Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުކުތުބުހާނާ

ބައްޕައެއްގެ ފަރާތުން ދަރިއަކަށް ވާރުތަ ކުރި އަގުބޮޑު ޚަޒާނާގެ ފައިދާ މުޅި އަވަށުގެ އެތައް ޖީލަކަށް

16 ޖޫން 2023 | ހުކުރު 09:37

އޭނާގެ އަތުގައި އޮތް ލިޔެކިޔުންތަކަކީވެސް ގާތްގަނޑަކަށް 100 ވަރަކަށް އަހަރު ވެފައިވާ ލިޔެކިޔުންތަކެއް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 16 ޖޫން 2023 | ހުކުރު 09:37
ޝައިޚް ޒައިދު މުޙައްމަދު ފާރިސް؛ ކުތުބުޚާނާގެ ވެރިޔާ

ޝައިޚް ޒައިދު މުޙައްމަދު ފާރިސް؛ ކުތުބުޚާނާގެ ވެރިޔާ

ޒަމާނީ ޓެކްނޮލޮޖިއާއި އެކީ ދިރިއުޅުމުގެ އެކި މައިދާންތަކަށް އިންޤިލާބީ ބަދަލު އައި ކަމުގައި ވީ ނަމަވެސް، ބައެއް ކަހަލަ އާދަތަކަކީ، އެންމެ އިހުގައިވެސް އެކަން ކުރި ގޮތަށް ކޮށްގެން މެނުވީ، އެކަމުގެ ފުރިހަމަ އުފަލާއި ލައްޒަތު ލިއްބައި ނުދޭ ކަންކަމެވެ. ހަމަ ލޮލަށް ނުފެންނަ ފޮތް ހަރުގަނޑުތަކުގައި އެތައް މިލިއަން ކަރުދާހެއްގެ މަޢުލުމާތު ރައްކާ ކުރެވެން އޮތް އަދުގެ ދުނިޔޭގައި، އަތުން ހިފާ ގެންގުޅެވޭ ލިޔެކިޔުންތަކުން ފުރި ބާރުވެފައިވާ ކުތުބުޚާނާއެއްގެ ބޭނުމެއް އޮވެދާނެ ކަމާ މެދު ބައެއް މީހުންގެ ހިތުގައި ސުވާލު އުފެދުމަކީ އެކަށީގެން ވާ ކަމެކެވެ. ނަމަވެސް، ޙަޤީޤީ ފޮތްތެރިކަމަށް ލޯބި ކުރާ މީހުންނަށް، މިފަދަ ކުތުބުޚާނާއެއްގެ އަގު، ޒަމާނީ، މަސްނޫޢީ ކުތުބުޚާނާތަކަށް ވުރެ މާ ބޮޑު ކަމީ، ޤާބޫލު ކުރަން ޖެހޭ ކަމެކެވެ.

ބަރިބަރިއަށް ޖަހާފައި ވާ ފޮތްތަކާއި ލިޔެކިޔުންތަކުގެ ތެރޭގައި އިށީނދެލައިގެން އެ އިނީ ޒައިދު މުޙައްމަދު ފާރިސްއެވެ. ޒައިދަކީ ޢިރާޤުގެ އުތުރުގެ ސަރަޙައްދެއް ކަމަށް ވާ ބަރުދަރަޝްގެ ޝައިޚްއެކެވެ. މިހާރު އޭނާގެ އަތުގައި އޮތް ލިޔެކިޔުންތަކަކީވެސް ގާތްގަނޑަކަށް 100 ވަރަކަށް އަހަރު ވެފައިވާ ލިޔެކިޔުންތަކެކެވެ. ޒައިދު އެ އިން ކުތުބުޚާނާއަކީ "މުޙައްމަދު ފާރިސް" ކުތުބުޚާނާއެވެ. 1936 ވަނަ އަހަރު ހުޅުވި އެ ކުތުބުޚާނާއަކީ އަގު ހުރި އެތައް ލިޔެކިޔުމެއް އެތަނެއްގައި ހުރި ކުތުބުޚާނާއެކެވެ.

މި ކުތުބުޚާނާއަކީ ޒައިދުގެ ބައްޕަ ހުޅުވި ކުތުބުޚާނާއެކެވެ. އެއީ އެ ދެބެފައިން ނިސްބަތްވާ ދިލިޖާން އަލް-ކަބީރު އަވަށުގައި ފުރަތަމަ ސްކޫލެއް ހުޅުވުމުގެވެސް 30 ވަރަކަށް އަހަރު ކުރިންނެވެ. އޭގެ ފަހުން އަދާ ޖެހުނުއިރުވެސް "މުޙައްމަދު ފާރިސް" ކުތުބުޚާނާގެ ދޮރުތައް ބަންދުކޮށްފައެއް ނުވެއެވެ. އެކި ބަސްބަހުން، އެކި މަޢުލޫތަކަށް ލިޔެފައިވާ އެތައް ސަތޭކަ ޚާޒާނާއެއް ހުރި އެ ކުތުބުޚާނާގެ ޚިދުމަތް އަދިވެސް ދަނީ ކުރިއަށެވެ.

ފަރީޤު އިބްރާހީމްއަކީ އޭނާ އެންމެ ކުޑަ ދުވަހުން ފެށިގެން "މުޙައްމަދު ފާރިސް" ކުތުބުޚާނާގެ ޚިދުމަތް ހޯދާ މީހެކެވެ. ތަޢުލީމު ޙާޞިލު ކުރި ދުވަސްވަރާއި އޭގެ ފަހުންވެސް "މުޙައްމަދު ފާރިސް" ކުތުބުޚާނާގެ ސަބަބުން އޭނާއަށް ވަމުން ދިޔަ ފައިދާތައް މަތިން، ފަހަރެއްގައިވެސް އޭނާ ހަނދާން ނައްތައެއް ނުލައެވެ.

ޒައިދު ބުނި ގޮތުގައި ކުތުބުޚާނާގެ މަސައްކަތްތައް މި ގޮތުގައި ކުރިއަށް ގެންދިއުމަށް އޭނާއަށް ލިބޭ އެންމެ ބޮޑު ހިތްވަރަކަށް ވަނީ، ރަނގަޅު ފެންވަރުގައި ކުތުބުޚާނާގެ ކަންކަން ބެލެހެއްޓުމަށް ބައްޕަ ކުރި ބުރަ މަސައްކަތް އޭނާއަށް ފެނިފައި އޮތް އޮތުމެވެ.

ޢިރާޤަކީ ޢަރަބި ތާރީޚާއި މުހިންމު ލިޔެކިޔުންތަކެއް ރައްކާ ކޮށްފައި ވާ ގިނަ ކުތުބުޚާނާތަކެއް ހުންނަ ޤައުމެކެވެ. ޢިރާޤަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ މެދުގައިވެސް ޢިރާޤުގެ ކުތުބުޚާނާތަކަކީ މަޤުބޫލު މަންޒިލެކެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

26 މާރިޗު 2019

ބޮލީވުޑްގެ އެންމެ އަގުބޮޑު އަންހެން ތަރިއަކަށް ކަންގަނާ؟

26 މާރިޗު 2019
ބޮލީވުޑްގެ އެންމެ އަގުބޮޑު އަންހެން ތަރިއަކަށް ކަންގަނާ؟
09 އެޕްރީލު 2018

އެންމެ އަގުބޮޑު ސީރީޒްއަކަށް ލޯޑް އޮފް ދަ ރިންގްސް

09 އެޕްރީލު 2018
އެންމެ އަގުބޮޑު ސީރީޒްއަކަށް ލޯޑް އޮފް ދަ ރިންގްސް
04 ޖެނުއަރީ 2018

ކިމް ކާޑޭޝިއަން ދެން އަގުބޮޑު ގަހަނާތަކެއް ގޭގައި ނުބަހައްޓާނެ

04 ޖެނުއަރީ 2018
ކިމް ކާޑޭޝިއަން ދެން އަގުބޮޑު ގަހަނާތަކެއް ގޭގައި ނުބަހައްޓާނެ
29 ނޮވެމްބަރު 2017

އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ ކަރަންގެ ފަރާތުން: ވަރުން ދަވަން

29 ނޮވެމްބަރު 2017
އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ ކަރަންގެ ފަރާތުން: ވަރުން ދަވަން
30 ޖޫން 2017

ޑޮމިނޯސްގެ ފަރާތުން ލޮޓާ ޗޮކާ ޕިއްޒާ ތައާރަފުކޮށްފި

30 ޖޫން 2017
ޑޮމިނޯސްގެ ފަރާތުން ލޮޓާ ޗޮކާ ޕިއްޒާ ތައާރަފުކޮށްފި
15 މެއި 2017

އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ ކަރީނާގެ ފަރާތުން: ސޮހާ

15 މެއި 2017
އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ ކަރީނާގެ ފަރާތުން: ސޮހާ
22 އެޕްރީލު 2017

ސޮހާ ފުރަތަމަ ދަރިއަކަށް ބަނޑުބޮޑު

22 އެޕްރީލު 2017
ސޮހާ ފުރަތަމަ ދަރިއަކަށް ބަނޑުބޮޑު
22 އެޕްރީލު 2017

އަންހެން ޑައިރެކްޓަރުންގެ ފަރާތުން އާ ކަންތައްތަކެއް ދަސްވޭ: ޝާހުރުކް

22 އެޕްރީލު 2017
އަންހެން ޑައިރެކްޓަރުންގެ ފަރާތުން އާ ކަންތައްތަކެއް ދަސްވޭ: ޝާހުރުކް
23 މާރިޗު 2017

ނަޗްބަލިޔޭ8: އެންމެ އަގުބޮޑު ޖޯޑަކަށް ބާރްތީ ސިންގ އާއި އޭނާގެ ލޯބިވެރިޔާ!

23 މާރިޗު 2017
ނަޗްބަލިޔޭ8: އެންމެ އަގުބޮޑު ޖޯޑަކަށް ބާރްތީ ސިންގ އާއި އޭނާގެ ލޯބިވެރިޔާ!
08 މާރިޗު 2017

ވިޝްކާގެ މައްސަލާގައި ރިޝްމީގެ ފަރާތުން ކޯޓުގައި ޖަވާބުދާރީ ވެއްޖެ

08 މާރިޗު 2017
ވިޝްކާގެ މައްސަލާގައި ރިޝްމީގެ ފަރާތުން ކޯޓުގައި ޖަވާބުދާރީ ވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް