Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުޅުދުއްފުށީ މަގުތަކުގައި ތާރުއެޅުން

ކުޅުދުއްފުށީ މަގުތަކުގައި ތާރުއެޅުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށައިފި

27 ސެޕްޓެމްބަރު 2023 | ބުދަ 10:13

މަގުތަކުގައި ތާރު އަޅަން ފަށާފައިވަނީ ޑީވޯޓަރިންގ ސިސްޓަމާއި، ފަޔަރ ހައިޑްރަންޓް ސިސްޓަމް ގާއިމުކުރުމަށްފަހު

އުއްމު ކުލްސޫމް އިބްރާހިމް
އުއްމު ކުލްސޫމް އިބްރާހިމް | 27 ސެޕްޓެމްބަރު 2023 | ބުދަ 10:13
ކުޅުދުއްފުށީ މަގުތަކުގައި ތާރު އެޅުމުގެ ދެވަނަ ފިޔަވަހި ފެށުން

ކުޅުދުއްފުށީ މަގުތަކުގައި ތާރު އެޅުމުގެ ދެވަނަ ފިޔަވަހި ފެށުން

ކުޅުދުއްފުށި ސިޓީގެ މަގުތައް ރަނގަޅު ފެންވަރަކަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، މަގުތަކުގައި ތާރު އެޅުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މިއަދު ފަށައިފިއެވެ.

މިއަދު މަގުތަކުގައި ތާރު އަޅަން ފަށާފައިވަނީ ޑީވޯޓަރިންގ ސިސްޓަމާއި، ފަޔަރ ހައިޑްރަންޓް ސިސްޓަމް ގާއިމުކުރުމަށްފަހުއެވެ. މިއީ މާލޭ ސަރަހައްދު ފިޔަވައި އެހެން ރަށެއްގައި ޑީވޯޓަރިންގ ސިސްޓަމް ގާއިމުކުރި ފުރަތަމަ ރަށެވެ.

Advertisement - newsAdvertisement

ދެވަނަ ފިޔަވަހީގެ ދަށުން މިއަދު ތާރު އަޅަން ފެށީ ދޮންއުމަރުކަލޭފާނުގެ މަގުގެ އިރުމަތީކޮޅުގައެވެ. ތާރު އެޅުމުގެ މަސައްކަތް ކުރަނީ ޗައިނާގެ ކުންފުންޏަކުންނެވެ. އާރުޑީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަސައްކަތުގައި، މަގުތަކުގައި ވަޅުލަންޖެހޭ ގިނަ ހޮޅިތަކެއް ވަނީ ވަޅުލާފައެވެ. އޭގެތެރޭގައި ކުރިން މަގުތައް ހެދިއިރު ގާއިމުނުކުރާ ފަޔަރ ހައިޑްރަންޓް ސިސްޓަމާއި ޑީވޯޓަރިންގ ސިސްޓަމް ހިމެނެއެވެ. އަދި ކުރިން ހެދި މަގުތަކުގައި ފެން ނުހިނދޭ މައްސަލަވެސް ބޮޑުވާތީ އެކަން ހައްލުކުރުމަށްޓަކައި، އަލަށް ހަދާ މަގުތަކުގައި ސްޓޯމްވޯޓާ ސިސްޓަމްވެސް ވަނީ ގާއިމުކޮށްފައެވެ.

ކުރީގައި މަގުތައް ހެދިއިރު، އޭބީސީ ލޭޔަރ ހަދާފައިވަނީ ދޮންވެއްޔާއި ސިމެންތި ބޭނުންކޮށްގެން ވަރަށް ތުނިކޮށްނަމަވެސް، މިފަހަރު މަގުތަކުގައި އޭބީސީ ލޭޔަރ ހަދަނީ ތަފާތު ތިން ސައިޒެއްގެ ހިލަވެލި ބޭނުންކޮށްގެންނެވެ. އަދި އޭބީސީ ލޭޔަރގެ ބޯމިނުގައި 100 އެމްއެމް ހުރެއެވެ. ތާރު ފަށަލައިގެ ބޯމިނަކީ 40 އެމްއެމްއެވެ. ޖުމްލަ ފަށަލައިގެ ބޯމިނުގައި 140 އެމްއެމް ހުރެއެވެ.

ދެވަނަ ފިޔަވަހީގެ މަސައްކަތް ފެށިގެން ދިޔައީ ކައުންސިލުން އެދުނު ކަންތައްތައް، މަޝްރޫއުގައި ހިމެނުމަށްފަހުއެވެ. އެހެންކަމުން ކުރިން 106 މިލިއަން ރުފިޔާގެ މަޝްރޫއެއްގެ ގޮތުގައި އޮތް މަގުހެދުމުގެ ދެވަނަ ފިޔަވަހި މިހާރުވަނީ 199 މިލިއަން ރުފިޔާގެ މަޝްރޫއަކަށް ބަދަލުވެފައެވެ. ދެވަނަ ފިޔަވަހީގެ ދަށުން 33 މަގެއް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

އިތުރަށް ކިޔާލަން

13 މެއި 2017

އިންތިޚާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކޮށް ކުޅުދުއްފުށީގައި ވެހިކަލް ބުރެއް ބާއްވައިފި

13 މެއި 2017
އިންތިޚާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކޮށް ކުޅުދުއްފުށީގައި ވެހިކަލް ބުރެއް ބާއްވައިފި
28 އެޕްރީލު 2017

ހދ އަތޮޅުގެ ކެމްޕޭން ހަރަކާތް މެކުހަށް، ކުޅުދުއްފުށީގައި މިރޭ ބޮޑު ޖަލްސާއެއް ބާއްވަނީ

28 އެޕްރީލު 2017
ހދ އަތޮޅުގެ ކެމްޕޭން ހަރަކާތް މެކުހަށް، ކުޅުދުއްފުށީގައި މިރޭ ބޮޑު ޖަލްސާއެއް ބާއްވަނީ
18 އެޕްރީލު 2017

ރައުދާގެ ދެވަނަ އޮޓޯޕްސީ ހެދުމަށް ކޯޓުން ހުއްދަ ދީފި

18 އެޕްރީލު 2017
ރައުދާގެ ދެވަނަ އޮޓޯޕްސީ ހެދުމަށް ކޯޓުން ހުއްދަ ދީފި
08 މާރިޗު 2017

ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން މާދަމާ!

08 މާރިޗު 2017
ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން މާދަމާ!
05 މާރިޗު 2017

ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން ބުރާސްފަތި ދުވަހު!

05 މާރިޗު 2017
ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން ބުރާސްފަތި ދުވަހު!
03 މާރިޗު 2017

ކުޅުދުއްފުށީ ހޮސްޕިޓަލުގައި ތެލެސީމިޔާއަށް ޓެސްޓްކޮށްދޭން ފަށައިފި

03 މާރިޗު 2017
ކުޅުދުއްފުށީ ހޮސްޕިޓަލުގައި ތެލެސީމިޔާއަށް ޓެސްޓްކޮށްދޭން ފަށައިފި
20 ފެބުރުއަރީ 2017

ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި

20 ފެބުރުއަރީ 2017
ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި
13 ފެބުރުއަރީ 2017

ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ދަނީ އިތުރުވަމުން: ކުޅުދުއްފުށީ ހޮސްޕިޓަލް

13 ފެބުރުއަރީ 2017
ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ދަނީ އިތުރުވަމުން: ކުޅުދުއްފުށީ ހޮސްޕިޓަލް
01 ފެބުރުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ދެވަނަ ފަހަރަށް ފަސްކޮށްފި

01 ފެބުރުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ދެވަނަ ފަހަރަށް ފަސްކޮށްފި
30 ޖެނުއަރީ 2017

ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!

30 ޖެނުއަރީ 2017
ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް