Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކެންދޫ ފުޓްބޯލް ޗެލެންޖް

ބޮޑު މޮޅަކާއެކު ގްލޯރިއަސް ސެމީއަށް، ރައިވަލްސް ކަޓައިފި

ރައިވަލްސް އަތުން ގްލޯރިއަސް މޮޅުވީ 9-0ން

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله, ރާއްޖެ އެމްވީ | 24 ޖޫން 2023 | ހޮނިހިރު 04:54
ގްލޯރިއަސް ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ: ފޮޓޯ-އަހުމަދު ސާހިލް

ގްލޯރިއަސް ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ: ފޮޓޯ-އަހުމަދު ސާހިލް

ގްރޫޕް ސްޓޭޖްގައި ގްލޯރިއަސް ވިކްޓްރީ ކުޅުނު ފަހު މެޗުގައި ބޮޑު މޮޅެއް ހޯދައިގެން ކެންދޫ ފުޓްބޯލް ޗެލެންޖްގެ ސެމީފައިނަލްގެ ޖާގަ ޔަގީންކޮށްފިއެވެ.

ހަތަރު ޓީމް ހިމެނޭ ގްރޫޕްގައި ގްލޯރިއަސް ވިކްޓްރީ ސެމީގެ ޖާގަ ކަށަވަރުކުރީ 9-0ން އެފްސީ ރައިވަލްސް ބަލިކޮށްގެންނެވެ. މިނަތީޖާއާއެކު ރައިވަލްސް ވަނީ މުބާރާތުން ކަޓާފައެވެ. ގްރޫޕް ސްޓޭޖްގައި އެޓީމް ކުޅުނު ތިން މެޗުންވެސްވީ ބައްޔެވެ. ގްލޯރިއަސް ވަނީ ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ, އެއް މެޗު އެއްވަރުކޮށް 7 ޕޮއިންޓް ހޯދާފައެވެ.

ރައިވަލްސްއާ ވާދަކުރި މެޗުގައި ގްލޯރިއަސްއިން މެޗުގެ ފުރަތަމަ ހާފްގައިވެސް ހަތް ލަނޑު ޖެހިއެވެ. އެޓީމްގެ ނުވަ ލަނޑުގެ ތެރެއިން ހަތަރު ލަނޑު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ ޝާފިއު ހަމީދެވެ. ރަޝާދު އަބްދުލް މަތީނާއި ރަޝާފް މުހައްމަދު, ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖެހިއެވެ. އެޓީމަށް ދެން ލަނޑު ޖަހައިދިނީ މުހައްމަދު ޝިމާނެވެ.

މުބާރާތުގެ ގްރޫޕް ބީން ސެމީފައިނަލް ޔަގީންކޮށްފައިވަނީ ޑައިމަންޑެވެ. ޑައިމަންޑް ވަނީ ތިން ޓީމް ހިމެނޭ ގްރޫޕްގައި ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓް ހޯދާފައެވެ. ވެންގާޑްވެސް އެއަދަދަށް ޕޮއިންޓް ހޯދިނަމަވެސް ފައިދާ ގޯލުން ކުރިލިބެނީ ޑައިމަންޑަށެވެ. ވެންގާޑަށް ސެމީގެ ޖާގަ ހޯދަން ޖެހޭނީ ގްރޫޕް އޭއިން ތިންވަނަ ހޯދާ ޓީމާ ޕްލޭއޮފް މެޗެއް ކުޅޭށެވެ. ގްރޫޕް އޭގެ ސެމީގެ ދެވަނަ ޖާގައާއި ޕްލޭއޮފްގެ ފުރުސަތު ލިބޭ ޓީމެއް ޔަގީންވާނީ ހޮނިހިރު ދުވަހުގެ މެޗަށްފަހުއެވެ.

ބ. ކެންދޫ

އިތުރަށް ކިޔާލަން

04 ސެޕްޓެމްބަރު 2025

އާ އިންޖީނެއް ކެންދޫ އަށް ގެންދިޔަތާ 6 މަސް ނުވޭ: މުޅި ދުވަހު ކެންދޫގެ ބޮޑުބައިގައި ކަރަންޓެއް ނެތް!

04 ސެޕްޓެމްބަރު 2025
އާ އިންޖީނެއް ކެންދޫ އަށް ގެންދިޔަތާ 6 މަސް ނުވޭ: މުޅި ދުވަހު ކެންދޫގެ ބޮޑުބައިގައި ކަރަންޓެއް ނެތް!
02 ސެޕްޓެމްބަރު 2025

އަޑީތެޔޮ ހުސްވެގެން ކެންދޫ އިންޖީނުގެ ނިވި ކަރަންޓު ކެނޑުނު މައްސަލަ ކައުންސިލްގެ ފަރާތުން ފުލުހުންނަށް ހުށަހަޅަނީ

02 ސެޕްޓެމްބަރު 2025
އަޑީތެޔޮ ހުސްވެގެން ކެންދޫ އިންޖީނުގެ ނިވި ކަރަންޓު ކެނޑުނު މައްސަލަ ކައުންސިލްގެ ފަރާތުން ފުލުހުންނަށް ހުށަހަޅަނީ
01 ސެޕްޓެމްބަރު 2025

ކެންދޫ އިންޖީނުގޭގެ އިންޖީނަށް އަޅާ އަޑީތެޔޮ ހުސްވެ އިންޖީނު ހުއްޓި މުޅި ރަށުން ކަރަންޓް ކެނޑިއްޖެ

01 ސެޕްޓެމްބަރު 2025
ކެންދޫ އިންޖީނުގޭގެ އިންޖީނަށް އަޅާ އަޑީތެޔޮ ހުސްވެ އިންޖީނު ހުއްޓި މުޅި ރަށުން ކަރަންޓް ކެނޑިއްޖެ
04 އޯގަސްޓު 2025

ރައީސް މުޢިއްޒުގެ ސަރުކާރުން ކެންދޫ އަށް ކޮށްދިން ކަމަކީ ހަމައެކަނި އޭޓީއެމް އެއް ބެހެއްޓުން: މެމްބަރު މައުރޫފް

04 އޯގަސްޓު 2025
ރައީސް މުޢިއްޒުގެ ސަރުކާރުން ކެންދޫ އަށް ކޮށްދިން ކަމަކީ ހަމައެކަނި އޭޓީއެމް އެއް ބެހެއްޓުން: މެމްބަރު މައުރޫފް
01 ޖުލައި 2023

ކެންދޫ ފުޓްބޯލް ޗެލެންޖްގެ ޗެމްޕިއަންކަން ގްލޯރިއަސް ވިކްޓްރީ ހޯދައިފި

01 ޖުލައި 2023
ކެންދޫ ފުޓްބޯލް ޗެލެންޖްގެ ޗެމްޕިއަންކަން ގްލޯރިއަސް ވިކްޓްރީ ހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު