Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭޝިއާ ކަޕް

މެޗުތައް ހުރި ގޮތުން ޕާކިސްތާނަށް އެޑްވާންޓޭޖް އެބައޮތް: ކެޕްޓަން އަޒަމް

އޭނާ ބުނަނީ ދެ މެޗު ދޭތެރޭގައި އަރާމު ކުރަން ލިބޭ ވަގުތު ގިނަ ކަމަށް

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 30 އޯގަސްޓު 2023 | ބުދަ 06:13
ޕާކިސްތާނުގެ ކްރިކެޓް ކެޕްޓަން ބަބަރް އަޒަމް

ޕާކިސްތާނުގެ ކްރިކެޓް ކެޕްޓަން ބަބަރް އަޒަމް

މާދަމާ ފަށާ އޭޝިޔާ ކަޕުގެ ޝެޑިއުލް އޮތް ގޮތުން ޕާކިސްތާނަށް އެޑްވާންޓޭޖް އެބައޮތް ކަމަށް ކެޕްޓަން ބަބަރް އަޒަމް ބުނެފި އެވެ.

ޕާކިސްތާނާއި ލަންކާގައި ބާއްވާ މުބާރާތުގައި ޕާކިސްތާނުގެ ފުރަތަމަ މެޗު އޮތީ މާދަމާ ނޭޕާލާ ދެކޮޅަށެވެ. ތިން ޓީމު ހިމެނޭ ގްރޫޕުގެ ފަހު މެޗުގައި އިންޑީޔާއާ ދެކޮޅަށް ނުކުންނާނީ ސެޕްޓެމްބަރު މަހުގެ ދެ ވަނަ ދުވަހު އެވެ. ގަދަ ހަތަރަކަށް ގޮސްފިނަމަ ޕާކިސްތާނުގެ ފުރަތަމަ މެޗު އޮންނާނީ ސެޕްޓެމްބަރު މަހުގެ ހަޔެއއްގަ އެވެ. އޭގެ ފަހުން ދެ ވަނަ މެޗު އޮންނާނީ ސެޕްޓެމްބަރު 9ގަ އެވެ.

ބަބަރް އަޒަމް ބުނީ ޕްރޮފެޝަނަލް ޓީމެއްގެ ގޮތުން ޕާކިސްތާން އޮތީ ކޮންމެ ޝެޑިއުލަކަށް ވެސް މެޗު ކުޅެން ތައްޔާރަށް ކަމަށެވެ. ނަމަވެސް މިހާރު މެޗުތައް ހުރި ގޮތުން އެޑްވާންޓޭޖަކީ ދެ މެޗު ދޭތެރޭގައި އަރާމުކުރަން ލިބޭ ވަގުތު ގިނަވުން ކަމަށެވެ.

އޭނާ ބުނީ ޕާކިސްތާނުގައި ބާއްވަން އޮތް މުބާރާތް އިންޑީޔާގެ ސަބަބުން ލަންކާއާ ބައިވެރިވެގެން ބޭއްވުމުގެ ބަދަލުގައި ޕާކިސްތާނުގައި އެކަނި ކުޅެން ލިބުނުނަމަ ވަރަށް ފުރިހަމަވީސް ކަމަށެވެ. ނަމަވެސް ދެ ގައުމެއްގައި މުބާރާތް ކުޅުނަސް ޝަކުވާއެއްނެތް ކަމަށެވެ.

އޭނާ ވެސް ބުނީ މުބާރާތުގައި އެންމެ ހާއްސަ މެޗަކީ އިންޑިޔާއާ ދެކޮޅަށް ކުޅޭ މެޗު ކަމަށާއި އެއް ދުވަހުގެ 50 އޯވަރުގެ މެޗުތަކުގައި ޕާކިސްތާނު ދައްކާފައިވާ ކުޅުމަށް ބަލާއިރު މުބާރާތަށް ޓީމު އޮތީ ވަރަށް އިތުބާރާއެކުގައި ކަމަށެވެ. އަދި މުޅި ޓީމު ވެސް މަސައްކަތް ކުރަނީ އެ ގައުމުގެ ގިނަ ކުޅުންތެރިންތަކެއް ކްރިކެޓްގެ ގަދަ 10ގެ ރޭންކިންގައި ހިމެނުމަށް ކަމަށެވެ.

އޭޝިޔާ ކަޕް 2023

އިތުރަށް ކިޔާލަން

31 އޯގަސްޓު 2023

ނޭޕާލާ ދެކޮޅަށް ޕާކިސްތާން ކެޕްޓަން 151 ލަނޑު ހަދައިފި

31 އޯގަސްޓު 2023
ނޭޕާލާ ދެކޮޅަށް ޕާކިސްތާން ކެޕްޓަން 151 ލަނޑު ހަދައިފި
30 އޯގަސްޓު 2023

ކްރިކެޓްގެ ހުނަރުގެ ގޮތުން ނޭޕާލަކީ އިންޑިޔާ އާއި ޕާކިސްތާން ފެންވަރުގެ ޓީމެއް: ކެޕްޓަން

30 އޯގަސްޓު 2023
ކްރިކެޓްގެ ހުނަރުގެ ގޮތުން ނޭޕާލަކީ އިންޑިޔާ އާއި ޕާކިސްތާން ފެންވަރުގެ ޓީމެއް: ކެޕްޓަން
30 އޯގަސްޓު 2023

އިންޑިޔާގެ ކަންބޮޑުވުމަކީ ބޯލަރުންނަށް ހަޔަކަށް ނުޖެހުން

30 އޯގަސްޓު 2023
އިންޑިޔާގެ ކަންބޮޑުވުމަކީ ބޯލަރުންނަށް ހަޔަކަށް ނުޖެހުން
30 އޯގަސްޓު 2023

ތަށި ދިފާއު ކުރަން ނުކުންނަ ލަންކާގެ ޕްލަސް ޕޮއިންޓަކީ ބެޓިން

30 އޯގަސްޓު 2023
ތަށި ދިފާއު ކުރަން ނުކުންނަ ލަންކާގެ ޕްލަސް ޕޮއިންޓަކީ ބެޓިން
29 އޯގަސްޓު 2023

އޭޝިއާ ކަޕް: ސިޔާސީ އަރައިރުމާ ގުޅިފައިވާ މުބާރާތެއް

29 އޯގަސްޓު 2023
އޭޝިއާ ކަޕް: ސިޔާސީ އަރައިރުމާ ގުޅިފައިވާ މުބާރާތެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު