދޭ ތައުލީމް ދިނުމަށް ބޭނުންވާ މުދައްރިސުން ލިބުމުގެ ދަތިކަން ހައްލުކުރުން - އާލަމީ ޒަރޫރަތެއް" މިއެވެ.

އެ ޝިއާރާ މެދު ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެ ޝިއާރުގެ މާނައަކީ ދަރިންނަށް ދޭން ބޭނުންވާ ތައުލީމާއި ތަރުބިއްޔަތު ދަރިވަރުންގެ ކިބައިގައި އަށަގެންނެވުމަށް ކޮންމެހެން މުދައްރިސުން ބޭނުންވުން ކަމަށެވެ. ގައުމުތަކަށް ދިމާވެފައިވާ މުދައްރިސުންގެ ދަތިކަން ބަދަލުކޮށްލުމަކީ ހުރިހާ ޤައުމަކުން ހަރަކާތްތެރިވާން ޖެހޭ މަޖުބޫރީ ހާލަތެއްގައި އޮތް ކަމެއް ކަމަށް ވެސް އެކަމަނާ ވަނީ ވިދާޅުވެފައެވެ. އެ ޝިއާރުން ތަރައްޤީވެފައިވާ ގައުމުތަކަށާއި، ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ވެސް އެ މައްސަލަ ކުރިމަތިވެފައިވާކަން އަންގާދޭ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

އެ ހިތާބުގައި އިތުރަށް މިނިސްޓަރު ވިދާޅުވީ ޔުނެސްކޯ އިން ފާހަގަކުރާ ގޮތުގައި މި މައްސަލަ އަކީ ރާއްޖެ ހިމެނޭހެން ގިނަ ޤައުމުތަކަށް ދިމާވެފައިވާ މައްސަލަ އެއް ކަަމަށެވެ. ޔުނެސްކޯ އާއި ހަވާލާދެއްވާ މިނިސްޓަރު ވިދާޅުވީ ޤައުމުތަކަށް ދިމާވެފައިވަނީ މައިގަނޑު ދެ މައްސަލަ އެއް ކަމަށެވެ. އޭގެ ތެރޭގައި ފެންވަރު ރަނގަޅު ދަރިވަރުން މުދައްރިސުކަން ޚިޔާރު ނުކުރުން ހިމެނޭ ކަމަށެވެ. މުދައްރިސުން މަސައްކަތް ކުރަން ޖެހޭ މާހައުލުގެ ސަބަބުން އެ ދާއިރާ އަށް އޮތް ޒަމާންވީ ޝައުގުވެރިކަން ނެތެމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެކަމަނާ ވިދާޅުވީ ޔުނެސްކޯ އިން ފިރިހެނުން މުދައްރިސުންގެ ގޮތުގައި މަސައްކަތް ކުރާ ނިސްބަތް މަދުކަމަށް ފާހަގަކުރާ ކަމަށެވެ. ރާއްޖޭގެ ތަފާސްހިސަބުތަކަށް ބަލާއިރު 75 އިންސައްތަ މުވައްޒަފުންނަކީ އަންހެން މުދައްރިސުން ކަމަށާއި ކޮންމެ ހަތަރު މުދައްރިސުންގެ ތެރެއިން ތިން މީހުންނަކީ އަންހެނުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ރާއްޖޭގައި މަސައްކަތް ކުރާ މުދައްރިސުންގެ 22 އިންސައްތަ ހިއްސާކުރަނީ ބިދޭސީން ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ. އެ ހިސާބުތަކަށް ބަލާލުމުން ތައުލީމީ ދާއިރާ ކުރިއަރުވަން އޮތް ފުޅާ ފުރުސަތުތައް ފެންނަ ކަމަށް އެ ކަމަނާ ވިދާޅުވިއެވެ.

މުދައްރިސުން ލިބުމުގައި ހުރި ދަތިކަން ހައްލުކުރަން ޔުނެސްކޯ އިން ވަނީ ބައެއްކަންކަން ހުށަހަޅާފައެވެ. އޭގެ ތެރޭގައި

1. ފަށައިގަންނަ މުދައްރިސުންނަށް ދޭ ތައުލީމާށް ދޭ ސަމާލުކަން އިތުރުކުރުން

2. ކޯސްތަކުގެ ފީގެ އިތުރަށް ކިޔަވާ މުއްދަތުގައި މުދައްރިސުންނަށް އެލަވަންސެއް ދިނުން

3. މުދައްރިސުންގެ އުޖޫރަ އާއި އިނާޔަތްތައް މުދައްރިސަކަށް ވާން ކިޔަވާ މުއްދަތާއި ގަޑިއާއި އަޅާ ބަލާއިރު އެހެން ދާއިރާތަކާއި އެއްފަދަ އެއްޗަކަށް ހެދުން

4. މުދައްރިސުން ކިޔަވާދިނުމަށް ހުސްވާގޮތަށް އިދާރީ މަސައްކަތްތައް މަދުކުރުން

5. މަސައްކަތު ވަގުތު އެދެވޭ މިންވަރަށް ހިފެހެއްޓުން

6. މަދަރުސާތައް ހިންގާ މީހުން މަސައްކަތަށް ވާގިވެރިކަން ދިނުން

އެކަންކަމަށް އިސްކަން ދީފި ނަމަ ތައުލީމީ ދާއިރާ އަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަށް ހައްލެއް ލިބިގެންދާނެ ކަމަށް އެކަމަނާ ވަނީ ވިދާޅުވެފައެވެ. 21 ވަނަ ގަރުނުގެ އުފެއްދުންތެރި ވިސްނުމާއި ކުރިމަތިލާއިރު އިއްޔެ އުނގަންނައިދިން ގޮތަށް އުނގަންނައިދީގެން ފަރުޖައްސާލެވެން ނެތް ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ. ކުރިއަރާފައިވާ ޤައުމުތަކުގެ ތައުލީމީ ނިޒާމްގައި ފަހިކޮށްދޭ ފަދަ ފަހި ފުރުސަތުތަކަކާއެކު، ތައުލީމީ މަންހަޖުގައި ބުނާ ފަދަ ދިރިއުޅުމަށް ތައްޔާރުވެފައިވާ ކުދިން ތަމްރީންކުރަން ޖެހޭ ކަމަށް އެކަމަނާ ވިދާޅުވިއެވެ. އެކަން ކުރުމަށް ފަންނީ ހުނަރުތަކާއި ޒަމާނީ ޓެކްނޮލޮޖީ އަށް ދަރިވަރުންގެ ލޯތައް ހުޅުވާލުން މުހިންމުކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ދަރިވަރުންގެ ކުރިއެރުމަކީ އެންމެ ބޮޑު ސަމާލުކަމެއް ދެމުންދާ މަސައްކަތް ކަމަށް އެކަމަނާ ވިދާޅުވިއެވެ. ސްޓެމް ޕްރޮގްރަމާއި ލޭމްޕް ޕްރޮގްރާމްގެ ބޭނުމަކީ ވެސް އެއީ ކަމަށް އެކަމަނާ ވިދާޅުވިއެވެ. ބޭނުންވަނީ ހަގީގީ މާނައި ލިޔަންކިޔަން ދަންނަ ދިރިއުޅުމަށް ތައްޔާރުވެފައިވާ ދަރިވަރުންތަކެއް ބިނާކުރުން ކަމަށް އެކަމަނާ ވިދާޅުވިއެވެ.

މުދައްރިސުންގެ މުސާރައަށް މި ސަރުކާރުން ވަނީ ބޮޑު ކުރިއެރުމެއް ގެނެސްދެއްވާފައެވެ. ނިސްބަތުން ހުރިހާ މުދައްރިސުންގެ މުސާރަ 60 އިންސައްތަ އަށް ވުރެ މަތިކޮށްދީފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަން އެޑިޔުކޭޝަން މިނިސްޓަރު، ޑރ. އާއިޝަތު އަލީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް

ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް

29 ސެޕްޓެމްބަރު 2025
ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ

ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ

10 ޖުލައި 2025
ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި

ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި

30 ޖޫން 2025
އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން

އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން

30 ޖޫން 2025
ސްކޫލަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

ސްކޫލަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

06 މެއި 2025

އަހަރުތަކުން މިއަދު

21 ފެބުރުއަރީ
ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު
20242 އަހަރު ކުރިން
ރާއްޖެ

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ
20233 އަހަރު ކުރިން
ދުނިޔެ

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު
20224 އަހަރު ކުރިން
ރާއްޖެ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!
20215 އަހަރު ކުރިން
ރިޕޯޓު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !
20197 އަހަރު ކުރިން
ރިޕޯޓު

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!
20188 އަހަރު ކުރިން
ރާއްޖެ

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު