Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިޔާސީ އިންތިޚާބު 2023

ރައީސް ސާލިހުގެ ރަނިންމޭޓަކަށް އަސްލަމް!

އަސްލަމަކީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 5 އޯގަސްޓު 2023 | ހޮނިހިރު 09:31
ރައީސް ސާލިހުގެ ރަނިންމޭޓު، މުހައްމަދު އަސްލަމް

ރައީސް ސާލިހުގެ ރަނިންމޭޓު، މުހައްމަދު އަސްލަމް

އަންނަ މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ރަނިންމޭޓެއްގެ ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ހަމަޖައްސަވައިފިއެވެ.

މިކަން އިތުބާރުހުރި މަސްދަރަކުން "ރާއްޖެޓީވީ"އަށް ވަނީ ކަށަވަރުކޮށްދީފައެވެ. ރަނިންމޭޓަކަށް އަސްލަމް ހަމަޖެއްސެވުމަށް ކުށުގެ ރެކޯޑު ސާފު ކުރުމަށްވެސް މިހާރު ވަނީ ހުށަހަޅުއްވާފައެވެ.

Advertisement - newsAdvertisement

އަސްލަމަކީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރެވެ. އޭނާއަކީ އެމްޑީޕީއާއެކު ފެށުނީއްސުރެ މަސައްކަތް ކުރައްވަމުންގެންދަވާ ބޭފުޅެކެވެ. އަސްލަމް ވަނީ ރައީސާއެކު މަޖިލީހުގައިވެސް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައެވެ.

ރައީސް ސާލިހު ނޫސްވެެރިންނަށް މައުލޫމާތު ދެއްވަމުން މީގެ ކުރިން ވިދާޅުވީ ރަނިންމޭޓު ކަނޑައަޅާނީ ވަރަށް ބޮޑަށް ވިސްނެވުމަށްފަހު ކަމަށެވެ. އަދި އެ ނިންމެވުމުގައި ޕާޓީގެ އިސް ބޭފުޅުންގެ ޚިޔާލު ހޯއްދަވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބު އަންނަ މަހުގެ 9 ވަނަ ދުވަހު ބާއްވާނެއެވެ. މި އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ކުރިމަތިލާން ހުޅުވާލި މުއްދަތު އަންނަ ހޯމަ ދުވަހަށް ހަމަވާނެއެވެ. މިހާތަނަށް ވާދަކުރާނެކަން އިއުލާންކޮށްފައިވަނީ އެމްޑީޕީއާއި ޖުމްހޫރީ ޕާޓީއާއި އެމްއެންޕީއާއި ޕީޕީއެމާއި ދަ ޑިމޮކްރެޓްސް އަދި އެމްއާރުއެމުންނެވެ. ނަމަވެސް މިހާތަނަށް ފޯމު ހުށަހެޅުއްވީ ޕީޕީއެމްގެ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. އެމަނިކުފާނުގެ ކެންޑިޑެންސީ ގަބޫލު ނުކުރުމަށް އީސީން ނިންމާފައިވާއިރު، އެ މައްސަލަ މިހާރު ވަނީ ސުޕްރީމްކޯޓަށް ހުށަހަޅާފައެވެ.

2023 ރިޔާސީ އިންތިޚާބުރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙުމެމްބަރު މުހައްމަދު އަސްލަމް

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި
24 ނޮވެމްބަރު 2025

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!
23 ނޮވެމްބަރު 2025

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން
22 ނޮވެމްބަރު 2025

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ
08 ނޮވެމްބަރު 2025

ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް

08 ނޮވެމްބަރު 2025
ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު