Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ72 ކިލޯ ޑްރަގް މައްސަލަ

72 ކިލޯ ޑްރަގް މައްސަލަ: ވަކި މީހަކަށް އަދަބުދޭން މަސައްކަތް ކުރާ ކަމުގެ ތުހުމަތު

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އިބްރާހިމް އިޙްސާން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 9 ޖުލައި 2023 | އާދީއްތަ 07:13
މި މައްސަލައިގައި އެންމެ އިސްކޮށް ހުރި ކަމަށް ދައުލަތުން ތުހުމަތު ކުރާ އިރުފާން ތަގިއްޔު

މި މައްސަލައިގައި އެންމެ އިސްކޮށް ހުރި ކަމަށް ދައުލަތުން ތުހުމަތު ކުރާ އިރުފާން ތަގިއްޔު

72 ކިލޯ މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކޮށް އެތަކެތި ޓްރެފިކްކުރަން އުޅުނު މައްސަލައިގައި އެންމެ އިސްކޮށް ހުރި ކަމަށް ތުހުމަތު ކުރާ އިރުފާން ތަގިއްޔުގެ މައްޗަށް އުފުލާފައިވާ، ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާގެ އަޑުއެހުމެއް އާދިއްތަ ދުވަހު ކްެރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި އަޑުއެހުމުގައި އޮތީ މި މައްސަލައިގެ ޝަރީއަތް ފަށައި އިފްތިތާޙީ ބަޔާން އިއްވުމެވެ.

Advertisement - newsAdvertisement

އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއެވެ.

މި އަޑުއެހުމުގައި ދައުލަތާއި ދިފާއުންވެސް ވަނީ އިފްތިތާޙީ ބަޔާން އިއްވާފައެވެ. އެގޮތުން ދިފާއުން ވަނީ މި މައްސަލައިގެ ތަހުގީގު ކުރިއަށް ގެންގޮސްފައިވަނީ އިންސާފުވެރިކޮށް ނޫންކަމަށް ބުނެފައެވެ.

އޭގެ އިތުރުން، ފަހުން މި މައްސަލައިގެ ދައުވާލިބޭ ގިނަ ބައެއްގެ މައްޗަށް ކުރި ދައުވާ ކުއްލިގޮތަކަށް އަނބުރާ ގެންގޮސްފައިވާ ގޮތާމެދުވެސް ދިފާއީ ވަކީލު ވަނީ ފާޑުވިދާޅުވެފައެވެ. އެގޮތުން މި މުޅި މައްސަލައިގައި އިރުފާން ތަޤިއްޔުއަށް ހަރުކަށި އަދަބު ދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން އަމާޒު ހިފާފައިވާކަމަށް ދިފާއީ ވަކީލު ވިދާޅުވިއެވެ.

މި މައްސަލައިގައި ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ދައުލަތުން 10 މީހެއްގެ މައްޗަށް އުފުލިއެވެ. ނަމަވެސް އޭގެ ތެރެއިން 7 މީހަކަށް ކުރާ ޓްރެފިކިންގ ދައުވާ ފަހުން ދައުލަތުން ވަނީ އަނބުރާ ގެންގޮސްފައެވެ. އޭރު ދައުވާ ހުށައެޅިތާ އަހަރަކަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.

މިހާރު މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ ޢިރުފާން ތަގިއްޔުއާއި، މުހައްމަދު އަކްރަމްގެ އިތުރުން، އަހުމަދު ނަސީރުގެ މައްޗަށެވެ. ދައުލަތުން ބުނާ ގޮތުގައި މަސްތުވާތަކެތި އުުފުލާފައިވާ ކާރަކީ އަކްރަމްގެ ހިޔާޒަތުގެ ދަށުގައިވާ ކާރެކެވެ. އަދި މަސްތުވާތަކެތި ގެނައި ލޯންޗަކީ ނަސީރު ދުއްވި ލޯންޗެއްކަމަށް ދައުލަތުން ބުނެއެވެ.

މިއީ ގިނަ ބައެއްގެ މައްޗަށް ދައުވާ އުފުލާފައިވާ މައްސަލައަކަށްވާއިރު، މި މައްސަލައިގެ ހެކިބަސް ނެގުމުގެ މަރުޙަލާ ކުރިއަށް ގެންދަވާނީ ދައުވާލިބޭ އެންމެންގެ ބައި އެއްކޮށްކަމަށް ގާޒީ ވިދާޅުވިއެވެ.

މި މައްސަލައިގައި ދައުލަތުން 65 ޝަފަހީ ހެކިން ހުށައަޅާފައިވެއެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، ދައުލަތުން ހުށައަޅާފައިވާ ކަންކަން ސާބިތު ކުރުމަށް ކާފީ ހެކި ލިބޭ މިންވަރަކަށް ބަލައި ހެކިން އަނބުރާ ގެންދަން ޖެހޭނަމަ ގެންދަވާނެ ކަމަށެވެ.

ގާޒީ ވިދާޅުވީ، އޮގަސްޓު މަހުގެ ފުރަތަމަ ހަފްތާގައި މި މައްސަލައިގެ ހެކިބަސް ނެގުން ކުރިއަށް ގެންދަވާނެ ކަމަށެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އިބްރާހިމް އިޙްސާންއެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު