Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުލުއި ޚަބަރު

އޯގޭނިކް ދަނޑުވެރިކަމަށް ކުރަން ޖެހޭ ޚަރަދު 50 ޕަސެންޓް ކުޑަކޮށްދިނުމުގެ ފަހަތުގައި މެހީގެ ބާވަތެއް!

6 ސެޕްޓެމްބަރު 2023 | ބުދަ 11:00

ވެށި ހިމާޔަތްކުރުމަށް ދާދި ފަހުން އަތުކުރިއޮޅާލި އެއް ބަޔަކީ މިސްރުގެ އިޖީމެގް ބަޔޯޓެކްނޮލޮޖީ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 6 ސެޕްޓެމްބަރު 2023 | ބުދަ 11:00
ދަނޑުވެރިކަމުގައި ބޭނުންކުރާ މެހީގެ ބާވަތެއް

ދަނޑުވެރިކަމުގައި ބޭނުންކުރާ މެހީގެ ބާވަތެއް

ސިއްހަތާއި ތިމާވެއްޓަކީ ވަކި ނުކުރެވޭނެ ދެ އެއްޗެކެވެ. ދުޅަހެޔޮ ވެއްޓެއް ލިބިގެން މެނުވީ ފުރިހަމަ ސިއްހަތެއް ލިބޭކަށް ނެތެވެ. ގުޅި ލާމެހިފައިވާ މި ދެ ކަންތަކުގެ ވާހަކަދައްކާއިރު، ހަމަ އެއާ ވިދިގެން އެންމެ ގަދައަށް އިވޭ އަޑަކަށް ވެފައި އޮންނަނީ ކެމިކަލްގެ ވިހަ މާއްދާތަކާ ދުރުވުމަށް ގޮވާލާ އަޑެވެ. އާންމު ދިރިއުޅުމުގެ އެކި ކަންކަމުގައި، އެނގިތިބެއާއި ނޭނގުމެއްގެ ތެރޭގައި ނަމަވެސް ކެމިކަލުން ތަޣައްޔަރުވެފައިވާ އެކި އުފެއްދުންތައް، އަހަރެމެން އިންސާނުންނާއި މި ނޫންވެސް ދިރޭ ސޫފާސޫތްޕާއި ޖަނަވާރުތަކަށްވެސް ބޭނުންކުރެވޭ ގޮތް އޮންނަނީ ވެފައެވެ.

ކެމިކަލްގެ ތަޣައްޔަރުކަމުން ހަވާސާވެ، ވެށި ހިމާޔަތްކުރުމަށް ދާދި ފަހުން އަތުކުރި އޮޅާލި އެއް ބަޔަކީ މިސްރުގެ 'އިޖީމެގް ބަޔޯޓެކްނޮލޮޖީ'އެވެ. އިޖީމެގް ބަޔޯޓެކްނޮލޮޖީން ތައްޔާރުކުރީ ބަޔޯފަރޓިލައިޒަރއެއްގެ އިތުރުން މަސްމަހާމެއްސާއި ނައަމްސޫތްޕަށް ކާންދޭ ޕްރޮޓީނެކެވެ. އިޖީމެގް ބަޔޯޓެކްނޮލޮޖީގެ މި އީޖާދަކީ މެހީގެ ބާވަތެއް ކަމަށްވާ ބްލެކް ސޯލްޖާ ފްލައި ބޭނުން ކޮށްގެން ވުޖޫދުކުރި އީޖާދެކެވެ.

އިޖީމެގް ބަޔޯޓެކްނޮލޮޖީން މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ 2018 ވަނަ އަހަރުގެ ތެރޭގައެވެ. އެގޮތުން ބްލެކް ސޯލްޖަރ ފްލައި ނުވަތަ މެހީގެ ބިސް ދިރުވައި ޢާލާކުރަން ފެށިއެވެ. ބިސްތައް ބޮޑެތިކުރަމުން ދިޔައީ ވީހާވެސް ގިނަ އަދަދަކަށް އޯގޭނިކް ކުނި ކެވޭނެ ފަދަ ސޫފިތަކެއް އުފެދޭނެފަދަ ގޮތަކަށެވެ. އެއާއެކު ޖައްވު ހޫނުކުރާ ވިހަ ގޭހެއް ކަމަށް ވާ ކާބަން ބޭރުވާމިންވަރު މަދު ކުރެވޭކަން، ކުންފުނީގެ ބާނީ އަހުމަދު މުހައްމަދު އާބިދު ވަނީ ފާހަގަކޮށްފައެވެ.

މަސްމަހާމެއްސާއި ނައަމްސޫފީގެ ކެއުން ތައްޔާރުކުރުމަށް ބޭނުންވާ ޕްރޮޓީންގެ މަސްދަރަކަށްވެސް ހެދީ މި ދެންނެވި ބްލެކް ސޯލްޖަރ ފްލައިތަކެވެ. މެހީގެ ނަޖިސް ބޭނުން ކުރަނީ ގަސްކާނާ އުފެއްދުމަށެވެ.

ބްލެކް ސޯލްޖަރ ފްލައިން އުފައްދާ ބަޔޯފަރޓިލައިޒަރ ނުވަތަ ގަސްކާނާއަކީ ޚަރަދުގެ ގޮތުން ބަލާއިރުވެސް ދެކޮޅުޖެހޭ އެއްޗެއް ކަމަށް، ދަނޑުވެރިކަމުގެ ސިނާއީ އިންޖިނޭރުކަމަށް ޚާއްސަ ހިޝާމް އައްސައީދު އަލްކަހަލް ފާހަގަކުރިއެވެ. ހިޝާމަކީ އޭނާގެ ސްޓްރޯބެރީ ދަނޑުތަކުގައި މިހާރުވެސް އެ ގަސްކާނާ ބޭނުންކޮށް، ތަޖުރިބާ ކުރަމުންދާ މީހެކެވެ. ހިޝާމް ބުނާގޮތުގައި، އިޖީމެގް ބަޔޯޓެކްނޮލޮޖީގެ ގަސްކާނާ ބޭނުން ކުރަން ފެށުމާއެކު، އޭނާގެ ޖީބުން ކުރަން ޖެހުނު ޚަރަދުތައް 50 ޕަސެންޓް ކުޑަވެގެން ދިޔައެވެ.

އިޖީމެގް ބަޔޯޓެކްނޮލޮޖީ މިއަދު އަމާޒު ހިފާފައި ވަނީ އެ ކުންފުނީގެ މި އީޖާދީ އުފެއްދުންތައް ވީހާވެސް ފުޅާ ދާއިރާއެއްގައި އުފައްދައި، މާކެޓް ކުރުމަށެވެ. ބަޔޯފަރޓިލައިޒަރ ނުވަތަ ގުދުރަތީ މާއްދާތައް ބޭނުން ކޮށްގެން އުފައްދާ ގަސްކާނާއަށް އޮންނަ ޑިމާންޑްވެސް ދަނީ އިތުރުވަމުންކަން ފާހަގަކުރަން ޖެހެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2018

އަދިވެސް ހިތްހަމަ ޖެހޭވަރަކަށް ދީޕިކާ އާއި ރަންވީރު ލައްވާ ފިލްމެއް ނުކުޅެވޭ: ބަންސާލީ

03 ފެބުރުއަރީ 2018
އަދިވެސް ހިތްހަމަ ޖެހޭވަރަކަށް ދީޕިކާ އާއި ރަންވީރު ލައްވާ ފިލްމެއް ނުކުޅެވޭ: ބަންސާލީ
04 އޮކްޓޯބަރު 2017

ސްޓީވަން ޓައިލާ: އަހަންނަށް މިއިން ދުވަހަކު ހާޓްއެޓޭކެއް ނުޖެހޭ

04 އޮކްޓޯބަރު 2017
ސްޓީވަން ޓައިލާ: އަހަންނަށް މިއިން ދުވަހަކު ހާޓްއެޓޭކެއް ނުޖެހޭ
21 ސެޕްޓެމްބަރު 2017

"ހިތްހަމަ ނުޖެހޭ ފަހަރު މަގޭ ބޫޓްތަކުން އަންހެނުން ހަމަލާދޭ": ސަންޖޭ ދަތު

21 ސެޕްޓެމްބަރު 2017
"ހިތްހަމަ ނުޖެހޭ ފަހަރު މަގޭ ބޫޓްތަކުން އަންހެނުން ހަމަލާދޭ": ސަންޖޭ ދަތު
02 ޖުލައި 2017

ފިލްމު ހަދަން ބޭނުންކުރާ އިކިއުޕްމަންޓްތަކަކީ ފެންވަރު ރަނގަޅު ތަކެއްޗަށް ވާންޖެހޭ: ސީޒަން

02 ޖުލައި 2017
ފިލްމު ހަދަން ބޭނުންކުރާ އިކިއުޕްމަންޓްތަކަކީ ފެންވަރު ރަނގަޅު ތަކެއްޗަށް ވާންޖެހޭ: ސީޒަން
23 މެއި 2017

މޮޑެލް އަކަށް ވާން ކޮންމެހެން އިސްކޮޅުން ދިގުވާން ޖެހޭތަ!

23 މެއި 2017
މޮޑެލް އަކަށް ވާން ކޮންމެހެން އިސްކޮޅުން ދިގުވާން ޖެހޭތަ!
01 މެއި 2017

ބިޔޯންސޭ ހިތްހަމަ ޖެހޭ ގެއެއް ނުލިބުނު!

01 މެއި 2017
ބިޔޯންސޭ ހިތްހަމަ ޖެހޭ ގެއެއް ނުލިބުނު!
03 އެޕްރީލު 2017

ފިލްމު"ހައްދު"ގެ 20 ޕަސެންޓް މަސައްކަތް ނިންމާލައިފި

03 އެޕްރީލު 2017
ފިލްމު"ހައްދު"ގެ 20 ޕަސެންޓް މަސައްކަތް ނިންމާލައިފި
21 މާރިޗު 2017

އިންޖީނުލީ އެއްޗެހި ނުދުއްވަން އެއްބަސްވާ ޖަޕާނުގެ މުސްކުޅިންނަށް އެމީހުންގެ ޖަނާޒާއިން 15 ޕަސެންޓް ޑިސްކައުންޓް ދެނީ

21 މާރިޗު 2017
އިންޖީނުލީ އެއްޗެހި ނުދުއްވަން އެއްބަސްވާ ޖަޕާނުގެ މުސްކުޅިންނަށް އެމީހުންގެ ޖަނާޒާއިން 15 ޕަސެންޓް ޑިސްކައުންޓް ދެނީ
12 ފެބުރުއަރީ 2017

ސީޒަން ޑައިރެކްޓްކުރާ ސިންހަޅަ ފިލްމްގެ 85 ޕަސެންޓް މަސައްކަތް ނިމިއްޖެ

12 ފެބުރުއަރީ 2017
ސީޒަން ޑައިރެކްޓްކުރާ ސިންހަޅަ ފިލްމްގެ 85 ޕަސެންޓް މަސައްކަތް ނިމިއްޖެ
07 ޖެނުއަރީ 2017

ޒިންމާ ނަގަން ޖެހޭނީ ޝޯވގެ ޕްރޮޑިއުސަރުން، އެ މީހުން ބޭނުންވީ މަރާޔާ ކެރީ ފެއިލްވާން: ޓީމް

07 ޖެނުއަރީ 2017
ޒިންމާ ނަގަން ޖެހޭނީ ޝޯވގެ ޕްރޮޑިއުސަރުން، އެ މީހުން ބޭނުންވީ މަރާޔާ ކެރީ ފެއިލްވާން: ޓީމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް