Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިޔާސީ އިންތިޚާބު 2023

ކޯލިޝަންގެ މަޝްވަރާތަކުން ފެހި ސިގްނަލެއް ވަނީ ލިބިފައި: ރައީސް ޞާލިޙު

ކުރިއަށް އޮތީ ރަސްމީކޮށް އިއުލާން ކުރުން ފައިނަލް ކުރުމަށް ކުރަން ޖެހޭ ކަންކަން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 ސެޕްޓެމްބަރު 2023 | ހޯމަ 03:37
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލެއްވުމަށްފަހު ރައީސް ޞާލިޙު ކާރަށް އަރާވަޑައިގަންނަވަނީ

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލެއްވުމަށްފަހު ރައީސް ޞާލިޙު ކާރަށް އަރާވަޑައިގަންނަވަނީ

ރިޔާސީ އިންތިޚާބުގެ ދެ ވަނަ ބުރަށް ކުރިމަތިލާއިރު، ފުރަތަމަ ބުރުން ނާކާމިޔާބުވި ފަރާތްތަކާއެކު ކޯލިޝަނެއް ހެދުމުގެ މަޝްވަރާތައް ފައްޓަވާފައިވާ ކަމަށާއި، މަޝްވަރާތަކުން ފެހި ސިގްނަލެއް ލިބިވަޑައިގެންފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެ އެވެ.

ރައީސް ޞާލިޙު މިހެން ވިދާޅުވީ، ހޯމަ ދުވަހުގެ ހެނދުނު ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމަށް ދެއްވި ޚާއްސަ ފޯން އިންޓަވިޔުއެއްގަ އެވެ. އެ އިންޓަވިޔުގައި ރައީސް ޞާލިޙު ވިދާޅުވީ، ކޯލިޝަނެއް ޤާއިމު ކުރުމުގެ ވާހަކަތައް ބައެއް ޕާޓީތަކާއެކު އާދިއްތަ ދުވަހު ދައްކަވާފައިވާ ކަމަށެވެ. އޭގެ ތެރޭގައި އެމްޑީޕީ އާއެކު ކުރިއަށް ދާނެ ކަމުގެ ފެހި ސިގްނަލް ދެއްވާފައިވާ ބައެއް ބޭފުޅުން އެބަ ތިއްބެވި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އިތުރަށް ރައީސް ވިދާޅުވީ، ރަސްމީކޮށް އެކަން އިއުލާން ކުރެވޭ ހިސާބަށް އަދި ނުދާ ކަމަށާއި، ނަމަވެސް ދެން އޮތް މަސައްކަތަކަށް ވާނީ އެކަން ރަސްމީކޮށް އިއުލާން ކުރުން ކަމަށެވެ. ރައީސް ޞާލިޙު ވިދާޅުވީ އެމަނިކުފާނަށް ޤަބޫލު ކުރެއްވޭ ގޮތުގައި އޭގެ ތެރެއިން ދެ ބައެއް ނުވަތަ ތިން ބައެއް އެމްޑީޕީ އާއެކު ކުރިއަށް ދާނެ ކަމަށެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ދެ ވަނަ ބުރުގައި ވާދަކުރައްވަނީ ރައީސް ޞާލިޙުގެ އިތުރުން އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުޙައްމަދު މުއިއްޒު އެވެ. ފުރަތަމަ ބުރުގައި ރައީސް ޞާލިޙަށް ވަނީ 85،935 ވޯޓު ލިބިވަޑައިގެންފަ އެވެ. އިދިކޮޅު ކެންޑިޑޭޓު ޑރ.މުއިއްޒު އަށް ވަނީ 101،180 ވޯޓު ލިބިވަޑައިގެންފަ އެވެ. ދެ ވަނަ ބުރުގެ ވޯޓުލުން ކުރިއަށް ދާނީ ސެޕްޓެމްބަރު މަހުގެ 30 ވާ ހޮނިހިރު ދުވަހު އެވެ.

ޖުމްލަ 8 ކެންޑިޑޭޓަކު މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާފައިވާއިރު، އޭގެ ތެރެއިން ހަ ބޭފުޅަކަށް ވަނީ ފުރަތަމަ ބުރުން ނާކާމިޔާބުވެވަޑައިގެންފަ އެވެ. އެއީ ތިން ވަނަ އަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވި ދަ ޑިމޮކްރަޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބް، ހަތަރު ވަނަ އަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވި އަމިއްލަ ކެންޑިޑޭޓް އުމަރު ނަސީރު، އަދި ފަސް ވަނަ އަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ޤާސިމް އިބްރާހީމާއި ހަ ވަނަ އަށް ވޯޓު ވަޑައިގެންނެވި އެމްއެންޕީގެ ކެންޑިޑޭޓް ކާނަލް ރިޓަޔާޑް މުޙައްމަދު ޏާޒިމް، ހަތް ވަނަ ވޯޓު ލިބިވަޑައިގެންނެވި އަމިއްލަ ކެންޑިޑޭޓް އަޙުމަދު ފާރިސް މައުމޫން އަދި އަށް ވަނަ ލިބިވަޑައިގެންނެވި އަމިއްލަ ކެންޑިޑޭޓް ޙަސަން ޒަމީލް އެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީއާއެކު ރައީސް ޞާލިޙު ނުކުންނެވީ ވެސް ކޯލިޝަނެއްގެ ތެރެއިންނެވެ. އެއީ އެމްޑީއޭ އަދި އަދާލަތު ޕާޓީ ހިމެނޭ ކޯލިޝަން އެވެ.

ރިޔާސީ އިންތިޚާބު 2023ރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙުފަށާއިރު ޕްރޮގްރާމު

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި
24 ނޮވެމްބަރު 2025

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!
23 ނޮވެމްބަރު 2025

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން
22 ނޮވެމްބަރު 2025

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ
08 ނޮވެމްބަރު 2025

ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް

08 ނޮވެމްބަރު 2025
ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް
06 ނޮވެމްބަރު 2025

އަތޮޅު ކައުންސިލްތައް އުވާލުމާ ދެކޮޅަށް ނުކުތުމަށް ބ. އަތޮޅު ކައުންސިލުން ރައީސް ސާލިހުގެ އަރިހުގައި ދަންނަވައިފި

06 ނޮވެމްބަރު 2025
އަތޮޅު ކައުންސިލްތައް އުވާލުމާ ދެކޮޅަށް ނުކުތުމަށް ބ. އަތޮޅު ކައުންސިލުން ރައީސް ސާލިހުގެ އަރިހުގައި ދަންނަވައިފި
02 ނޮވެމްބަރު 2025

ވެރިކަމުގައި މުއިއްޒު. ރައްޔިތުންގެ ލޯތްބާއެކު ހަފްލާތަކަށް އެހެން ރައީސުން

02 ނޮވެމްބަރު 2025
ވެރިކަމުގައި މުއިއްޒު. ރައްޔިތުންގެ ލޯތްބާއެކު ހަފްލާތަކަށް އެހެން ރައީސުން
01 ނޮވެމްބަރު 2025

ރައީސް ޞާލިޙުގެ ސަރުކާރުގެ ގެދޮރުވެރިޔާ ފުލެޓު ލިބުނު އާއިލާއެއްގެ ދައުވަތަކަށް އެގެއަށް ހަވީރު ސަޔަށް ވަޑައިގެންފި

01 ނޮވެމްބަރު 2025
ރައީސް ޞާލިޙުގެ ސަރުކާރުގެ ގެދޮރުވެރިޔާ ފުލެޓު ލިބުނު އާއިލާއެއްގެ ދައުވަތަކަށް އެގެއަށް ހަވީރު ސަޔަށް ވަޑައިގެންފި
01 ނޮވެމްބަރު 2025

ބޯހިޔާވަހިކަމުގެ މައްސަލައާ ގުޅިގެން ހުކުރު ދުވަހުގެ ރޭ ބޭއްވި އެއްވުމުގައި ހަ ކަމަކަށް ޑިމާންޑް ކޮށްފި

01 ނޮވެމްބަރު 2025
ބޯހިޔާވަހިކަމުގެ މައްސަލައާ ގުޅިގެން ހުކުރު ދުވަހުގެ ރޭ ބޭއްވި އެއްވުމުގައި ހަ ކަމަކަށް ޑިމާންޑް ކޮށްފި
31 އޮކްޓޯބަރު 2025

ރައީސް އިބޫގެ ތައުރީފް އާމިރު ސަލީމަށް ''މިހާރު އެ ކުރައްވާ މަސައްކަތަކީ ރައްޔިތުން އެންމެ ބޭނުންވާ މަސައްކަތް''

31 އޮކްޓޯބަރު 2025
ރައީސް އިބޫގެ ތައުރީފް އާމިރު ސަލީމަށް ''މިހާރު އެ ކުރައްވާ މަސައްކަތަކީ ރައްޔިތުން އެންމެ ބޭނުންވާ މަސައްކަތް''
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު