Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޭ ޕާކު މައްސަލަ

ކޭ ޕާކު މައްސަލަ: ބައެއް ކޮމްޕިއުޓަރ ސިސްޓަމްތަކުގެ ސީޕީޔޫއާއި، މައްސަލައާ ގުޅުންހުރި ބައެއް އެގްރީމަންޓު މަދު

22 ޖުލައި 2023 | ހޮނިހިރު 08:22

މިހާރު ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް އިތުރު 10 ދުވަސް ޖަހާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 22 ޖުލައި 2023 | ހޮނިހިރު 08:22
ކޭ ޕާކު މައްސަލާގައި ދައުވާލިބޭ މަމްދޫހު

ކޭ ޕާކު މައްސަލާގައި ދައުވާލިބޭ މަމްދޫހު

ހުޅުމާލޭގައި ތަރައްގީކުރަމުންދާ ކޭ ޕާކް ރެޒިޑެންސްގެ ފްލެޓްތަކުގެ މައްސަލާގައި ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާ ހަސަން މަމްދޫހު (މަންޑޭ)ގެ ބަންދަށް އިތުރު 10 ދުވަސް ޖަހައިފިއެވެ.

ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ ކޭ ޕާކު ފްލެޓްތަކުގެ މައްސަލާގައި ގިނަ ތުހުމަތުތަކެއް އަމާޒުވެފައިވާ ހަސަން މަމްދޫހު (މަންޑޭ) ހައްޔަރުކުރީ ޖުލައި 5 ވަނަ ދުވަހުއެވެ.

Advertisement - newsAdvertisement

އޭނާ ހައްޔަރުކޮށްފައިވަނީ އޭނާ ފިލަން މަސައްކަތް ކުރާކަމަށް ތުހުމަތު ކުރުމަށްފަހުއެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ އަމުރަކާއެކު ކަމަށް ވާއިރު، އޭނާގެ ބަންދާމެދު ގޮތެއް ކަނޑައަޅަން ހުޅުމާލޭ ކޯޓަށް އޭނާ ގެންދިއުމުން، އެ ކޯޓުން ވަނީ 15 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހާފައެވެ. މަންޑޭ ހައްޔަރުކުރަން ހުޅުމާލޭ ކޯޓުން ނެރުނު އަމުރުގައި ވަނީ އޭނާ ފުރުން މަނާކޮށްފައެވެ.

ބަންދުގެ މުއްދަތު ހަމަވުމުން، މިހާރު ކުރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް އިތުރު 10 ދުވަސް ޖަހާފައެވެ.

ކޯޓު އަމުރުގައި ބުނެފައިވަނީ ކުންފުނީގެ އޮފީސް ބަލައި ފާސްކުރިއިރު ބައެއް ކޮމްޕިއުޓަރ ސިސްޓަމްތަކުގެ ސީޕީޔޫއާއި، މައްސަލައާ ގުޅުންހުރި ބައެއް އެގްރީމަންޓު މަދުކަމަށް ފުލުހުން ބުނެފައިވާކަމަށެވެ.

ކުރިމިނަލް ކޯޓުގެ އަމުރުގައި އިތުރަށް ބުނެފައިވަނީ، މިއީ ގިނަ ބައެއްގެ މަސްލަހަތު ހިމެނޭ މައްސަލައެއް ކަމަށާއި، މަންޑޭ މި މައްސަލައިގެ ހެތްކަށް ނުފޫޒު ފޯރުވައި، ހެކި ނައްތާލުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަވެފައިވާކަމަށް ފުލުހުން ބުނާކަމަށެވެ. އެގޮތުން އެޕާޓްމަންޓު ގަތުމަށް ފައިސާ ދެއްކި ބައެއް ފަރާތްތަކުން ގުޅުމުން، އެ ފަރާތްތަކަށް ގުޅައި މައްސަލަ ފުލުހުންނަށް ހުށަނޭޅުމަށް މަންޑޭ އެދެމުންދާކަމަށްވެސް ކޯޓު އަމުރުގައި ބުނެއެވެ.

އޭގެ އިތުރުން، ބައެއް އެޕާޓްމަންޓުތައް ޑަބަލްކޮށް އެކި މީހުންނަށް ވިއްކުމަށްފަހު، އޭނާގެ އަމިއްލަ ބޭނުމަށް އެ ފައިސާ ބޭނުންކޮށްފައިވާކަން މައްސަލައިގެ ތެރެއިން ފާހަގަވެފައި ވާކަމަށްވެސް މައްސަލައިގެ އައިއޯ ކޯޓުގައި ބުނެފައިވެއެވެ.

ކޭ ޕާކު ފްލެޓްތައް ތަރައްގީކުރަމުންދާ ހަންބޯ މޯލްޑިވްސްގެ ނަމުގައި ހަދާފައިވާ ފޯޖު ލިޔުންތަކެއް ބޭނުން ކުރުމާއި، މަކަރާއި ހީލަތުން އެޕާޓްމަންޓުތައް ވިއްކުމަށްފަހު އެ ފައިސާއަށް ޚިޔާނާތްތެރިވި ކަމަށް އޭނާގެ މައްޗަށް ވަނީ ތުހުމަތު ކުރެވިފައެވެ. ފުލުހުން މި ފަދަ މައްސަލައެއް ތަހުގީގުކުރަން ފަށާފައިވަނީ ހަންބޯ މޯލްޑިވްސްގެ މައި ހިއްސާދާރު ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

މަންޑޭއަށް ކުރާ ތުހުމަތުތައް އޭނާ ދޮގުކުރެއެވެ. އަދި އެ މަޝްރޫއު ހިންގާ ކުންފުނިކަމަށްވާ ހަންބޯ މޯލްޑިވްސްގެ މައި ހިއްސާދާރު އުޅެނީ ފައިސާ ހިފައިގެން ފިލަން ކަމަށްވެސް މަންޑޭ ތުހުމަތުކޮށްފައި ވެއެވެ.

މިމައްސަލައާ ގުޅިގެން، މީގެ ކުރިން ފުލުހުން އެދިގެން ކްރިމިނަލް ކޯޓުން ވަނީ މަންޑޭގެ ޕާސްޕޯޓް ހިފަހައްޓަން އަމުރެއް ނެރެދީފައެވެ. ނަމަވެސް ކުރީގެ އަމުރު މުރާޖާ ކުރުމަށްފަހު ޕާސްޕޯޓު ވަގުތީގޮތުން ދޫކޮށްލުމަށް ވަނީ ނިންމާފައެވެ. އެގޮތުން ކޯޓުން ބުނީ އޭނާގެ ޕާސްޕޯޓު ދޫކުރީ ޒަރޫރީ ބޭނުމެއްގައި ދަތުރުކުރުމަށްޓަކައި ކަމަށާއި، 45 ދުވަހުގެ ތެރޭގައި ދަތުރު ނިންމުމަށްފަހު ކޯޓަށް އަންގަން ޝަރުތު ކޮށްފައިވާކަމަށެވެ.

އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، ދެން އޮންނާނީ އެކަމުގައި ހައިކޯޓުން ގޮތެއް ނިންމުމެވެ.

އެންމެ ހިނގާ

1

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

2

ގައުމުގެ ވެރިންނާ ދެކޮޅަށް ވަނަން ހަދައި ކިޔުމަކީ ގައުމާ ދެކޮޅުވުން: ރައީސް މުއިއްޒު

3

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

4

ބަޔޮލޮޖިކަލް ގޮތުން އެއްވެސް ގުޅުމެއް ނެތް ދެ ކުދިން އޮސްޓްރޭލިއާގައި އަންހެނަކު އެއްމާބަނޑު ކުދިންގެ ގޮތުގައި ވިހައިފި

5

ޑޮަލަރު ނުލިބެނީ ކުރީ ސަރުކާރާ ހެދި. ޕާސްޕޯޓް ނުލިބެނީ ޖަރުމަނުވިލާތާ ހެދި. މި ސަރުކާރުން ޒިންމާ ނަގާނީ ކޮންއިރަކު؟

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް