Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕްރެޒިޑެންޓްސް ކަޕް

އީގަލްސްއާ ދެކޮޅަށް ނުކުންނައިރު ކުރީ މެޗުގެ ކުޅުމާމެދު ފެސްކޯ ހިތްހަމަޖެހޭ

ވެލެންސިއާގައި ތިބޭނީ ވަރަށް ސީރިއަސް ކުޅުންތެރިން، ވެލެންސިއާ އުފެދިގެން އައީ ވެސް ޒުވާން ކުޅުންތެރިންގެ މައްޗަށް އެކުލެވިގެންވާ ޓީމަކުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 24 އެޕްރީލު 2023 | ހޯމަ 02:19
ވެލެންސިއާގެ ކޯޗު ފެސްކޯ

ވެލެންސިއާގެ ކޯޗު ފެސްކޯ

ޕްރެޒިޑެންޓްސް ކަޕްގައި ކުލަބު އީގަލްސްއާ ދެކޮޅަށް ނުކުންނައިރު، އެންމެ ފަހުން ސުޕަ ޔުނައިޓެޑު ސްޕޯޓްސް (ސަސް)އާ ދެކޮޅަށް ކުޅުނު މެޗުގައި ކުލަބު ވެލެންސިއާގެ ކުޅުންތެރިން ދެއްކި ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށް އެ ކުލަބުގެ ކޯޗު އަޙުމަދު މުޖުތަބާ (ފެސްކޯ) ބުނެފި އެވެ.

ފުރަތަމަ މެޗުގައި ސަސް އަތުން ބަލިވެފައި އޮތުމުން، މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދަން ބޭނުންނަމަ ވެލެންސިއާ އަށް ޖެހޭނީ އީގަލްސްއާ ދެކޮޅަށް ހައިރާންވާ ފަދަ ނަތީޖާއެއް ނެރޭށެވެ. އެ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ފެސްކޯ ބުނީ، ކުރީ މެޗުގައި ކުޅުންތެރިން ދެއްކި ކުޅުން ވަރަށް ރަނގަޅު ކަމަށެވެ. ނަމަވެސް ނަތީޖާ އަށް ބަލާކަމުގައި ވަނީނަމަ، ނަތީޖާގެ ފަރަގު ތަން ކޮޅެއް ބޮޑު ކަމަށެވެ. ފެސްކޯ ބުނީ، އެ މެޗުގައި ވެލެންސިއާ އިން ދެއްކި ކުޅުމާ ބަލާއިރު، އެއީ އޭނާ އުންމީދު ވެސް ނުކުރާހާ ބޮޑު ނަތީޖާއެއް ކަމަށެވެ. އަދި ހަމައެކަނި އެ މެޗުގައި ގޯހަށް ދިޔައީ އެކަން ކަމަށާއި، އެ ނޫން ކަމެެއް ނެތް ކަމަށެވެ. އަނެއްކޮޅުން ވެލެންސިއާ މިހާރު އޮތް ޙާލަތުގެ ވާހަކަ ދެެއްކެން ނެތް ކަމަށް ވެސް ފެސްކޯ ވަނީ ބުނެފަ އެވެ. ސަބަބެއްގެ ގޮތުގައި އޭނާ ބުނީ ވާދަވެރި މުބާރާތެއްގައި ބައިވެރިވާނީ ހުރިހާ މެޗެއް ކުޅުމަށް ކަމަށެވެ. މުބާރާތުގައި ބައިވެރިވީ ވެސް އެ ހުރިހާ ކަމެއް އެނގިތިބެ ކަމަށާއި، އެހެންކަމުން ޙާލަތުގެ ވާހަކަ ނުދެއްކޭނެ ކަމަށް އެންމެ ފަހުގެ ޗެމްޕިއަން ވެލެންސިއާގެ ކޯޗު ފެސްކޯ ވަނީ ބުނެފަ އެވެ.

އިތުރަށް އޭނާ ބުނީ ކުރިއަށް އޮތް މެޗުގައި ކުޅެން ޖެހޭ ޓީމަކީ ރާއްޖޭގެ ފުޓުބޯޅަ ސީޒަނަށް އެންމެ ފުރިހަމަ އަށް ތައްޔާރުވި ދެ ޓީމުގެ ތެރެއިން އެ ޓީމު ކަމަށެވެ. އެހެންކަމުން އެއީ ވެލެންސިއާ އަށް ކުރިމަތިވާނެ ބޮޑު ޗެލެންޖެއްގެ ގޮތުގައި ދެކޭ ކަމަށް ވެސް ފެސްކޯ ވަނީ ބުނެފަ އެވެ. އެ ޕްރެސްގައި ވެސް ފެސްކޯ ވަނީ ފުރަތަމަ ޕްރެސްގައި އޭނާ ދެއްކި ވާހަކަ ތަކުރާރުކޮށްފަ އެވެ. އޭނާ ބުނީ އެއްވެސް އިރެއްގައި ވެލެންސިއާ އަކީ ސަކަރާތަކަށް ނުވަތަ ޖޯކަކަށް ފުޓުބޯޅަ ކުޅޭނެ ބައެއް ނޫން ކަމަށެވެ. އަދި ވެލެންސިއާގައި ތިބޭނީ ވަރަށް ސީރިއަސް ކުޅުންތެރިން ކަމަށާއި، ވެލެންސިއާ އުފެދިގެން އައީ ވެސް ޒުވާން ކުޅުންތެރިންގެ މައްޗަށް އެކުލެވިގެންވާ ޓީމަކުން ކަމަށެވެ. އޭނާ ފާހަގަ ކުރި ގޮތުގަައި ރާއްޖޭގައި ޒަމާނީ ފުޓުބޯޅަ އަދި ބޯޅަ ތިރިކޮށްގެން ކުޅެން ފެށީ ވެސް ވެލެންސިއާ އިންނެވެ. އިތުރަށް ފެސްކޯ ބުނީ ވެލެންސިއާ އިން ކުޅޭނީ ވަކި ބަޔަކާ ވާދަކުރަން ނޫން ކަމަށާއި، ބޭނުން ވަނީ ވެލެންސިއާގެ ވައްޓަފާޅީގައި ކުޅެން ކަމަށެވެ. އޭނާ ފާހަގަ ކުރި ގޮތުގައި ވެލެންސިއާގައި "ސަންޑޭ މޯނިން ޕާކް ޕްލޭޔަރުން" ނުތިބޭނެ އެވެ.

މީގެ އިތުރުން ފެސްކޯ ބުނީ ކޮންމެ ކަމެއްގައި ވެސް ދެ ވިސްނުން އޮންނާނެ ކަމަށެވެ. އެއީ ނެގެޓިވް ވިސްނުމާއި، ޕޮސިޓިވް ވިސްނުން ކަމަށާއި، އޭނާ އަކީ ފުޓުބޯޅައިގައި އަބަދު ވެސް ޕޮސިޓިވް ވިސްނުން ގެންގުޅޭ މީހެއް ކަމަށެވެ. ވެލެންސިއާ އަކީ އަބަދު ވެސް ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދެމުން އަންނަ ޓީމެއް ކަމަށާއި، ވެލެންސިއާގެ ބެކަޕަކީ ޒުވާން ކުޅުންތެރިން ކަމަށް ފާހަގަކުރަމުން އޭނާ ބުނީ މިހާރު ޕްރެޒިޑެންޓްސްގައި ވާދަކުރާ ވެލެންސިއާ ޓީމުގައި ވެސް ޒުވާން އެތައް ކުޅުންތެރިން ހިމެނޭނެ ކަމަށާއި، އެއީ ވެލެންސިއާ އިން ޤަބޫލު ކުރާ ޤަބޫލު ކުރުމުގެ އެއް ހަގީގަތް ކަމަށެވެ. ޒުވާން ކުޅުންތެރިން މި ފެންވަރުގެ މުބާރާތަކަށް ނެރެން މިއީ އެންމެ އެކަށީގެންވާ ވަގުތުތޯ ސުވާލު ކުރުމުން ފެސްކޯ ބުނީ، މިއީ އެކަށީގެންވާ ވަގުތު ކަމަށެވެ. އޭނާ ބުނީ ވެލެންސިއާ އިން ސޮއި ހޯދި ބައެެއް ކުޅުންތެރިންނަށް ނުކުޅެވޭ ކަމަށާއި، އެ ނޫންނަމަ އޮންނާނީ ހަމަހަމަ ޓީމެއް ކަމަށެވެ.

ފެސްކޯ ބުނީ ދުނިޔޭގެ ބެސްޓް ޕްރެކްޓިސްގައި ވެސް ކަންތައް ކުރަނީ އެގޮތުގައި ކަމަށެވެ. އެގޮތުން އުމުުރުން ފަނަރަ އަހަރު ނުވަތަ ސޯޅަ އަހަރުގައި ޤައުމީ ޓީމަށް ކުޅޭ ކުޅުންތެރިން ވެސް ގިނަ ކަމަށެވެ. ނަމަވެސް އެމީހުންނަށް ވެސް ޤައުމީ ޓީމުން އެ އުމުރުގައި ޖާގަ ލިބެނީ ކުލަބު ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ ކުޅުމެއް ދައްކައިގެން ކަމަށާއި، އެ ނޫންނަމަ އެ ފުރުސަތު ނުލިބޭނެ ކަމަށެވެ. އެހެންކަމުން ރާއްޖޭގައި ވެސް އެކަން ނުކުރެވެންވީ ސަބަބެއް ނެތް ކަމަށް ފެސްކޯ ވަނީ ބުނެފަ އެވެ.

ވެލެންސިއާ އަކީ އެންމެ ފަހުން ޕްރެޒިޑެންޓްްސް ކަޕް ކާމިޔާބު ކުރި ޓީމެވެ. ނަމަވެސް އައު ސީޒަނަށް ވެލެންސިއާ އިން ތައްޔާރުވާން ފެށީ ވަރަށް ފަހުންނެވެ. މީގެ ކުރިން ފެސްކޯ ބުނެފައި ވަނީ ވެލެންސިއާ އަށް މިފަހަރު ތަށި ކާމިޔާބު ކުރެވޭނެ ފެންވަރު ނެތް ކަމަށާއި، ނަމަވެސް އެއީ ކާމިޔާބަށް މަސައްކަތް ނުކުރަންވީ ސަބަބެއް ނޫން ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޝައިހް ކަމާލް ކަޕް: ޓީސީއާ ދެކޮޅަށް ސެމީގައި ނިކުންނާނީ ނޭޕާލްގެ މަނަންގް

ޝައިހް ކަމާލް ކަޕް: ޓީސީއާ ދެކޮޅަށް ސެމީގައި ނިކުންނާނީ ނޭޕާލްގެ މަނަންގް

25 ފެބުރުއަރީ 2017
މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ

މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ

25 ފެބުރުއަރީ 2017
ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޝާހް އަށް ހާޓަޓޭކެއް ޖެހި ފަރުވާދޭން ފަށައިފި

ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޝާހް އަށް ހާޓަޓޭކެއް ޖެހި ފަރުވާދޭން ފަށައިފި

20 ފެބުރުއަރީ 2017
މާޒިޔާއާ ދެކޮޅަށް ނިކުންނާނީ ނެގެންހުރި ހަތިޔާރެއް ނަގައިގެން:ފެސްކޯ

މާޒިޔާއާ ދެކޮޅަށް ނިކުންނާނީ ނެގެންހުރި ހަތިޔާރެއް ނަގައިގެން:ފެސްކޯ

15 ފެބުރުއަރީ 2017
 ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ

ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ

14 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

4 ޖޫން
ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި
20251 އަހަރު ކުރިން
އިސްލާމް

ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި

އިންޑިއާގެ ބޮޑުވަޒީރު މޯދީ މަގާމުން އިސްތިއުފާ ދެއްވައިފި
20242 އަހަރު ކުރިން
ދުނިޔެ

އިންޑިއާގެ ބޮޑުވަޒީރު މޯދީ މަގާމުން އިސްތިއުފާ ދެއްވައިފި

ރޮނާލްޑޯގެ ޓީމު ރެލިގޭޓްވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

ރޮނާލްޑޯގެ ޓީމު ރެލިގޭޓްވެއްޖެ

މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!
20224 އަހަރު ކުރިން
ކޮލަމް

މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!

ސަލާމަތްވާން ލިއުޝާ ވަރަށް މަސައްކަތްކުރި، އެންޑީއޭގެ ޒިންމާކޮބާ؟
20215 އަހަރު ކުރިން
ރިޕޯޓު

ސަލާމަތްވާން ލިއުޝާ ވަރަށް މަސައްކަތްކުރި، އެންޑީއޭގެ ޒިންމާކޮބާ؟

ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި

ނިހާން އިންޑިއާއަށް ވަޑައިގަތުމުން އެޤައުމަށް ނާރުވާ ބޭރުކޮށްލައިފި!
20188 އަހަރު ކުރިން
ރާއްޖެ

ނިހާން އިންޑިއާއަށް ވަޑައިގަތުމުން އެޤައުމަށް ނާރުވާ ބޭރުކޮށްލައިފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު