Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުކޮފީ ގަސްތައް

ކޮފީއިންވެސް ޑޮލަރު ރައްކާ ކުރެވިދާނެކަން އެނގޭތަ؟

23 އޯގަސްޓު 2023 | ބުދަ 10:14

މިޞްރުގެ އާދަކާދައަށް ބަލާއިރު، އެ ޤައުމަކީ އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 70000 ޓަނުގެ ކޮފީ ބީންސް ބޭނުން ކުރާ ޤައުމެއް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 23 އޯގަސްޓު 2023 | ބުދަ 10:14
ކޮފީ ހެއްދުމުގެ ތަޖުރިބާތައް ހިއްސާ ކުރަމުން އަހުމަދު ބުނީ، އެ މަސައްކަތަކީ މިއަދު މިޞްރަށް އެންމެ ބޭނުން ޖެހިފައި ވާ ޑޮލަރު ރައްކާ ކުރުމަށް މަގު ފަހި ކުރާނެ ކަމެއް

ކޮފީ ހެއްދުމުގެ ތަޖުރިބާތައް ހިއްސާ ކުރަމުން އަހުމަދު ބުނީ، އެ މަސައްކަތަކީ މިއަދު މިޞްރަށް އެންމެ ބޭނުން ޖެހިފައި ވާ ޑޮލަރު ރައްކާ ކުރުމަށް މަގު ފަހި ކުރާނެ ކަމެއް

މިޞްރުގެ ޤަނާތު ސުވައިސް ނުވަތަ ސުއެޒް ކެނާލްގެ އައްސޭރި ފަށުގެ ސިޓީއެއް ކަމަށް ވާ އިސްމާޢިލިއްޔާއަކީ މިޞްރުގެ އެންމެ ހިތްގައިމު މަންޒިލްތަކުގެ ތެރޭގައި ގުނާލެވޭ ތަނެކެވެ. ބޮޑެތި ބަގީޗާތަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭ ސާފު މަގުތަކެއް އޮންނަ، ތަރުތީބު ސިޓީއެކެވެ. މި ހުރިހާ ކަމެއް މިހެން ހުރި އިރުވެސް، މިޞްރަށް މިއަދު ކުރިމަތިލާން ޖެހިފައިވާ އިޤްތިޞާދީ އަދި މާލީ ތަކުލީފުތަކުގެ ބަނަ ވިލާގަނޑު، އިސްމާޢިލިއްޔާގެ ފަޒާވެސް ދަނީ ކަޅު ކުރަމުން ކަން ފާހަގަ ކުރަން ޖެހެއެވެ. ނަމަވެސް، އެ ކޮޅިގަނޑުގެ ދަށު ނުވާން، އެމީހަކަށް ވީ ގޮތަކަށް މަސައްކަތް ކުރާ މީހުން އިސްމާޢިލިއްޔާގައި އެބަ ތިއްބެވެ. އެފަދަ އެކަކީ އަހުމަދު އަލް-ޙައްޤާވީއެވެ.

މިޞްރަށް އުފަން އިންޖިނޭރެއް ކަމަށް ވާ އަހުމަދަކީ އިސްމާޢިލިއްޔާގައި އޮންނަ އޭނާގެ ދަނޑުގައި ކޮފީ ހެއްދުމުގެ ތަޖުރިބާތައް ކުރަމުން އަންނަ މީހެކެވެ. އެކަމުގައި އޭނާ މަޝްހޫލުވެ އުޅޭތާ މިހާރު 4 ވަރަކަށް އަހަރު ވެދާނެއެވެ.

މިޞްރުގެ އާދަކާދައަށް ބަލާއިރު، އެ ޤައުމަކީ އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 70000 ޓަނުގެ ކޮފީ ބީންސް ބޭނުން ކުރާ ޤައުމެކެވެ. އެ ހުރިހާ ކޮފީ ބީންސްއަކީވެސް ބޭރުގެ އެކިއެކި ޤައުމުތަކުން މިޞްރަށް އިމްޕޯޓް ކުރާ ކޮފީ ބީންސް ކަމަށް ރޮއިޓަރޒްއާ ވާހަކަދެއްކި މިޞްރުގެ އިމްޕޯޓް ވިޔަފާރިވެރިން ވަނީ ފާހަގަ ކޮށްފައެވެ.

ނޭވާ ހިފަހައްޓާލަން ޖެހޭ ފަދަ އިޤްތިޞާދީ ކާރިޘާއެއް ތަޙައްމަލު ކުރަން ޖެހުމުގެ އިތުރުން މިޞްރަށް ވަނީ ނަޤުދު ފައިސާގެ ދަތިކަންވެސް އޭގެ އެންމެ އިންތިހާއަށް ކުރިމަތިވެފައެވެ. ނަތީޖާއެއްގެ ގޮތުން، ތާރީޚު ނުދެކޭ މިންވަރަށް، މި އަހަރު ތެރޭގައި މިޞްރުގެ އިންފްލޭޝަން ރޭޓް ވަނީ އުފުލިގެން ގޮސްފައެވެ. ހަމަ އެއާއިއެކު މިޞްރުގެ ސަރުކާރުން ވަނީ އެ ޤައުމަށް މުދާ އެތެރެ ކުރުމާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒު ކުރަންވެސް ފަށާފައެވެ.

ކޮފީ ހެއްދުމުގެ ތަޖުރިބާތައް ހިއްސާ ކުރަމުން އަހުމަދު ބުނީ، އެ މަސައްކަތަކީ މިއަދު މިޞްރަށް އެންމެ ބޭނުން ޖެހިފައި ވާ ޑޮލަރު ރައްކާ ކުރުމަށް މަގު ފަހި ކުރާނެ ކަމެއް ކަމަށެވެ. ނަމަވެސް އެނގުމެއް ވާ ވަރު ވާނީ، އޭނާއަށް އިތުރު އެހީތެރިކަން ލިބި، އެ އުކުޅުތައް ބޭނުން ކޮށްގެން ހައްދާނެ ބޮޑު ދަނޑުބިމެއްވެސް ލިބުނު ދުވަހަކުން ކަމަށް އަހުމަދު ބުނެއެވެ. 

މި އަހަރު ތެރޭގައި އަހުމަދު ހެއްދި ކޮފީ ގަސްތަކުގެ ތެރެއިން ކޮންމެ ގަހަކުންވެސް ގާތްގަނޑަކަށް 5 ކިލޯއާއި 8 ކިލޯއާ ދެމެދު މިންވަރެއްގެ ކޮފީ ބީންސް ލިބޭ ވަރު ވިއެވެ. އަހުމަދު މިހާރު ދަނީ އެ ކޮފީ ބީންސްތައް، އެހެން ދަނޑުވެރިންނަށް ވިއްކަމުންނެވެ. އެއީ އެހެން ދަނޑުވެރިންވެސް އެ ކޮފީ ބީންސްގެ ތަޖުރިބާ ކޮށްލުމުގެ ފުރުޞަތު ދިނުމުގެ ގޮތުންނެވެ.

ދުނިޔެއަށް މިއަދު ކުރިމަތި ވަމުން ދާ މޫސުމީ ނޭދެވޭ ބަދަލުތަކާއެކު މިޞްރަށްވެސް ދަނީ އާދަޔާ ޚިލާފަށް ހޫނު ގަދަ ވަމުންނެވެ. ނޭދެވޭ ބަދަލެއް ކަމަކު، އެއީވެސް މިޞްރުގައި ކޮފީ ގަސްތައް ހައްދަން ތަނަވަސް ވާ ފުރުޞަތަކަށް ވާނެ ކަމަށް އަހުމަދު ޢުއްމީދު ކުރެއެވެ.

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

ބިޔަ ރާޅުތަކުގެ ތެރެއިން ކުޑަ ކުއްޖަކު ސަލާމަތް ކުރި 16 އަހަރުގެ ޒުވާނަކަށް ވައިޓް ހައުސްގައި އިނާމު ދެއްވަން ޓްރަމްޕް ނިންމަވައިފި

އިތުރަށް ކިޔާލަން

21 ޖޫން 2017

ޕާކިސްތާންގެ ފިރިހެނަކަށް އެއް މިލިއަން ޑޮލަރު ލިބިއްޖެ

21 ޖޫން 2017
ޕާކިސްތާންގެ ފިރިހެނަކަށް އެއް މިލިއަން ޑޮލަރު ލިބިއްޖެ
27 މެއި 2017

"ބޭވޮޗް": ފުރަތަމަ ދުވަހު ލިބުނީ 4.5 މިލިއަން ޑޮލަރު

27 މެއި 2017
"ބޭވޮޗް": ފުރަތަމަ ދުވަހު ލިބުނީ 4.5 މިލިއަން ޑޮލަރު
21 މެއި 2017

ނެދަރލޭންޑްގެ ރަސްގެފާނު ކޭ.އެލް.އެމް.ގެ ޕައިލެޓްކަން ކުރައްވާކަން އެނގޭތަ؟

21 މެއި 2017
ނެދަރލޭންޑްގެ ރަސްގެފާނު ކޭ.އެލް.އެމް.ގެ ޕައިލެޓްކަން ކުރައްވާކަން އެނގޭތަ؟
16 މެއި 2017

ޗައިނާ އިން "ޑަންގަލް" އަށް 65 މިލިއަން ޑޮލަރު

16 މެއި 2017
ޗައިނާ އިން "ޑަންގަލް" އަށް 65 މިލިއަން ޑޮލަރު
04 މެއި 2017

"ފޭޓް އޮފް ދަ ފިއުރިއަސް": އެއް ބިލިއަން ޑޮލަރުގެ މާކަށް ވާސިލް ވެއްޖެ

04 މެއި 2017
"ފޭޓް އޮފް ދަ ފިއުރިއަސް": އެއް ބިލިއަން ޑޮލަރުގެ މާކަށް ވާސިލް ވެއްޖެ
02 މެއި 2017

"ބާހުބަލީ" ގެ އެކްޓަރުގެ އެއްލޮލަށް ނުފެންނަކަން އެނގޭތަ؟

02 މެއި 2017
"ބާހުބަލީ" ގެ އެކްޓަރުގެ އެއްލޮލަށް ނުފެންނަކަން އެނގޭތަ؟
15 އެޕްރީލު 2017

ބިއުޓީ އެންޑް ދަ ބީސްޓަށް ބިލިއަނަކަށް ވުރެ ގިނަ ޑޮލަރު

15 އެޕްރީލު 2017
ބިއުޓީ އެންޑް ދަ ބީސްޓަށް ބިލިއަނަކަށް ވުރެ ގިނަ ޑޮލަރު
28 މާރިޗު 2017

ހަތަރު މިލިއަން ޑޮލަރުގެ "ގޯލްޑް ކޮއިން" އެއް ވަގަށް ނަގައިފި

28 މާރިޗު 2017
ހަތަރު މިލިއަން ޑޮލަރުގެ "ގޯލްޑް ކޮއިން" އެއް ވަގަށް ނަގައިފި
21 މާރިޗު 2017

ހަތަރު ދުވަހުގެ ތެރޭގައި "ބިއުޓީ އެންޑް ދަ ބީސްޓް" އަށް 357.1 މިލިއަން ޑޮލަރު

21 މާރިޗު 2017
ހަތަރު ދުވަހުގެ ތެރޭގައި "ބިއުޓީ އެންޑް ދަ ބީސްޓް" އަށް 357.1 މިލިއަން ޑޮލަރު
16 ޖެނުއަރީ 2017

ޖޮނީ ޑެޕްގެ ކުރީގެ ބިޒްނަސް މެނޭޖަރުންނާ ދެކޮޅަށް 25 މިލިއަން ޑޮލަރުގެ ދަޢުވާއެއް އުފުލަނީ

16 ޖެނުއަރީ 2017
ޖޮނީ ޑެޕްގެ ކުރީގެ ބިޒްނަސް މެނޭޖަރުންނާ ދެކޮޅަށް 25 މިލިއަން ޑޮލަރުގެ ދަޢުވާއެއް އުފުލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް