ސެޝަންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރ މަހުން ފެށިގެން ޑިސެންބަރ މަހަށް


މާލެ ކޮންސްޓްރަކްޝަން ސައިޓެއްގައި ބިދޭސީން މަސައްކަތްކުރަނީ
ޢިމާރާތްކުރުމުގެ ޤާނޫނު: (4/2017) ގެ ދަށުން އެކުލަވާލެވިފައިވާ ގަވާއިދުތަކަށް އާއްމުންނާއި ޢިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތެއް އަހުލުވެރިކުރުމުގެ ގޮތުން އޮންލައިން ޕްރޮގްރާމްތަކެއް ހިންގުމަށް ޕްލޭނިންގ މިނިސްޓްރީން ނިންމައިފިއެވެ.
މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި މި ސެޝަންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު މަހުން ފެށިގެން ޑިސެންބަރު މަހަށެވެ.
މި ސެޝަންތަށް ކުރިއަށް ގެންދިއުމުގެ މަޤްސަދަކީ ޢިމާރާތްކުރުމުގެ އިމާރާތްކުރުމުގެ ޤާނޫނާއި، މިޤާނޫނުގެ ދަށުން އެކުލަވާލެވިފައިވާ ގަވާއިދުތަކަށް އާއްމުންނާއި ޢިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތެއް އަހުލުވެރި ކުރުވުމަށްކަމަށް މިނިސްޓްރީން ބުނެއެވެ.
މި ސެޝަންތަކުގައި އިމާރާތްކުރުމުގެ ޤާނޫނާއި، މިޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކާއި ރަޖިސްޓަރީވެފައިވާ ހުއްދަދޫކުރާ އިދާރާތްތަކުން އިމާރާތްކުރުމުގެ މަސައްކަތާއި ގުޅުންހުރި ހުއްދަތައް ދިނުމާއި، ކުރެހުން ފާސްކުރުމާއި އަދި ގަވާއިދާ ހިލާފުވާ ފަރާތްތަކާއި މެދު އަމަލުކުރަންވީ ގޮތްފަދަ ކަންކަމަށް އަމާޒުކުރެވޭނެކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.
އެހެންކަމުން، ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޑ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
މި ޕްރޮގްރާމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތައް 1 އޮކްޓޯބަރު 2023 ގެ ކުރިން ރެޖިސްޓަރ ވުމަށް މިނިސްޓްރީން އެދިފައިވެއެވެ.
އިތުރު މަޢުލޫމާތެއް ބޭނުންވާނަމަ 7970415 ނަންބަރު ފޯނާ ގުޅުމަށް ވަނީ އެދިފައެވެ.