Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބަޔާން މިއުނިކް

ޗެލްސީ ދޫކޮށް އެސިސްޓެންޓް ކޯޗު ޓުޗެލާއެކު ބަޔާނަށް

ޓުޗެލް ބުނީ، ބާރީ އަކީ އެކުގައި މަސައްކަތްކޮށްފައިވާ މީހަކަަށްވުމުން އޭނާގެ ފެންވަރާއި، މަސައްކަތު ލެވެލް ވަރަށް ރަނގަޅަށް އިނގޭ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 21 އެޕްރީލު 2023 | ހުކުރު 22:21
ޗެލްސީގެ އެސިސްޓެންޓް ކޯޗަކަށް ހުރި ބާރީ

ޗެލްސީގެ އެސިސްޓެންޓް ކޯޗަކަށް ހުރި ބާރީ

ޗެލްސީގެ އެސިސްޓެންޓް ކޯޗުކަމުގެ މަގާމުގައި ހުރި އެންތަނީ ބާރީ ޖަރުމަނުގެ ބަޔާން މިއުނިކްގެ އެސިސްޓެންޓް ކޯޗުކަމާ ހަވާލުވެއްޖެ އެވެ.

އުމުރުން 36 އަހަރުގެ ބާރީ ބަޔާންގެ އެސިސްޓެންޓް ކޯޗުކަމާ ހަވާލުވުމުގައި އެންމެ އިސް ދައުރެއް އަދާކޮށްފައި ވަނީ ކުރިން އޭނާއާއެކު މަސައްކަތް ކުރި ތޯމަސް ޓުޗެލް އެވެ. ބަޔާންގެ ކޯޗުކަމާ ޓުޗެލް ހަވާލުވުމަށްފަހު އޭނާ ބޭނުންވީ އެސިސްޓެންޓް ކޯޗަކަށް ބާރީ ގެންނާށެވެ. އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޓުޗެލް ބުނީ، ބާރީ މިހާރު ބަޔާނާ ގުޅިފައިވާ ކަމަށާއި، އޭނާ އައުމުން ވަރަށް އުފާވާ ކަމަށެވެ. އެގޮތުން އޭނާ އަކީ މަސައްކަތަށް ފަރުވާތެރި، އެސިސްޓެންޓަކަށް ވެސް އެންމެ އެކަށީގެންވާ މީހާ ކަމަށް ޓުޗެލް ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ޓުޗެލް ބުނީ އޭނާ އަކީ، ފެންވަރު ރަނގަޅު، ކޮލެޓީ ކޯޗެއް ކަމަށެވެ. އެހެންކަމުން އޭނާއާއެކު މަސައްކަތްކޮށްގެން ބަޔާނާއެކު ކުރިއަށް ދެވޭނެ ކަމުގެ ޔަޤީންކަން އޮންނަ ކަމަށް ވެސް ޓުޗެލް ބުންޏެވެ. އިތުރަށް ވާހަކަ ދައްކަމުން ޓުޗެލް ބުނީ، ބާރީ އަކީ އެކުގައި މަސައްކަތްކޮށްފައިވާ މީހަކަަށްވުމުން އޭނާގެ ފެންވަރާއި، މަސައްކަތު ލެވެލް ވަރަށް ރަނގަޅަށް އިނގޭ ކަމަށެވެ. ޓުޗެލް އޭނާގެ ކުރީގެ ކުލަބު ޗެލްސީގައި މަސައްކަތް ކުރި އިރު، ބާރީ ވެސް ހުރީ އެ ޓީމުގަ އެވެ. ޗެލްސީއާއެކު ޓުޗެލް ހޯދި ގިނަ ކާމިޔާބީތަކުގެ ފަހަތުގައި ބާރީ ހުރި ކަމަށް ވެސް ޓުޗެލް ވަނީ ބުނެފަ އެވެ.

ޗެލްސީގެ ކޯޗުކަމާ ޓުޗެލް ހަވާލުވި ފަހުން އެ ޓީމު ވަނީ މިހާތަނަށް ހަ މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން މޮޅުވެފައި ވަނީ އެންމެ ދެ މެޗުންނެވެ. ދެ މެޗުން ބަލިވީއިރު، ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ. ބަޔާން ވަނީ މި ސީޒަންގެ ޖަރުމަނު ކަޕުންނާއި، ޔުއެފާ ޗެމްޕިއަންސް ލީގުން ވެސް ކަޓައިފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ

އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ

18 ޖެނުއަރީ 2017
ނެދަލޭންޑްސްގެ ކުރީ ކޯޗު ލުއިސް ވެންހާލް ރިޓަޔާ ކޮށްފި

ނެދަލޭންޑްސްގެ ކުރީ ކޯޗު ލުއިސް ވެންހާލް ރިޓަޔާ ކޮށްފި

17 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި

ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި

14 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 ޖޫން
ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން
20242 އަހަރު ކުރިން
ރާއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"
20233 އަހަރު ކުރިން
ރިޕޯޓު

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟
20224 އަހަރު ކުރިން
ރިޕޯޓު

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު