ކ. މާލެ
|
21 ޖޫން 2023 | ބުދަ 20:33
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
މަޖިލިސް
މަޖިލީހުގެ ޖަލްސާ
އޮއްޓަރު ހުރި މަސައްކަތެއް ނެތި، މަޖިލިސް ޗުއްޓީއަށްދާކަން އިއުލާން ކުރުމަށް މާދަމާއަށް ޖަލްސާއެއް އެޖެންޑާކޮށްފި
 
މަޖިލީހުގެ ގަވާއިދު ބުނާގޮތުން، މިއަހަރުގެ ދެވަނަ ދައުރު ނިމޭނީ ޖޫން މަހުގެ ނިޔަލަށް
 
މަޖިލީހުގެ ގަވާއިދުގައި ބުނާގޮތުން، ދައުރު ނިމޭ ޖަލްސާ ބާއްވާނީ އެ ދައުރުގެ ތެރޭގައި އަންނަ އެންމެ ފަހު ބުރާސްފަތި ނުވަތަ ހޯމަ ދުވަހު
 
ބުރާސްފަތި ދުވަހު ބާއްވާ ޖަލްސާގައި ދާއިމީ ކޮމިޓީއަށް މެންބަރުން އައްޔަންކުރުމާ ގުޅޭ މައްސަލައެއް ނުހިމެނޭނެ

މަޖިލީހުގެ މި ދައުރު ނިންމައި ޗުއްޓީއަށް ދާކަން އިއުލާންކުރުމަށް، އޮއްޓަރު ހުރި މަސައްކަތެއް ނެތި، ބުރާސްފަތި ދުވަހު ޖަލްސާއެއް ބާއްވަން މަޖިލީހުގައި ޖަލްސާއެއް އެޖެންޑާކޮށްފިއެވެ.

މަޖިލީހުވެ ވެބްސައިޓުގައި ބުރާސްފަތި ދުވަހަށް އެޖެންޑާކޮށްފައިވާ ޖަލްސާފައި ހިމަނާފައިވަނީ މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަންކަން އެކަނި އެޖެންޑާކޮށްފައެވެ.

މި އައިޓަމުގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ސިޔާސީ ޕާޓީތަކާއި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ތަމްސީލުކުރައްވާނެ ނިސްބަތަށް ގެނެވޭ ބަދަލާމެދު ބަހުސްކުރުމެވެ.

އަދި ބަހުސަށްފަހު, މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި މެންބަރުން ހިމެނިވަޑައިގަންނަވާނެ ގޮތަށް އިސްލާހު ހުށަހެޅުއްވުމަށް މެންބަރުންނަށް މުއްދަތެއް ދިނުމަށްފަހު، ހުށަހަޅުއްވާ އިސްލާހަށް އިސްލާހު ހުށަހެޅުއްވުމަށް ފުރުސަތު ދ،ީ އެގޮތުން ހުށަހަޅުއްވާ އިސްލާހުތަކަށް ވޯޓަށް އެހުން ހިމެނެއެވެ.

އަދި މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި، ސިޔާސީ ޕާޓީތަކާއި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ތަމްސީލުކުރައްވާނެ ގޮތާމެދު ގޮތެއް ނިންމުން އޮންނާނީ ދެން އޮންނަ މަޖިލީހުގެ ޖަލްސާއެއްގައި ކަމަށް ބުނެފައިވެއެވެ.

އެހެންކަމުން ބުރާސްފަތި ދުވަހު ބާއްވާ ޖަލްސާގައި ދާއިމީ ކޮމިޓީއަށް މެންބަރުން އައްޔަންކުރުމާ ގުޅޭ މައްސަލައެއް ނުނިމޭނެއެވެ. އަދި އެ މައްސަލަ ނުނިމޭނަމަ، ގަވާއިދާ ހިލާފަށް، މަޖިލިހުގެ ރިޔާސަތު ނުބަލަހައްޓާ މައްސަލަ އަދި މަޖިލީހުގެ ރައީސާއި ނައިބުރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ އިތުރުން އެހެން އެއްވެސް މަސައްކަތެއް މި ދައުރުގެ ތެރޭގައި ނުކުރާނެއެވެ.

މަޖިލީހުގެ ގަވާއިދު ބުނާގޮތުން، މިއަހަރުގެ ދެވަނަ ދައުރު ނިމޭނީ ޖޫން މަހުގެ ނިޔަލަށެވެ. އަދި ކުރިއަށް އޮތީ އީދު ބަންދު ދުވަސްތަކާއި އީދާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ރަސްމީކޮށް ބަންދުކަމަށް ކަނޑައަޅުއްވާފައިވާ ދުވަސްތައްކަމުން، މި މަހުގެ ރަސްމީ ފަހު ދުވަހަކީ ބުރާސްފަތި ދުވަހެވެ.

ބުރާސްފަތި ދުވަހު ޖަލްސާއެއް އެޖެންޑާކޮށްފައިވާއިރު، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ މަޖިލީހުގެ ކުރިއަށް ހުރި ޖަލްސާތައް ނުބާއްވާނެކަމަށާއި، އަދި މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު، އިތުބާރު ނެތްކަމުގެ މައްސަލަ ނުނަގާހާ ހިނދަކު ނުބަލަހައްޓަވާނެކަމަށް ވިދާޅުވެފައެވެ.

މަޖިލީހުގެ ގަވާއިދުގައި ބުނާގޮތުން، ދައުރު ނިމޭ ޖަލްސާ ބާއްވާނީ، އެ ދައުރުގެ ތެރޭގައި އަންނަ އެންމެ ފަހު ބުރާސްފަތި ނުވަތަ ހޯމަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
100%
0%
0%
0%
ކޮމެންޓް
ގުޅުންހުރި