Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުގަނޑު ލޮނުން ފަރުވާ ކުރުން

ޤުދުރަތީ ލޮނުން އެތައް ބައްޔަކަށް ފަރުވާ

ގަނޑު ލޮނު ބޭނުން ކޮށްގެން ފަރުވާ ދޭ ބައެއް މީހުން ބުނާ ގޮތުގައި، މި ލޮނުގެ އެހީގައި ނޭވާ ލުމުގެ ނިޒާމަށް ހެޔޮ ބަދަލުތަކެއް ގެނުވާ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 19 ޖުލައި 2023 | ބުދަ 03:11
މި ލޮނަކީ ނެގެޓިވް ޗާޖް ހުންނަ ލޮނުފުށް އެކުލެވޭ އެއްޗަކަށްވާއިރު، މި ގަނޑު ލޮނުގައި 84 ބާވަތެއްގެ މާއްދާތައް އެކުލެވިގެންވޭ

މި ލޮނަކީ ނެގެޓިވް ޗާޖް ހުންނަ ލޮނުފުށް އެކުލެވޭ އެއްޗަކަށްވާއިރު، މި ގަނޑު ލޮނުގައި 84 ބާވަތެއްގެ މާއްދާތައް އެކުލެވިގެންވޭ

ޤުދުރަތީ ގޮތުން މި ދުނިޔެއަށް ލިބިފައިވާ ވަޞީލަތްތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފަން އެނގުނު ބަޔަކަށް ދިރިއުޅުމުގެ އެތައް ކަމަކަށް ލުއިފަސޭހަ ކަން ލިއްބައިދެއެވެ. މަސްނޫޢީ ބާވަތްތަކަށް ބަރޯސާވުމުގެ ބަދަލުގައި، ޤުދުރަތީ ގޮތުން ލިބެން ހުރި ނިޢުމަތްތަކާއި ވަޞީލަތްތަކުގެ ބޭނުން ހިފުމުގައި އެތައް ފައިދާއަކާއި މަންފާއެއްވެސް އޮވެއެވެ. އިންތިހާ ހަނަފަސްކަމާއި ގަދަ ހޫނާ ކުރިމަތިލާން ޖެހިފައިވާ އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ) އިން މިކަމުގެ ރީތި މިސާލެއް ފެނިގެންދެއެވެ.

އަލް ޢައިންގައި ބަޔަކު އަމިއްލައަށް ހެދި މި ހޮހަޅާގައި މުޅިންވެސް ބޭނުންކޮށްފައި ވަނީ ގަނޑު ލޮނެވެ. މިއީ އެކި ކަހަލަ ތަޣައްޔަރު ކަމުން ނުތަނަވަސް ކުރުވާފައިވާ ހަލަބޮލިވެށިން މިންޖުވެ، ތާޒާ ވައިގެ ތެރެއަށް ނޭވާލާނެ ފުރުޞަތު ހޯދާދޭ ހިތްގައިމު މަންޒިލެކެވެ. ޤުދުރަތީ ވަޞީލަތްތަކުން، އެތައް ކަމަކަށް ތަޞައްލީ ހޯދާދޭ މާޙައުލެކެވެ.

މި ހޮހަޅައިން ފޯރުކޮށްދޭ ފަރުވާގެ ޚިދުމަތްތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ އެއް ކަމަކީ ހޭލޯތެރަޕީ ސެޝަންތަކެވެ. މި ސެޝަންތައް ފަރުމާ ކޮށްފައި ވަނީ، ލޮނުގެ ތެތްކަން ނުވަތަ ލޮނު ވަސް އެކުލެވޭ ވައި ބޭނުންކޮށްގެންނެވެ. ލޮނުވައިގެ ތެރޭގައި ނޭވާލައިގެން ނަފުސަށް ހޯދަން ބައެއް މީހުން އަންނައިރު، އަނެއް ބަޔަކު ހޮހަޅައަށް ޒިޔާރަތް ކުރަނީ ސިކުނޑި ތާޒާ ކޮށްލުމުގެ ބޭނުމުގައެވެ. އެ ތާޒާކަން ހޯދަނީ ދެފައިތިލަ ނުވަތަ މުޅި މީހާ އެއްކޮށް، ލޮނުފުންޏެއްގެ ތެރޭގައި ވަޅުލެވިފައި އޮވެގެންނެވެ.

ހޮހަޅަ ތައްޔާރު ކުރުމަށް ބޭނުން ކޮށްފައިވާ ގަނޑު ލޮނަކީ ޕޯލަންޑްގެ ސިޓީއެއް ކަމަށް ވާ ކަރާކޯވްއިން ޔޫއޭއީއަށް އެތެރެ ކޮށްފައި ވާ ލޮނެވެ. މި ލޮނަކީ ނެގެޓިވް ޗާޖް ހުންނަ ލޮނުފުށް އެކުލެވޭ އެއްޗެކެވެ. އަދި 84 ބާވަތެއްގެ މާއްދާތައް މި ގަނޑު ލޮނުގައި އެކުލެވިގެންވެއެވެ. ގަނޑު ލޮނު ބޭނުން ކޮށްގެން ފަރުވާ ދޭ ބައެއް މީހުން ބުނާ ގޮތުގައި، މި ލޮނުގެ އެހީގައި ނޭވާ ލުމުގެ ނިޒާމަށް ހެޔޮ ބަދަލުތަކެއް ގެނުވައެއެވެ. ހަމަށް ޖެހޭ އެކި ކަހަލަ އިންފެކްޝަންތަކާ ދެކޮޅަށް މަސައްކަތް ކުރެއެވެ. އަދި ނަފުސަށް ވެރިވާ ނުތަނަވަސްކަން ނުވަތަ ސްޓްރެސްގެ މިންވަރު ކުޑަކޮށްދެއެވެ.

އެކި މަސްދަރުތަކުގައިވާ މަޢުލޫމާތަށް ބަލާއިރު ހޭލޯތެރަޕީ އެންމެ ފުރަތަމަ ދަނެގަނެވުނީ މީލާދީން 1800ގެ އަހަރުތަކުގެ ތެރޭގައެވެ. އެއީ ޕޯލަންޑްގައި ލޮނު ނެގުމުގެ މަސައްކަތުގައި އުޅުނު މީހުންގެ ނޭވާލުމުގެ ނިޒާމުގެ ދުޅެހެޔޮ ކަމަށާއި، އެމީހުންގެ ގައިގެ ހަންގަނޑަށް އެދެވޭ ބަދަލުތަކެއް އަންނަކަން ފާހަގަ ކުރެވެން ފެށި ހިސާބުންނެވެ. ހޭލޯތެރަޕީގެ ފަރުވާ ހޯދަން، ޔޫއޭއީގެ ހޮހަޅައަށް އަންނަ ކަސްޓަމަރުންގެ ފަރާތުންވެސް އިވުނީ އެކަހަލަ ވާހަކަތަކެކެވެ.

ނެޗުރޯޕެތިކް ފިޒީޝަން ޚާލިދު އަހުމަދު ބުނި ގޮތުގައި، ފަރުވާ ކުރަން ދަތި ހަމުގެ މައްސަލަތައް ތަޙައްމަލު ކުރަމުންދާ ގިނަ ޢަދަދެއްގެ ޕޭޝަންޓުން، މިއަދު ދަނީ ހޮހަޅައިން ދޭ ތެރަޕީގެ ޚިދުމަތް ހޯދަމުންނެވެ.

ކަން މިހެން އޮތް ނަމަވެސް، ޒަމާނީ ސައެންސްގެ ބޭސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ޑޮކްޓަރުން، ހޭލޯތެރަޕީއާ މެދު ދެކޭ ގޮތުގައި ޚިލާފުތަކެއް އެބަހުއްޓެވެ. ހޭލޯތެރަޕީގެ ފަރުވާއިން ލިބިދޭ ފައިދާތަކާ މެދު ޑޮކްޓަރުން ސުވާލު އުފައްދައެވެ. ޑޮކްޓަރުން ބުނާ ގޮތުގައި ހަމަ އެކަނި ހޭލޯތެރަޕީއަށް ބަރޯސާވުމުގެ ބަދަލުގައި، ހޭލޯތެރަޕީއާއެކު ޑޮކްޓަރީ ބޭސްވެސް ކުރިއަށް ގެންދިއުން މުހިންމެވެ.

ގަނޑު ލޮނުޔޫއޭއީ

އިތުރަށް ކިޔާލަން

16 ޖުލައި 2025

އޮރިޖިނަލް ޒަމްޒަމް ފެން ކަަމަށް ބުނެ އޮޅުވާލައިގެން އިސްކުރު ފެން ވިއްކަނީ!

16 ޖުލައި 2025
އޮރިޖިނަލް ޒަމްޒަމް ފެން ކަަމަށް ބުނެ އޮޅުވާލައިގެން އިސްކުރު ފެން ވިއްކަނީ!
12 އޮކްޓޯބަރު 2024

އެތައް ބިލިއަން ޑޮލަރުގެ ހަތިޔާރު ސައުދީއަށާއި ޔޫއޭއީ އަށް ވިއްކުމަށް އެމެރިކާ އިން ނިންމައިފި

12 އޮކްޓޯބަރު 2024
އެތައް ބިލިއަން ޑޮލަރުގެ ހަތިޔާރު ސައުދީއަށާއި ޔޫއޭއީ އަށް ވިއްކުމަށް އެމެރިކާ އިން ނިންމައިފި
27 އޯގަސްޓު 2024

ޔޫއޭއީން ލުއި ރޭޓެއްގައި 160 ޓަނުގެ ރަން އިންޑިއާ އަށް އެތެރެކުރަނީ

27 އޯގަސްޓު 2024
ޔޫއޭއީން ލުއި ރޭޓެއްގައި 160 ޓަނުގެ ރަން އިންޑިއާ އަށް އެތެރެކުރަނީ
22 ޖުލައި 2024

ބަންގްލަދޭޝްގެ ސަރުކާރާ ދެކޮޅަށް ޔޫއޭއީ ގައި މުޒާހަރާ ކުރި 57 ބަންގްލަދޭޝް މީހުން ދިގު މުއްދަތައް ޖަލަށް ލައިފި

22 ޖުލައި 2024
ބަންގްލަދޭޝްގެ ސަރުކާރާ ދެކޮޅަށް ޔޫއޭއީ ގައި މުޒާހަރާ ކުރި 57 ބަންގްލަދޭޝް މީހުން ދިގު މުއްދަތައް ޖަލަށް ލައިފި
21 މާރިޗު 2024

ބޭނުންކޮށް ނިމިގެން އުކާލާ ތެޔޮގަނޑުން ވެށި ސަލާމަތް ކުރެވިދާނެ ކަން އެނގޭތަ؟

21 މާރިޗު 2024
ބޭނުންކޮށް ނިމިގެން އުކާލާ ތެޔޮގަނޑުން ވެށި ސަލާމަތް ކުރެވިދާނެ ކަން އެނގޭތަ؟
18 މާރިޗު 2024

ތައިލެންޑް، އިނގިރޭސިވިލާތް އަދި ޔޫއޭއީގައި ވޯޓުފޮށި ނުބަހައްޓާނެ

18 މާރިޗު 2024
ތައިލެންޑް، އިނގިރޭސިވިލާތް އަދި ޔޫއޭއީގައި ވޯޓުފޮށި ނުބަހައްޓާނެ
05 ޑިސެމްބަރު 2023

ޕޫޓިން މެދުއިރުމައްޗަށް ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފައިވާކަން ކްރެމްލިންއިން އިއުލާންކޮށްފި

05 ޑިސެމްބަރު 2023
ޕޫޓިން މެދުއިރުމައްޗަށް ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފައިވާކަން ކްރެމްލިންއިން އިއުލާންކޮށްފި
01 ޑިސެމްބަރު 2023

ކޮޕް28ގެ ވަރލްޑް ލީޑަރސް ސަމިޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންފި

01 ޑިސެމްބަރު 2023
ކޮޕް28ގެ ވަރލްޑް ލީޑަރސް ސަމިޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންފި
01 ޑިސެމްބަރު 2023

މި ސަރުކާރުގެ ސިޔާސަތަކަށް ވާނީ ދިވެހިންނަށް އިސްކަންދީ، ދިވެހިންގެ މަސްލަހަތު އިސްކުރުން: ރައީސް

01 ޑިސެމްބަރު 2023
މި ސަރުކާރުގެ ސިޔާސަތަކަށް ވާނީ ދިވެހިންނަށް އިސްކަންދީ، ދިވެހިންގެ މަސްލަހަތު އިސްކުރުން: ރައީސް
22 ނޮވެމްބަރު 2023

ޔޫ.އޭ.އީ އާއި ރާއްޖެއާ ދެމެދު އޮތް ގާތް ގުޅުމަށް އައު ދައުރެއް ގެނެސްދިނުމަށް މަސައްކަތް ކުރާނަން: ރައީސް

22 ނޮވެމްބަރު 2023
ޔޫ.އޭ.އީ އާއި ރާއްޖެއާ ދެމެދު އޮތް ގާތް ގުޅުމަށް އައު ދައުރެއް ގެނެސްދިނުމަށް މަސައްކަތް ކުރާނަން: ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު