Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޖިއްލާބިޔާ ހެދުން

"އަހަރުމެންނެއް ނޫން ވަޒީފާ ޚިޔާރު ކުރަނީ، ވަޒީފާ، އަހަރުމެން ޚިޔާރު ކުރަނީ"

1 ޖޫން 2023 | ބުރާސްފަތި 05:03

ހާނީ މުސާޢިދުގެ އުއްމީދަކީ ޖިއްލާބިޔާ ބްރޭންޑެއް ތަޢާރަފު ކޮށް ކާޑުތަކުގަ އެމީހުންގެ ނަން ޖަހާފަ 'ޞަބްޙީ ދަ ޓެއިލަރ' ޓެގު ހަރުކުރުން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 1 ޖޫން 2023 | ބުރާސްފަތި 05:03
މިޞްރުގައި އާންމުކޮށް ޖިއްލާބިޔާ ލާ އުޅެނީ އައްސޭރިފަށުގެ ރަށްފުށު ހިސާބުތަކާއި، މިޞްރުގެ އުތުރުކޮޅާ ވީ ހިސާބުގަނޑަށް ނިސްބަތްވާ ފިރިހެނުން

މިޞްރުގައި އާންމުކޮށް ޖިއްލާބިޔާ ލާ އުޅެނީ އައްސޭރިފަށުގެ ރަށްފުށު ހިސާބުތަކާއި، މިޞްރުގެ އުތުރުކޮޅާ ވީ ހިސާބުގަނޑަށް ނިސްބަތްވާ ފިރިހެނުން

މިހާރު ޢުމުރުން 51 އަހަރު ފުރިފައި ވާ ޞަބްޙީ މުސާޢިދު ނިސްބަތް ވަނީ، ފެހުމުގެ މަސައްކަތުގައި އެތައް ޖީލެއް ހޭދަ ކޮށްފައި ވާ މިޞްރު ޢާއިލާއަކަށެވެ. ޞަބްޙީގެ ޢާއިލާ ޚާއްޞަ ވަނީ މިޞްރުގެ ޘަޤާފީ ހެދުމެއް ކަމަށް ވާ ޖިއްލާބިޔާ ބަލާދީއޭ ކިއާ ވައްތަރުގެ ހެދުން ފެހުމުގެ މަސައްކަތަށެވެ. އެއީ ދިރިއުޅުމުގެ ކަންކަމަށް އާމްދަނީ ހޯދަންވެސް ކުރާ މަސައްކަތެވެ.

މިޞްރުގައި އާންމުކޮށް ޖިއްލާބިޔާ ލާ އުޅެނީ އައްސޭރިފަށުގެ ރަށްފުށު ހިސާބުތަކާއި، މިޞްރުގެ އުތުރުކޮޅާ ވީ ހިސާބުގަނޑަށް ނިސްބަތްވާ ފިރިހެނުންނެވެ. ޖިއްލާބިޔާއަކީ ގަޔަށް ދޫކޮށް، އަތް ދިގުކޮށް، ގިރުއާން ނާޅާ ހުންނަ ހެދުމެކެވެ.

ޢާއިލީ ވިޔަފާރީގެ ތެރެއަށް ޞަބްޙީ ވަނީ އޭނާގެ ޢުމުރުން އެންމެ 11 އަހަރުގައެވެ. އުފަން ވަޒަން ކަމަށް ވާ ޤީނާއިން، އައްސޭރިފަށުގެ ސިޓީއެއް ކަމަށްވާ އިސްކަންދަރިއްޔާއަށް އޭނާގެ ދިރިއުޅުން ބަދަލު ކުރީ މީގެ 14 ވަރަކަށް އަހަރު ކުރިންނެވެ. ޢާއިލީ މަސައްކަތް، ކުރިއަށް އޮތް ޖީލުތަކަށް ވާރުތަކޮށްދިނުމުގެ މަޤްޞަދުގައި، ޞަބްޙީ ވަނީ، އޭނާގެ 4 ދަރިންނަށްވެސް ޖިއްލާބިޔާގެ ފަންނުވެރިކަން ދަސްކޮށްދީފައެވެ.

ޖިއްލާބިޔާ ފެހުގެ ޢާއިލީ ވިޔަފާރިއާއި މަސައްކަތުގެ ތެރެއަށް ވަނުން،ޞަބްޙީގެ 26 އަހަރުގެ ފިރިހެން ދަރިފުޅު، ހާނީ މުސާޢިދަށް އެންމެ ފުރަތަމަ، މާ ފަސޭހަ ކަމަކަށް ނުވިއެވެ. ނަމަވެސް، މިޞްރުގެ ތަރިކަ ދެމެހެއްޓުމުގައި އޭނާގެ ޢާއިލާއިން އަދާ ކުރަމުންދާ މުހިންމު ދައުރުގެ އަގު ވަޒަން ކުރެވި، އެ މަސައްކަތާ ގުޅުނީއެވެ.

ޖިއްލާބިޔާ ފެހުމުގެ މަސައްކަތުގައި ހާނީގެ ޢުއްމީދުތައް ކިތަންމެހާވެސް ފޮންޏެވެ. އޭނާ ހުރީ، ޢާއިލީ ވިޔާފަރިއަކީ ނަން ހިނގާ ބްރޭންޑަކަށް ހެދުމުގެ ވަރުގަދަ ޢަޒުމުގައެވެ.

ޖިއްލާބިޔާއަކީ ނީލަ ކޯރު ސަރަޙައްދުގެ ޘަޤާފީ ތަރިކައެކޭވެސް ބުނެވިދާނެއެވެ. މިޞްރުގެ އިތުރުން ސޫދާންއާއި އެރިޓްރިއާ ފަދަ ޤައުމުތަކުގައި ޖިއްލާބިޔާއަކީ މަޤުބޫލު ހެދުމެކެވެ. ޖިއްލާބިޔާއަކީ އާންމުކޮށް ހުދު ފޭރާމުގައި ފަހާ އެއްޗަކަށް ވީ ނަމަވެސް، މިޞްރުގައި އެކި ކުލަކުލައިގެ ޖިއްލާބިޔާ ފަހާ އުޅެއެވެ. އަދި އެކި ފަރުމާތަކުން އެ ޖިއްލާބިޔާތައް ޒީނަތްތެރި ކުރާ އިރު، އަންހެނުންނަށް ޚާއްޞަ ޖިއްލާބިޔާތައްވެސް މިޞްރުގައި ހުރެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

މާޗް 8 ގައި "ވިޝްކާ" ރިލީޒް ކުރަނީ

05 ފެބުރުއަރީ 2017
 މާޗް 8 ގައި "ވިޝްކާ" ރިލީޒް ކުރަނީ
03 ފެބުރުއަރީ 2017

ޖެކޮލިންގެ ފުރަތަމަ ހޮލީވުޑް ފިލްމް އޮގަސްޓް މަހު ރިލީޒް ކުރަނީ

03 ފެބުރުއަރީ 2017
ޖެކޮލިންގެ ފުރަތަމަ ހޮލީވުޑް ފިލްމް އޮގަސްޓް މަހު ރިލީޒް ކުރަނީ
02 ފެބުރުއަރީ 2017

ޓްވިންސަކަށް ބިޔޯންސޭ ބަލިވެ އިން ޚަބަރާއެކު އެތައް މިލިއަން ބަޔަކު އިންޓަނެޓްގައި އުފާ ފާޅުކުރަނީ

02 ފެބުރުއަރީ 2017
ޓްވިންސަކަށް ބިޔޯންސޭ ބަލިވެ އިން ޚަބަރާއެކު އެތައް މިލިއަން ބަޔަކު އިންޓަނެޓްގައި އުފާ ފާޅުކުރަނީ
01 ފެބުރުއަރީ 2017

ރިތިކްގެ ލޯ ހަދިޔާކުރަނީ

01 ފެބުރުއަރީ 2017
ރިތިކްގެ ލޯ ހަދިޔާކުރަނީ
26 ޖެނުއަރީ 2017

މީޑިއާ ކުރިމަތީގައި އެކަކު އަނެކަކާ ހީލާ ބައްދާލުމަކީ ރަޙުމަތްތެރިކަމެއް ނޫން: ރާކޭޝް ރޯޝަން

26 ޖެނުއަރީ 2017
މީޑިއާ ކުރިމަތީގައި އެކަކު އަނެކަކާ ހީލާ ބައްދާލުމަކީ ރަޙުމަތްތެރިކަމެއް ނޫން: ރާކޭޝް ރޯޝަން
25 ޖެނުއަރީ 2017

ފިލްމު "އިރާދާ" އަންނަ މަހު 17 ގައި ރިލީޒްކުރަނީ

25 ޖެނުއަރީ 2017
ފިލްމު "އިރާދާ" އަންނަ މަހު 17 ގައި ރިލީޒްކުރަނީ
24 ޖެނުއަރީ 2017

ހިންދީ ފިލްމު "މެޝިން" މާޗު މަހު ރިލީޒްކުރަނީ

24 ޖެނުއަރީ 2017
 ހިންދީ ފިލްމު "މެޝިން" މާޗު މަހު ރިލީޒްކުރަނީ
17 ޖެނުއަރީ 2017

ސަންޖޭ ދަތުގެ މައްޗަށް އުފައްދާ ބަޔޮޕިކާއި ސަލްމާން ޚާންގެ ފިލްމު "ޓައިގަރ ޒިންދާ ހޭ" އާ އެއްދުވަހެއްގައި ރިލީޒްކުރަނީބާ؟

17 ޖެނުއަރީ 2017
ސަންޖޭ ދަތުގެ މައްޗަށް އުފައްދާ ބަޔޮޕިކާއި ސަލްމާން ޚާންގެ ފިލްމު "ޓައިގަރ ޒިންދާ ހޭ" އާ އެއްދުވަހެއްގައި ރިލީޒްކުރަނީބާ؟
15 ޖެނުއަރީ 2017

ނޮމިނޭޝަންތައް އޮންލައިންކޮށް އިޢުލާންކުރަނީ

15 ޖެނުއަރީ 2017
ނޮމިނޭޝަންތައް އޮންލައިންކޮށް އިޢުލާންކުރަނީ
07 ޖެނުއަރީ 2017

ޖެކީ ޗެންގެ "ކުންގް ފޫ ޔޯގާ" މިމަހު 28 ގައި ރިލީޒްކުރަނީ!

07 ޖެނުއަރީ 2017
ޖެކީ ޗެންގެ "ކުންގް ފޫ ޔޯގާ" މިމަހު 28 ގައި ރިލީޒްކުރަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް