Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެދުނިޔޭގައި ބަނޑުހައިހޫނުކަން އިހުސާސްކުރާ މިންވަރު

ދުނިޔޭގެ 735 މިލިއަން މީހުން އަންނަނީ ބަނޑުހައިހޫނުކަން އިހުސާސްކުރަމުން: އދ

13 ޖުލައި 2023 | ބުރާސްފަތި 02:21

މިއާއެކު 2030 ވަނަ އަހަރު އަންނަންވާއިރަށް ބަނޑުހައިހޫނުކަން ދުނިޔެއިން ނައްތާލުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލުކުރުމަށް ގޮންޖެހުންތައް ކުރިމަތިވާނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 13 ޖުލައި 2023 | ބުރާސްފަތި 02:21
ރެފިޔުޖީ ކޭމްޕެއްގައި ކުދިންނަށް ކާބޯތަކެތި ބަހަނީ

ރެފިޔުޖީ ކޭމްޕެއްގައި ކުދިންނަށް ކާބޯތަކެތި ބަހަނީ

މުޅި ދުނިޔޭގެ 735 މިލިއަން މީހުން 2022 ވަނަ އަހަރު އިންތިހާ ދަރަޖައިގެ ބަނޑުހައިހޫނުކަން ތަހައްމަލުކޮށްފައިވާކަމަށް އދ ން ބުނެފިއެވެ.

މިއީ ކޮވިޑް-19ގެ އާލަމީ ވަބާ ކުރިމަތިވުމުގެ ކުރީގެ އަދަދަށްވުރެ މަތީ އަދަދެއްކަމަށާއި މިއާއެކު 2030 ވަނަ އަހަރު އަންނަންވާއިރަށް ބަނޑުހައިހޫނުކަން ދުނިޔެއިން ނައްތާލުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލުކުރުމަށް ގޮންޖެހުންތައް ކުރިމަތިވާނެކަމަށް އދ ން ބުނެއެވެ. ކޮވިޑް-19 ޕެންޑަމިކުން އަރައިގަނެ ގައުމުތަކުގެ އިގްތިޞާދު ރަނގަޅު ހާލަތަކަށް މިދިޔަ އަހަރު އައި ނަމަވެސް ރަޝިޔާ ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ކާނާ އާއި ހަކަތައިގެ އަގު މައްޗަށް ގޮސްފައިވާކަމަށް އދ ގެ ފުޑް ސެކިޔުރިޓީ އެންޑް ނިއުޓްރިޝަންގެ ދުނިޔޭގެ ހާލަތާއި ގުޅޭ ރިޕޯޓްގައި ބުނެފައިވެއެވެ.

Advertisement - worldAdvertisement

އޭގެ ނަތީޖާއަކީ 2019 ވަނަ އަހަރަށްވުރެ 2022 ވަނަ އަހަރު އިތުރު 122 މިލިއަން މީހުން އިންތިހާ ދަރަޖައިގެ ބަނޑު ހައި ހޫނުކަން ތަހައްމަލުކުރުންކަމަށް އދ ގެ ރިޕޯޓްގައި ބުނެފައިވެއެވެ. މިއާއެކު 2030 ވަނަ އަހަރު އަންނަންވާއިރަށް ދުނިޔެއިން ބަނޑު ހައި ހޫނުކަން ނައްތާލުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި ފަހަތަށް ޖެހި 2030 ވަނަ އަހަރު އިތުރު 600 މިލިއަން މީހުންނަށް އެކަށީގެންވާ މިންވަރަށް ކާނާ ނުލިބި ދާނެކަމަށް ވަނީ ލަފާކޮށްފައެވެ.

ރިޕޯޓްގައި ބުނެފައިވަނީ ބަނޑުހައިހޫނުކަން އިތުރުވެފައިވަނީ މޫސުމީ ބަދަލުތަކާއެކު ކާބޯތަކެތި އުފެއްދުމަށް ކުރިމަތިވަމުން އަންނަ ހުރަސްތަކާއި ކޮވިޑް-19 ޕެންޑަމިކާއެކު ކުރިމަތިވެފައިވާ އިގްތިޞާދީ ދަތިކަމެވެ.

ދުނިޔޭގެ ބައެއް ހިސާބުތަކުގައި ބަނޑުހައިހޫނުކަން ތަހައްމަލުކުރާ މީހުންގެ އަދަދު ދަށަށްގޮސްފައިވެއެވެ. އޭގެތެރޭގައި ދެކުނު އެމެރިކާ އާއި އޭޝިޔާގެ ބައެއް ގައުމުތައް ހިމެނެއެވެ. ނަމަވެސް ކެރީބިއަން، ހުޅަނގު އޭޝިޔާ އަދި އެފްރިކާގައި އަންނަނީ ބަނޑުހައިހޫނުކަން ތަހައްމަލުކުރާ މީހުންގެ އަދަދު އިތުރުވަމުންނެވެ.

ދުނިޔޭގެ ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަނުން ހާމަކޮށްފައިވާ ގޮތުގައި މިދިޔަ އަހަރު އެފްރިކާގައި ބަނޑުހައިހޫނުކަން ތަހައްމަލުކުރި މީހުންގެ އަދަދު ވަނީ ކޮވިޑް ޕެންޑަމިކުގެ ކުރިއާ އަޅާބަލާއިރު 19.7 އިންސައްތަ އިތުރުވެފައެވެ. އަދި މިއަދަދު އޯޝޭނިއާގައި ވަނީ 7 އިންސައްތަ އިތުރުވެފައެވެ.

އެންމެ ހިނގާ

1

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

2

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

3

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

4

ރަސްމާލޭގައި ދިވެހި ފުލުހުން ނުތިބޭނެ ކަމަށާއި، އެތާ ތިބޭނީ އަލައްބާރުގެ އަމިއްލަ ސެކިއުރިޓީން ކަމަށް ވަޒީރުން ވިދާޅުވި، އެކަމަށް ހެކިވާނެ މީހުންވެސް އެބަތިބި: ޒަމްޒަމް ފާރިޝް

5

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް

އިތުރަށް ކިޔާލަން

29 މެއި 2017

ރޯދަމަސް ފެށުނުއިރުވެސް ޔަމަނުގެ 17 މިލިއަން މީހުން ބަނޑުހައިހޫނު ކަމުގައި

29 މެއި 2017
ރޯދަމަސް ފެށުނުއިރުވެސް ޔަމަނުގެ 17 މިލިއަން މީހުން ބަނޑުހައިހޫނު ކަމުގައި
29 މެއި 2017

ސައިކްލޯން މޯރާގެ ބާރު ގަދަވެ، ބަންގްލާދޭޝްގެ ބައި މިލިއަން މީހުން ރައްކާތެރި ސަރަހައްދުތަކަށް ގެންދަނީ

29 މެއި 2017
ސައިކްލޯން މޯރާގެ ބާރު ގަދަވެ، ބަންގްލާދޭޝްގެ ބައި މިލިއަން މީހުން ރައްކާތެރި ސަރަހައްދުތަކަށް ގެންދަނީ
28 މެއި 2017

ދުނިޔޭގެ އެންމެ އަގު ބޮޑު ފުޓްބޯޅަ ކުޅުންތެރިޔާ ޕޮގްބާ އުމުރާގެ އަޅުކަމުގައި

28 މެއި 2017
ދުނިޔޭގެ އެންމެ އަގު ބޮޑު ފުޓްބޯޅަ ކުޅުންތެރިޔާ ޕޮގްބާ އުމުރާގެ އަޅުކަމުގައި
23 މެއި 2017

ގެމްބިއާގެ ކުރީގެ ރައީސް ޖަމޭހް ދައުލަތުން 50 މިލިއަން ޑޮލަރު ވަގަށް ނަގާފައިވޭ: ސަރުކާރު

23 މެއި 2017
ގެމްބިއާގެ ކުރީގެ ރައީސް ޖަމޭހް ދައުލަތުން 50 މިލިއަން ޑޮލަރު ވަގަށް ނަގާފައިވޭ: ސަރުކާރު
12 މާރިޗު 2017

ވޯލްޑް ބޭންކުން މޮރޮކޯއަށް 150 މިލިއަން ޑޮލަރު ދެނީ

12 މާރިޗު 2017
ވޯލްޑް ބޭންކުން މޮރޮކޯއަށް 150 މިލިއަން ޑޮލަރު ދެނީ
03 މާރިޗު 2017

އިސްލާމް ދީނަކީ ދުނިޔޭގެ އެންމެ ބޮޑު ދީން ކަމުގައި 2070 އާ ހަމައަށް ވެގެންދާނެ: ރިޕޯޓް

03 މާރިޗު 2017
އިސްލާމް ދީނަކީ ދުނިޔޭގެ އެންމެ ބޮޑު ދީން ކަމުގައި 2070 އާ ހަމައަށް ވެގެންދާނެ: ރިޕޯޓް
23 ފެބުރުއަރީ 2017

20 މިލިއަން މީހުން ބަނޑުހައިހޫނުކަން ތަހައްމަލު ކުރަންޖެހިދާނެ

23 ފެބުރުއަރީ 2017
20 މިލިއަން މީހުން ބަނޑުހައިހޫނުކަން ތަހައްމަލު ކުރަންޖެހިދާނެ
31 ޖެނުއަރީ 2017

ޓްރަމްޕްގެ އިމިގްރޭޝަން ގަރާރަށް ދުނިޔޭގެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

31 ޖެނުއަރީ 2017
ޓްރަމްޕްގެ އިމިގްރޭޝަން ގަރާރަށް ދުނިޔޭގެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ
24 ޖެނުއަރީ 2017

އޮބާމާ ވެރިކަން ނިންމަވާލެއްވީ ފަލަސްތީނަށް 221 މިލިއަން ޑޮލަރު ދޫކުރައްވާފައި

24 ޖެނުއަރީ 2017
އޮބާމާ ވެރިކަން ނިންމަވާލެއްވީ ފަލަސްތީނަށް 221 މިލިއަން ޑޮލަރު ދޫކުރައްވާފައި
23 ޖެނުއަރީ 2017

ޖަމްމޭހް ވަޑައިގެންނެވިއިރު ގެމްބިއާގެ ޚަޒާނާއިން 11 މިލިއަން ޑޮލަރު މަދު

23 ޖެނުއަރީ 2017
ޖަމްމޭހް ވަޑައިގެންނެވިއިރު ގެމްބިއާގެ ޚަޒާނާއިން 11 މިލިއަން ޑޮލަރު މަދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް