Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުއްގިރި މައްސަލަ

ފުއްގިރި މައްސަލަ: ދައުލަތުގެ ހެކިން ހާޒިރު ނުކުރެވިގެން އަޑުއެހުން ކުރިއަށް ނުގެންދެވުނު

އަޑުއެހުން ކެންސަލްވެފައިވަނީ ދައުލަތުގެ ހެކިން ހާޒިރު ނުކުރެވިގެން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 16 ޖުލައި 2023 | އާދީއްތަ 05:02
ކްރިމިނަލް ކޯޓް

ކްރިމިނަލް ކޯޓް

ރ ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން, މަގާމުގެ ނުފޫޒު ބޭނުންކޮށް, ރިޝްވަތު ނެގި މައްސަލައިގެ އަޑުއެހުން ކެންސަލްވެއްޖެއެވެ.

މި އަޑުއެހުން ތާވަލު ކޮށްފައި އޮތީ އާދިއްތަ ދުވަހުގެ ހެނދުނު 09:00 އަށެވެ. ނަމަވެސް އަޑުއެހުން ކެންސަލްވެފައިވަނީ ދައުލަތުގެ ހެކިން ހާޒިރު ނުކުރެވިގެންނެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި ކްރިކް ރިޒާގެ މައްޗަށް ކޮށްފައިވާ ދައުވާތައް ދައުލަތުން ވަނީމިވަގުތަށްއަނބުރާ ގެންގޮސްފައެވެ. އެއީ ކްރިކް ރިޒާ 31 ދުވަހުގެ މެޑިކަލްއެއް ހުށައަޅާފައި ވުމުގެ ސަބަބުން މި މައްސަލަ ލަސްވާތީއާއި، ކްރިކްގެ ފަރާތުން ހުށައަޅާފައިވާ ދިފާއީ ހެއްކާ ގުޅޭގޮތުން އިތުރަށް ބަލަންޖެހޭ ކަންތައްތަކެއް ހުރުމުގެ ސަބަބުންނެވެ.

ވުމާއެކު، މިހާރު ކުރިއަށްދަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި، ސަން އިންވެސްޓްމަންޓް އަދި ސަން ކޮންސްޓްރަކްޝަންގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ އަޑުއެހުންތަކެވެ.

ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުމުގެ މަރުޙަލާގައި އޮތް މި މައްސަލައިގައި އެންމެ ފަހުންއަޑުއެހުމެއްބާއްވާފައިވަނީ 13 ޖުލައި 2023 ގައެވެ. އެ އަޑުއެހުމުގައި ފުރަތަމަ ހެކިވެރިއެއްގެ ގޮތުން ހާޒިރުވެވަޑައިގެންނެވީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) އެވެ.

ދައުލަތުގެ ދެވަނަ ހެއްކެއްގެ ގޮތުން ހާޒިރުވި އަހުމަދު ޝާއިރަކީ ތިމާވެށީގެ ދާއިރާގެ ކޮންސަލްޓެންސީ މަސައްކަތް ކުރާ ކުންފުންޏެއްގެ ސީއީއޯއެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު