Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމާލޭ ލީގު

އީގަލްސް މެޗަކީ ގަދަ ހަތަރަކަށް އަރަން ލިބޭ އެންމެ މުހިންމު މެޗު: ނިޒާމްބެ

މާލޭ ލީގަކީ ފާއިތުވެދިޔަ ފަސް އަހަރު ތެރޭގައި އެންމެ ވާދަވެރި ލީގު

ލީވާން އަލީ
ލީވާން އަލީ | 9 ޖުލައި 2017 | އާދީއްތަ 08:53
ޓީސީގެ ކުޅުންތެރިންނާއެކު އެޓީމުގެ ކޯޗު މުހައްމަދު ނިޒާމް

ޓީސީގެ ކުޅުންތެރިންނާއެކު އެޓީމުގެ ކޯޗު މުހައްމަދު ނިޒާމް

މާލޭ ލީގުގައި ކްލަބް އީގަލްސްއާ ދެކޮޅަށް ނިކުންނަ މެޗަކީ ގަދަ ހަތަރަކަށް އަރަން ލިބޭ އެންމެ މުހިންމު މެޗުކަމަށް ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ނިޒާމްބެ ބުނީ މާލޭ ލީގާ މެދު އެއްޗެއް ބުނަން އެނގޭނީ ކުރިޔަށް އޮތް ތިން މެޗު ނަގައިގެން ކަމަށާއި، އެގޮތުން އީގަލްސް މެޗަކީ ގަދަ ހަތަރެއްގެ ޖާގައެއް ހޯދަން ބޭނުންނަމަ ކާމިޔާބުކުރަންޖެހޭ އެންމެ މުހިންމު މެޗުކަމަށެވެ.

ނިޒާމްބެ ބުނީ އެހެން ޓީމުތަކާ އަޅާބަލާއިރު ޓީސީ އަށްވެސް އޮތީ ހަމަހަމަ ފުރުސަތެއް ކަމަށާއި، ކަލްކިއުލޭޝަންތައް ހަދާއިރު ޕޮއިންޓްތަކެއް ހޯދައިގެން ގަދަ ހަތަރެއްގެ ޖާގަ ކަށަވަރުކުރުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށެވެ.

ނިޒާމްބެ ބުނީ، މިދިޔަ ސީޒަނަށްވުރެ މި ސީޒަނުގައި ޓީސީގެ ބައެއް ކަންތައްތައް ރަނގަޅު ކަމަށާއި، އެހެންނަމަވެސް ޕޮއިންޓް ތާވަލަށް ބަލާއިރު، އެހެން ސީޒަންތަކަށްވުރެ މި ސީޒަނުގައި ޓީސީ ދަށުގައި އޮތް ކަމަށެވެ. އެގޮތުން އޭނާ ބުނީ ވަރަށް ބައިވަރު ކަންތައްތައް އެބަހުރި ކަމަށާއި، އެކަންތައްތައް ރަނގަޅުކުރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

މާލޭ ލީގާ ބެހޭގޮތުން ނިޒާމްބެ ބުނީ މިއީ ފާއިތުވެދިޔަ ފަސް އަހަރެއްގެ ތެރޭގައި ބޭއްވުނު އެންމެ ވާދަވެރި ލީގު ކަމަށާއި، ކުއްލިއަކަށް ބްރޭކްތައް ނައިނަމަ ލީގު އަދި މިއަށްވުރެ ފޯރިގަދަވާނެ ކަމަށެވެ.

ލީގުގައި ޓީސީ އޮތީ ކުޅުނު 11 މެޗުން ލިބުނު 15 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަ ވަނައިގައެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ކްލަބު ފްރެންޑްލީ: އީގަލްސްގެ މައްޗަށް ޓީސީ ކުރި ހޯދައިފި

31 ޖެނުއަރީ 2017
ކްލަބު ފްރެންޑްލީ: އީގަލްސްގެ މައްޗަށް ޓީސީ ކުރި ހޯދައިފި
31 ޖެނުއަރީ 2017

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

31 ޖެނުއަރީ 2017
ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް
27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
17 ޖެނުއަރީ 2017

އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން

17 ޖެނުއަރީ 2017
އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު