Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ72 ކިލޯ ޑްރަގް

72 ކިލޯ ޑްރަގް މައްސަލަ: އިންޓެލިޖެންސް ރިޕޯޓު ދިފާއަށް ދޫކުރުމަށް ނިންމައިފި

ހެކި ރައްކާތެރި ކުރުމުގެ ދާއިމީ އަމުރެއް ނެރެދިނުމަށް ދައުލަތުން ފަހުން އެދިފައިނުވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 6 ޖުލައި 2023 | ބުރާސްފަތި 05:51
މި މައްސަލައިގައި އެންމެ އިސްކޮށް ހުރި ކަމަށް ތުހުމަތު ކުރާ އިރުފާން ތަގިއްޔު

މި މައްސަލައިގައި އެންމެ އިސްކޮށް ހުރި ކަމަށް ތުހުމަތު ކުރާ އިރުފާން ތަގިއްޔު

72 ކިލޯ މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކޮށް އެތަކެތި ޓްރެފިކްކުރަން އުޅުނު މައްސަލައިގައި އެންމެ އިސްކޮށް ހުރި ކަމަށް ތުހުމަތު ކުރާ އިރުފާން ތަގިއްޔުގެ މައްޗަށް އުފުލާފައިވާ، ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ކްެރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ 24 މެއި 2023 ގައެވެ.

Advertisement - newsAdvertisement

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އިބްރާހިމް އިޙްސާންއެވެ.

ބުރާސްފަތި ދުވަހުގެ އަޑުއެހުމުގައި އޮތީ ދިފާއުގެ ހުށައެޅުންތަކަށް ގޮތް ނިންމެވުމެވެ.

ދިފާއުގެ ފުރަތަމަ ހުށައެޅުމުގައި ދައުލަތުން ހުށައަޅާފައިވާ 106 ހެއްކެއް ޝަރީއަތަށް ބަލައިނުގަތުމަށް އެދިފައިވެއެވެ.

ގާޒީ ވިދާޅުވީ، ދައުވާ ސާބިތު ކުރުމަށް ދައުލަތުން ހުށައަޅާފައިވާ 106 ހެކި ބަލައިނުގަތުމަށް ދިފާއުން އެދިފައިވަނީ އެއީ ގުޅުން ނެތް ހެކިކަމަށް ބަޔާންކޮށް ކަމަށެވެ. އޭގެ ތެރޭގައި ޝަފަހީ އަދި ކިތާބީ ހެކި ހިމެނެއެވެ.

ގާޒީ ވިދާޅުވީ، އެއީ ގުޅުން ނެތް ހެކިކަމަށް ދިފާއުން ބުނި ނަމަވެސް، އެ ހެކިތަކަކީ މި މައްސަލައަކީ ރާވައިގެން ހިންގާފައިވާ ކުށުގެ މައްސަލައެއްކަމަށް ބުނެ ދައުލަތުން ހުށައަޅާފައިވާ ކަންކަން ސާބިތު ކުރުމަށް މުހިންމު ހެކިތަކަކަށް ވެދާނެ ކަމަށެވެ. ވުމާއެކު ގާޒީ ވަނީ ދިފާއުގެ އެ ހުށައެޅުން ބަލައިނުގަތުމަށް ނިންމަވާފައެވެ.  

ދެވަނަ ހުށައެޅުމަކީ ހެކި ހާމަކޮށްދިނުން އެދި ހުށައަޅާފައިވާ ހުށައެޅުމެކެވެ. އެއީ ކޯލް ޑީޓެއިލް ޗާޓެއްގެ އިތުރުން ދެ އިންޓެލިޖެންސް ރިޕޯޓެއް ހާމަކޮށްދިނުން އެދި ހުށައަޅާފައިވާ ހުށައެޅުމެކެވެ.

ގާޒީ ވިދާޅުވީ، އެ ހެކިތައް މި މައްސަލަ ހުށައެޅުނުއިރުވެސް ހުށައަޅާފައިވަނީ ސިއްރު ލިއުމެއްގެ ގޮތުގައި ކަމަށާއި، އެ ހެކިތަކާ ގުޅޭގޮތުން ހެކި ރައްކާތެރި ކުރުމުގެ ވަގުތީ އަމުރެއް ނެރެފައިވާ ކަމަށެވެ.

އެހެންނަމަވެސް ހެކި ރައްކާތެރި ކުރުމުގެ ދާއިމީ އަމުރެއް ނެރެދިނުމަށް ދައުލަތުން ފަހުން އެދިފައިނުވާކަން ފާހަގަ ކުރައްވައި ގާޒީ ވަނީ ދިފާއުގެ އެ ހުށައެޅުން ބަލައިގަތުމަށް ނިންމަވާފައެވެ.

ތިންވަނަ ހުށައެޅުމަކީ ދައުވާއާއެކު ކޯޓަށް ހުށައެޅިފައިނުވާ ލިއުންތައް ބަލައިނުގަތުމަށް އެދި ހުށައެޅި ހުށައެޅުމެކެވެ. އެ ހުށައެޅުން ޝަރީއަތުން ބަލައިގެންފައެއް ނުވެއެވެ.

ގާޒީ ވަނީ މިއީ މައުޟޫއީ ގޮތުން ކުރިއަށް ގެންދެވޭނެ މައްސަލައެއްކަމަށް ކަނޑައަޅުއްވާފައެވެ.

ދެން އޮންނާނީ މި މައްސަލައިގެ ޝަރީއަތް ފަށައި އިފްތިތާޙީ ބަޔާން އިއްވުމާއި އެއަށްފަހު ހެކިންގެ ހެކިބަސް ނެގުމެވެ.

މި މައްސަލައިގައި ދެން ދައުވާ އުފުލާފައިވާ ފަރާތްތަކުގެ ބައިގައި މިހާރު ވަނީ ޝަރީއަތް ފަށައި އިފްތިތާޙީ ބަޔާން އިއްވާފައެވެ.

މިއީ ގިނަ ބައެއްގެ މައްޗަށް ދައުވާ އުފުލާފައިވާ މައްސަލައަކަށްވާއިރު، މި މައްސަލައިގެ ހެކިބަސް ނެގުމުގެ މަރުޙަލާ ކުރިއަށް ގެންދަވާނީ ދައުވާލިބޭ އެންމެންގެ ބައި އެއްކޮށްކަމަށް ގާޒީ ވިދާޅުވިއެވެ.

މި މައްސަލައިގައި ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ދައުލަތުން 10 މީހެއްގެ މައްޗަށް އުފުލިއެވެ. ނަމަވެސް އޭގެ ތެރެއިން 7  މީހަކަށް ކުރާ ޓްރެފިކިންގ ދައުވާ ފަހުން ދައުލަތުން ވަނީ އަނބުރާ ގެންގޮސްފައެވެ.

މިހާރު މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ ޢިރުފާން ތަގިއްޔުއާއި، މުހައްމަދު އަކްރަމްގެ އިތުރުން، އަހުމަދު ނަސީރުގެ މައްޗަށެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު