Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސައުދީ ޕްރޯ ލީގު

ޑެމްބެލޭގެ މޮޅު ކުޅުމާއެކު، އަލް އިއްތިފާގުން ޑަމަކް ބަލިކޮށްފި

މިއީ މި ސީޒަންގެ ލީގުގައި އަލް އިތިފާގުން ހޯދި ތިން ވަނަ މޮޅު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 ސެޕްޓެމްބަރު 2023 | އާދީއްތަ 02:52
ސައުދީ ޕްރޯ ލީގުގައި އަލް އިއްތިފާގުން ކުޅުނު މެޗުގެ ތެރެއިން

ސައުދީ ޕްރޯ ލީގުގައި އަލް އިއްތިފާގުން ކުޅުނު މެޗުގެ ތެރެއިން

މޫސާ ޑެމްބެލޭގެ މޮޅު ކުޅުމާއެކު، ސައުދީ ޕްރޯ ލީގުގައި ޑަމަކާ ދެކޮޅަށް ކުޅުނު މެޗުން އަލް އިއްތިފާގު މޮޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު އަލް އިއްތިފާގުން ކާމިޔާބު ކުރީ 3-1 އިންނެވެ. މެޗު އަލް އިއްތުފާގުން ކާމިޔާބު ކުރީ ފަހަތުން އަރައި ތިން ލަނޑު ޖަހައިގެންނެވެ. މެޗު ފަށައިގެން ހަތް ވަނަ މިނެޓުގައި ޑަމަކް އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެއީ ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް، ކޫޑޫ ޖެހި ލަނޑުންނެވެ. ނަމަވެސް އޭގެ ފަހުން 13 ވަނަ މިނެޓުގައި ޑެމްބެލޭ ވަނީ ލަނޑު ޖަހައި، އަލް އިއްތިފާގަށް ނަތީޖާ ހަމަހަަމަ ކޮށްދީފަ އެވެ. އޭގެ 10 މިނެޓު ފަހުން ޑެމްބެލޭ ވަނީ އިތުރު ލަނޑެއް ޖަހައި އެ ޓީމަށް ފުރަތަމަ ފަހަރަށް ކުރި ހޯދައިދީފަ އެވެ. މެޗުގައި އަލް އިއްތުފާގުގެ ތިން ވަނަ ލަނޑު ޖެހީ ހަމްދާން އަލް ޝަރްމާނީ އެވެ. އެއީ 68 ވަނަ މިނެޓުގަ އެވެ.

މިއީ މި ސީޒަންގެ ލީގުގައި އަލް އިތިފާގުން ހޯދި ތިން ވަނަ މޮޅެވެ. އެއް މެޗު އެއްވަރުވީއިރު، އެއް މެޗުން ވަނީ ބަލިވެފަ އެވެ. ފަސް މެޗުން ޖުމުލަ 10 ޕޮއިންޓު ހޯދައިގެން އެ ޓީމު އޮތީ ފަސް ވަނައިގަ އެވެ. ލީގުގައި ދެން އެ ޓީމަށް އޮންނާނީ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު އަބްހާއާ ދެކޮޅަށް ކުޅޭ މެޗެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

20 ޖެނުއަރީ 2017
ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ
17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ
17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު