Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ފިލްމާއި މިޔުޒިކް
ލޯބިވެވިއްޖެ ފިލްމް

"ލޯބިވެވިއްޖެ" ފިލްމް ބަލާލަން ބޮލީވުޑްގެ ބަތަލް އާފްތާބް ރާއްޖެ އަށް - "ހުރީ ވަރަށް އުންމީދުގައި"

"ލޯބިވެވިއްޖެ" ފިލްމުގެ ޓިކެޓް އޮލިމްޕަސް ކައުންޓަރުން ލިބެން ހުންނާނެ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 14 މެއި 2023 | އާދީއްތަ 10:42
ލޯބިވެވިއްޖެ ފިލްމް ބަލާލަން ބޮލީވުޑްގެ ބަތަލް އާފްތާބް ރާއްޖެ އަށް

ލޯބިވެވިއްޖެ ފިލްމް ބަލާލަން ބޮލީވުޑްގެ ބަތަލް އާފްތާބް ރާއްޖެ އަށް

ލޯބިވެވިއްޖެ ފިލްމް ބަލާލަން ބޮލީވުޑްގެ ބަތަލް  އާފްތާބް ޝިވްދަސާނީ ރާއްޖެ އަށް އައިސްފިއެވެ.

އާފްތާބް އެ ފިލްމް ބަލާލަންދާ ޝޯއަކީ ޚާއްސަ ސްކްރީނިން އެއްގެ ގޮތުގައި ކުރިއަށް ގެންދަން ލޯބިވެވިއްޖެގެ ޓީމުން ވަނީ ނިންމާފައެވެ. އެގޮތުން ލޯބިވެވިއްޖެގެ ޚާއްސަ ސްކްރީނިން ބޭއްވުމަށް ހަމަޖެހިފައި ވަނީ ވަރަށް ކުލަގަދަކޮށެވެ. މި މަހުގެ 16 ވަނަ ދުވަހު ބާއްވާ އެ އިވެންޓް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ރަތް ދޫލައިގައެވެ. އެ އިވެންޓް އޮންނާނީ 20:00ގައެވެ.

އޭނާ ރާއްޖެ އައިސްފައި ވަނީ ބުދަ ދުވަހު މެންދުރުގެ ވަގުތެއްގައެވެ.

ރާއްޖެ އައުމަށް ފަހު މީޑިއާ އާއި ވާހަކަދައްކަމުން އޭނާ ބުނީ ރާއްޖެ އަށް އައިސް ރާއްޖޭގެ ފަންނާނުންތަކެއް ކޮށްފައިވާ މަސައްކަތެއް ބަލާލުމަކީ އޭނާ އަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަަމަށެވެ. ފަންނާނުންނަކީ އޭނާ ވަރަށް ގަދަރުކުރާ ބައެއް ކަމަށާއި ލޯބިވެވިއްޖެ ފިލްމާއި މެދު އޭނާ ކުރާ އުންމީދު ވަރަށް ބޮޑު ކަމަށް ވަނީ ބުނެފައެވެ. އާފްތާބް ބުނީ މި ފިލްމުގެ ބަތަލު އަދި ޑައިރެކްޓަރ އަލީ ސީޒަން އަކީ އޭނާގެ ގާތް ރަހުމަތްތެރިޔަކަށް ވުމަކީ މި ފިލްމާއި މެދު އޭނާގެ ޝައުގުވެރިކަން އިތުރުވާކަމެއް ކަމަށެވެ.

އާފްތާބް ވަނީ ރާއްޖޭގެ ފިލްމް އިންޑަސްޓްރީ އަށް ތައުރީފްކޮށްފައެވެ. އަދި އޭނާ ވަނީ މި އިންޑަސްޓްރީގައި އޭނާގެ ގާތް ރަހުމަތްތެރިން ތިބިކަމަށް ވެސް ބުނެފައެވެ. އޭނާ އިތުރަށް ބުނީ ރާއްޖޭގައި އޭނާ ދުވަސް ހޭދަކުރާނެ ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށާއި އެނާ ގަބޫލުކުރާ ގޮތުން ރާއްޖޭގައި ހޭދަކުރާ ދުވަސްތައް އެންމެ ފުރިހަމަ ވަނީ ޕްލޭނެއް ނެތި ކުރިއަށް ދިއުމުން ކަމަށެވެ.

ގިނަ ބަޔަކު އިންތިޒާރުކުރަމުން އައި މި ފިލްމް ލޯންޗްކޮށްފައިވަނީ މޭއި މަހުގެ 3 ވަނަ ދުވަހުއެވެ. އެސް ޕްރޮޑަކްޝަންސްއާއި ސެޓަރން ސްޓޫޑިއޯ ގުޅިގެން އުފައްދާފައިވާ މި ފިލްމުން ފެނިގެންދާ ތަރިންގެ ތެރޭގައި ސީޒަން އަލީ، އާމިނަތު ރިޝްފާ، މަރިޔަމް އައްޒަ އަދި އަހްމަދު އީސާ (އާނަންދު) ފަދަ ތަރިން ފެނިގެންދާ މި ފިލްމަކީ އަލީ ސީޒަން ގެ ޑައިރެކްޝަނެވެ.

ސްކްރީން ރައިޓަރ އަހުމަދު ޒަރީރުގެ ސްކްރީން ޕްލޭ އަކަށް ތައްޔާރުކޮށްފައިވާ މި ފިލްމު ކެމެރާކޮށްފައިވަނީ އިބްރާހީމް މޫސާ (ދަބަ)އެވެ. މި ފިލްމުން ރާއްޖެއާއި ސްރީލަންކާގެ ރީތި މަންޒަރުތައް ފެނިގެންދާނެއެވެ.

ސަސްޕެންޝަން ބޮޑު، އާއްމުންގެ ޝައުގުވެރިކަން ދަމައިގަންނާނެ ފަދަ ފިލްމަކަށް މި ފިލްމް ވާނެ ކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނެއެވެ. އަދި ލޯބީގެ ފިލްމެއްގެ ގޮތުގައި ގެނައިނަމަވެސް މި ފިލްމަކީ ތަފާތު ވާހަކައެއްގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެއް ކަމަށް، ފިލްމުގެ ޕްރޮޑަކްޝަނުން ވަނީ ބުނެފައެވެ.

"ލޯބިވެވިއްޖެ" ފިލްމުގެ ޓިކެޓް އޮލިމްޕަސް ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އެ ފިލްމުގެ ޓިކެޓު ގަތުމަށް ޚާއްސަ ނަންބަރު 7458800ށް ގުޅައިގެންވެސް ޓިކެޓު ގަނެވޭނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބޮލީވުޑްގެ މަޝްހޫރު ކޮމީޑިއަން އާސްރާނީ މަރުވެއްޖެ

ބޮލީވުޑްގެ މަޝްހޫރު ކޮމީޑިއަން އާސްރާނީ މަރުވެއްޖެ

21 އޮކްޓޯބަރު 2025
ބެލުންތެރިންނަށް ޚާއްސަ ހަދިޔާއަކާއެކު "ލޯބިވެވިއްޖެ" ލޯންޗްކޮށްފި

ބެލުންތެރިންނަށް ޚާއްސަ ހަދިޔާއަކާއެކު "ލޯބިވެވިއްޖެ" ލޯންޗްކޮށްފި

04 މެއި 2023
ޕަދްމާވަތު ޝަންހާއީ ފިލްމް ފެސްޓިވަލްގައި ވާދަކުރަނީ

ޕަދްމާވަތު ޝަންހާއީ ފިލްމް ފެސްޓިވަލްގައި ވާދަކުރަނީ

05 ޖޫން 2018

އަހަރުތަކުން މިއަދު

19 ޖޫން
"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި
20251 އަހަރު ކުރިން
ދުނިޔެ

"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ
20242 އަހަރު ކުރިން
ރާއްޖެ

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!

ސަޢީދު: އެންމެ ބޭކާރު ވަޒީރު
20188 އަހަރު ކުރިން
ރިޕޯޓު

ސަޢީދު: އެންމެ ބޭކާރު ވަޒީރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު