Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއިސްކޮޅުން ކުރު ފުޓްބޯޅަ ޓީމް

ލޯގަނޑެއްގެ ކުރިމައްޗަށް ހުއްޓި، މި ސިފައަށް ހުންނަނީ ކީއްވެބާއޭ ހިތަށް އެރިތަ؟

2 މެއި 2023 | އަންގާރަ 16:25

ޣައްޒާގެ މަގުމަތީގައި ފުޓުބޯޅަ ކުޅެމުން ބޮޑުވަމުން އައި، އައްސަގާގެ އުއްމީދަކީ އަރަބި އަދި ބައިނަލްއަގުވާމީ ދުނިޔޭގެ މުބާރާތްތަކުގައި ވާދަކުރުން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 2 މެއި 2023 | އަންގާރަ 16:25
އައްސަގާގެ ޓީމުން ވަނީ ލުބްނާނުގައި ދިރިއުޅެމުންދާ ފަލަސްތީނުގެ އެފަދަ މެންބަރުންގެ ޓީމަކާ ގުޅި، އިސްކޮޅުން ކުރު މީހުންގެ ގައުމީ ޓީމެއް އެކުލަވާލާފައި

އައްސަގާގެ ޓީމުން ވަނީ ލުބްނާނުގައި ދިރިއުޅެމުންދާ ފަލަސްތީނުގެ އެފަދަ މެންބަރުންގެ ޓީމަކާ ގުޅި، އިސްކޮޅުން ކުރު މީހުންގެ ގައުމީ ޓީމެއް އެކުލަވާލާފައި

ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްގައި ކުރިއަށްގެންދާ ފުޓުބޯޅަ ތަމްރީނުތަކަށް، ހައިސަމް އައްސަގާ ތައްޔާރުވަނީ ނުހަނު ޝައުގުވެރިކަމާ އެކުގައެވެ. ނޫކުލައިގެ ފުޓުބޯޅަ ބޫޓަށް އަރައި، ނާޑުވާ އައްސަމުން ދާ ދިއުމަކީ ކޮންމެ ހަފުތާއެއްގެވެސް އާދައެވެ.

އުމުރުގެ އެހެން މީހުންނަށްވުރެ އިސްކޮޅުން ކުރުކޮށް ހެދިބޮޑުވެފައި ހުއްޓެއްކަމަކު، އެއީ ކުޅިވަރުގެ ރޮނގުން ކުރިއަށް ދިއުމަށް އައްސަގާއާއި އޭނާފަދަ އެހެން އެކުވެރިންނަށް އޮތް ހުރަހަކަށް ފަހަރެއްގައިވެސް ނުހަދައެވެ. އޭނާފަދަ އެހެން އެކުވެރިން އެއްތަންވެ، އަމިއްލަ ފުޓުބޯޅަ ސްކޮޑެއް އެކުލަވާލަން ނިންމައި، އަމަލީގޮތުން އެ މަސައްކަތް ފެށީ ސާބިތުކަމާއެކުގައެވެ. ކޮންމެވެސް ދުވަހަކުން ބައިނަލްއަގުވާމީ ފެންވަރުގެ މުބާރާތްތަކުގައި ވާދަކުރަން ލިބޭނެކަމުގެ ވަރުގަދަ އަޒުމުގައެވެ.

3 ދަރިންގެ ބައްޕަ، އައްސަގާ ފާހަގަކުރިގޮތުގައި ޓީމު އެކުލަވާލެވުމަކީ މުޅި ދިރިއުޅުން ބަދަލުކޮށްލި ކަމެކެވެ. މުޖުތަމައުގައި އޮތް ގަބޫލުކުރުންތަކެއްގެ ސަބަބުން، އައްސަގާފަދަ މީހުންނަކީ ތަފާތު ބައެއްކަމަށް ދެކެމުން ދިޔަނަމަވެސް، ސްކޮޑް އެކުލަވާލައި، އެކުގައި މަސައްކަތްކުރަން ފެށުނު ހިސާބުން އެމީހަކު ގަޔާވެ، ލޯބިކުރާ ކަމެއް، އިތުރު ކަމަކާ ވިސްނަންނުޖެހި ކޮށްލެވޭކަމަށް އޭނާ ބުންޏެވެ.

ޓީމުގެ ކޯޗުގެ މަގާމުގައި ހުރި މުހައްމަދު ޒަގުތު ފާހަގަކުރިގޮތުގައި އެންމެ 3 މީހުންނާއެކު ފެށި ސްކޮޑްގެ މެންބަރުންގެ އަދަދު 9ށް އިތުރުވީ އެންމެ 2 މަސް ދުވަހުގެ ތެރޭގައެވެ. ސްކޮޑްގެ ފަރިތަކުރުންތައް ކުރިއަށްގެންދަނީ، ހަފުތާއަކު 1 ފަހަރު، ކޮންމެ ދުވަހަކު 2 ގަޑިއިރަށެވެ.

އައްސަގާގެ ޓީމުން ދާދިފަހުން ވަނީ ލުބްނާނުގައި ދިރިއުޅެމުންދާ ފަލަސްތީނުގެ އެފަދަ މެންބަރުންގެ ޓީމަކާ ގުޅި، އިސްކޮޅުން، އެ އުމުރުގެ އެހެން މީހުންނަށްވުރެ ކުރު މީހުންގެ ގައުމީ ޓީމެއް އެކުލަވާލާފައެވެ.

ޣައްޒާގެ މަގުތައް މަތީގައި ފުޓުބޯޅަ ކުޅެމުން ބޮޑުވަމުން އައި، މިހާރު އުމުރުން 34 އަހަރު ފުރިފައިވާ އައްސަގާގެ އުއްމީދަކީ އަރަބި އަދި ބައިނަލްއަގުވާމީ ދުނިޔޭގެ މުބާރާތްތަކުގައި ވާދަކުރުމެވެ. އެ ހުވަފެންތައް ހަގީގަތަކަށް ވުން އިހުނަށްވުރެ ގާތްވެފައިވާކަމުގެ އިހުސާސް ކުރެވޭކަން އައްސަގާ ވަނީ ފާހަގަކޮށްފައެވެ.

އައްސަގާ ފަދައިން، އުމުރުގެ އެހެން މީހުންނަށްވުރެ އިސްކޮޅުން މާ ކުރުކޮށް ތިބޭ މީހުންނަކީވެސް އެންމެ ކުޑަ ދުވަހުން ފަށައިގެން ބާކީނުކޮށް ގެންގުޅެފިނަމަ، އެހެން މީހުންނެކޭ އެއްވަރަށް ނުވަތަ އެއަށްވުރެވެސް ފުރިހަމައަށް ކަންކަން ކުރެވޭނެ ބައެކެވެ. މިކަމަށް ގިނަ ފަހަރަށް އެޅިފައި އޮންނަ އެންމެ ބޮޑު ހުރަހަކީ، "ކުޅެދުމާއި ނުކުޅެދުމުގެ" މެދުގައި އެ މުޖުތަމައުން ގެންގުޅޭ ނަޒަރެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

16 ޑިސެމްބަރު 2022

މެސީގެ ފަހު ވޯލްޑްކަޕާއެކު އާޖެންޓީނާގެ ދިދަ ހަދާ މީހުން ބަސްހުއްޓިފައި!

16 ޑިސެމްބަރު 2022
މެސީގެ ފަހު ވޯލްޑްކަޕާއެކު އާޖެންޓީނާގެ ދިދަ ހަދާ މީހުން ބަސްހުއްޓިފައި!
14 އޮކްޓޯބަރު 2021

ޖަލުގެ ފާހާނާ ބޭނުންކުރަން ޖެހިދާނެތީ އާރިޔާން ޚާން ހުންނަނީ ނުކައި ނުބޮއެ

14 އޮކްޓޯބަރު 2021
ޖަލުގެ ފާހާނާ ބޭނުންކުރަން ޖެހިދާނެތީ އާރިޔާން ޚާން ހުންނަނީ ނުކައި ނުބޮއެ
20 ސެޕްޓެމްބަރު 2020

ރިއާގެ ކޮއްކޮ ޝޮވިކް އަބަދުހެން ހުންނަނީ މަސްތުވެގެން: ސުޝާންތުގެ ފާމްހައުސް މެނޭޖަރު

20 ސެޕްޓެމްބަރު 2020
ރިއާގެ ކޮއްކޮ ޝޮވިކް އަބަދުހެން ހުންނަނީ މަސްތުވެގެން: ސުޝާންތުގެ ފާމްހައުސް މެނޭޖަރު
15 އޮކްޓޯބަރު 2018

އަޖައިބެއް ފަދަ ވާހަކައިގެ ވީޑީއޯއަށް ގިނަ ބައެއްގެ ޝައުގު ހުއްޓިއްޖެ!؟

15 އޮކްޓޯބަރު 2018
އަޖައިބެއް ފަދަ ވާހަކައިގެ ވީޑީއޯއަށް ގިނަ ބައެއްގެ ޝައުގު ހުއްޓިއްޖެ!؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް