Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޓްވިޓަރއާ ދެކޮޅަށް ދައުވާ އުފުލުން

ބިލްތައް ނުދައްކައިގެން، އޮސްޓްރޭލިއާގެ ފަރމަކުން ޓްވިޓަރއާ ދެކޮޅަށް ދައުވާކުރަނީ

3 ޖުލައި 2023 | ހޯމަ 13:00

މަސައްކަތްތަކަށް ޓްވިޓަރއިން އެ ކުންފުންޏަށް ފަސްސަތޭކަ ސާޅީސް ހަހާސް ޑޮލަރާއި، ފަސްދޮޅަސް އެއްހާސް ތިން ސަތޭކަ ޑޮލަރު ދައްކަން ޖެހޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 3 ޖުލައި 2023 | ހޯމަ 13:00
ޓްވިޓަރ

ޓްވިޓަރ

މަސައްކަތް ކުރުވުމަށްފަހު ޓްވިޓަރއިން ދައްކަންޖެހޭ ބިލްތަކެއް ނުދައްކައިގެން، އޮސްޓްރޭލިއާގެ ޕްރޮޖެކްޓް މެނޭޖްމަންޓް ފަރމަކުން ޓްވިޓަރއާ ދެކޮޅަށް ދައުވާކުރުމަށް ނިންމައިފިއެވެ.

އެކުންފުނިން ވަނީ ހަތަރު ގައުމެއްގައި ޓްވިޓަރއިން ކުރި މަސައްކަތްތަކުގެ ބިލްތައް ނުދައްކައިގެން، ހަސަތޭކަ ފަސްދޮޅަސް ފަސް މިލިއަން ޑޮލަރު ހޯދުމަށް ކޯޓަށް ގޮސްފައެވެ. ސިޑްނީގައި ހުންނަ މި ކުންފުނިން ޓްވިޓަރއާ ދެކޮޅަށް ދައުވާ ކުރުމަށް މައްސަލަ ހުށަހަޅާފައިވަނީ، އެމެރިކާގެ ޑިސްޓްރިކްޓް ކޯޓު ފޮރ ދަ ނޮދަރން ޑިސްޓްރިކްޓް އޮފް ކެލިފޯނިއާއަށެވެ.

Advertisement - worldAdvertisement

މި ކުންފުނިން ބުނާގޮތުގައި 2022 ވަނަ އަހަރާއި 2023 ވަނަ އަހަރުގެ ކުރީކޮޅު، ލަންޑަނާއި ޑުބްލިންގައި ސެންސަރުތަކެއް ހަރުކޮށްފައިވާކަމަށާއި، ސިންގަޕޫރުގެ އޮފީސް އެއްކޮށް ނިންމާފައިވާއިރު ސިޑްނީގައި ހުރި ޓްވިޓަރގެ އޮފީހެއް އެއްކޮށް ހުސްކޮށްފައިވާކަމަށެވެ. އެމަސައްކަތްތަކަށް ޓްވިޓަރއިން އެކުންފުންޏަށް ފަސްސަތޭކަ ސާޅީސް ހަހާސް ޑޮލަރާއި، ފަސްދޮޅަސް އެއްހާސް ތިން ސަތޭކަ ޑޮލަރު ދައްކަން ޖެހޭކަމަށެވެ.

ކުންފުނިން ބުނިގޮތުގައި، އެ ކުންފުނިން ޝަރީއަތުގައި އެދެނީ ގެއްލުމުގެ ބަދަލު ޝަރީއަތުން ނިންމާގޮތަކަށް ހޯދުމަށާއި، ގާނޫނީ އެހީތެރިކަން ހޯދުމަށް ދާ ޚަރަދު، ހޯދެން އޮތް އެންމެ ބޮޑުކޮށް ހޯދުމަށެވެ.

މެއި މަހުގެ ތެރޭގައި ކުރީގެ ޕަބްލިކް ރިލޭޝަންސް ފަރމަކުން ވަނީ ނުދައްކާ ބިލްތަކެއް ހުރެގެން ޓްވިޓަރއާ ދެކޮޅަށް ދައުވާކޮށްފައެވެ. އަދި މިއަހަރުގެ ކުރީކޮޅު އެމެރިކާގެ ކުންފުންޏަކުންވެސް ވަނީ، ނުދައްކައި ހުރި ބިލްތަކަކަށް 1.9 މިލިއަން ޑޮލަރު ހޯދުމަށް އެދި ކޯޓަށް ހުށަހަޅާފައެވެ.

އެންމެ ހިނގާ

1

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

2

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

3

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

4

ރަސްމާލޭގައި ދިވެހި ފުލުހުން ނުތިބޭނެ ކަމަށާއި، އެތާ ތިބޭނީ އަލައްބާރުގެ އަމިއްލަ ސެކިއުރިޓީން ކަމަށް ވަޒީރުން ވިދާޅުވި، އެކަމަށް ހެކިވާނެ މީހުންވެސް އެބަތިބި: ޒަމްޒަމް ފާރިޝް

5

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް

އިތުރަށް ކިޔާލަން

21 ސެޕްޓެމްބަރު 2018

އޮސްޓްރޭލިއާގެ ބޮޑު ދޫނިތަކަށް ކާރު އެރުވި މީހާ ހައްޔަރުކޮށްފި

21 ސެޕްޓެމްބަރު 2018
އޮސްޓްރޭލިއާގެ ބޮޑު ދޫނިތަކަށް ކާރު އެރުވި މީހާ ހައްޔަރުކޮށްފި
25 އޯގަސްޓު 2018

ޕާޓީގެ އެތެރޭގެ ކޯޅުމެއްގައި އޮސްޓްރޭލިއާގެ ބޮޑުވަޒީރު މަގާމުން ދުރުވެއްޖެ

25 އޯގަސްޓު 2018
ޕާޓީގެ އެތެރޭގެ ކޯޅުމެއްގައި އޮސްޓްރޭލިއާގެ ބޮޑުވަޒީރު މަގާމުން ދުރުވެއްޖެ
25 ޖުލައި 2018

އޮސްޓްރޭލިއާގެ ޖަލެއް ފަޅާލައި ކުށްވެރިންތަކެއް ފިލައިފި

25 ޖުލައި 2018
އޮސްޓްރޭލިއާގެ ޖަލެއް ފަޅާލައި ކުށްވެރިންތަކެއް ފިލައިފި
13 ޖޫން 2018

ގޫގުލްގެ މައްޗަށް ދައުވާ ކުރެވޭނެ ކަމަށް އޮސްޓްރޭލިއާގެ އެންމެ މަތީ ކޯޓުން ކަނޑައަޅައިފި

13 ޖޫން 2018
ގޫގުލްގެ މައްޗަށް ދައުވާ ކުރެވޭނެ ކަމަށް އޮސްޓްރޭލިއާގެ އެންމެ މަތީ ކޯޓުން ކަނޑައަޅައިފި
13 ޖެނުއަރީ 2018

އޮސްޓްރޭލިއާގެ އަށްސޭރިފަށުގެ ސަރަހައްދަކަށް ބާރުގަދަ ބިންހެލުމެއް އައިސްފި

13 ޖެނުއަރީ 2018
އޮސްޓްރޭލިއާގެ އަށްސޭރިފަށުގެ ސަރަހައްދަކަށް ބާރުގަދަ ބިންހެލުމެއް އައިސްފި
30 ޑިސެމްބަރު 2017

ލައިފް ޖެކެޓް ނެތި ޑިންގީ އެއްގައި އުޅުއްވި އޮސްޓްރޭލިއާގެ ބޮޑުވަޒީރު ޖުރިމަނާ ކޮށްފި

30 ޑިސެމްބަރު 2017
ލައިފް ޖެކެޓް ނެތި ޑިންގީ އެއްގައި އުޅުއްވި އޮސްޓްރޭލިއާގެ ބޮޑުވަޒީރު ޖުރިމަނާ ކޮށްފި
29 ޑިސެމްބަރު 2017

ލައިފްޖެކްޓް ތުރުނުކުރައްވައި ޑިންގީ ދުއްވެވުމުން އޮސްޓްރޭލިއާގެ ބޮޑުވަޒީރު ހޫނު ފެނަށް!

29 ޑިސެމްބަރު 2017
ލައިފްޖެކްޓް ތުރުނުކުރައްވައި ޑިންގީ ދުއްވެވުމުން އޮސްޓްރޭލިއާގެ ބޮޑުވަޒީރު ހޫނު ފެނަށް!
03 ޑިސެމްބަރު 2017

އޮސްޓްރޭލިއާގެ ވިކްޓޯރިއާގައި ފެންބޮޑުވެއްޖެ

03 ޑިސެމްބަރު 2017
އޮސްޓްރޭލިއާގެ ވިކްޓޯރިއާގައި ފެންބޮޑުވެއްޖެ
02 ނޮވެމްބަރު 2017

އޮސްޓްރޭލިއާގެ ބޮޑުވަޒީރު މެލްކޮމް ޓަރންބުލް ސްރީލަންކާގެ ރައީސް ސިރިސެނާއާ ބައްދަލުކުރައްވައިފި

02 ނޮވެމްބަރު 2017
އޮސްޓްރޭލިއާގެ ބޮޑުވަޒީރު މެލްކޮމް ޓަރންބުލް ސްރީލަންކާގެ ރައީސް ސިރިސެނާއާ ބައްދަލުކުރައްވައިފި
27 އޮކްޓޯބަރު 2017

އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނައިބުގެ މަޤާމު ގެއްލިއްޖެ

27 އޮކްޓޯބަރު 2017
އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނައިބުގެ މަޤާމު ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް