Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރޮޒައިނާގެ ފުރާނައަށް ނުރައްކާވާކަމަށް ވިދާޅުވުން

ރޮޒައިނާގެ ފުރާނައަށް ނުރައްކާވާކަމަށް ވިދާޅުވެ މައްސަލަ ފުލުހަށް ހުށަހަޅައިފި

އިންތި ތުހުމަތުކުރައްވާ ފައިވާފަދައިން، ރައީސް ނަޝީދަށް ސެކިއުރިޓީ ދޭން ނުޖެހޭކަމަށް، ދިނުން ހުއްޓާލުމަށް، އަދި ދޭގޮތަށް ބަދަލެއް ގެންނާކަށްވެސް ވަކާލާތު ކޮށްފައި ނުވާނެ ކަމަށް ރޮޒައިނާ ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 21 އެޕްރީލު 2023 | ހުކުރު 02:58
އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް

އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް

މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ދޮގު ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް ޓެރަރިޒަމްގެ އަމަލެއް ހިންގާ ރައީސް މުހައްމަދު ނަޝީދު މަރާލަން އުޅޭކަމުގެ ނުރައްކާތެރި ތުހުމަތު މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްގެ ބޮލުގައި އެޅުވުމުން އޭނާގެ ފުރާނައަށް ނުރައްކާވެފައިވާ ކަމަށް ވިދާޅުވެ ރޮޒައިނާ އާދަމް ފުލުހަށް މައްސަލަ ހުށަހަޅުއްވައިފިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދަށް ފޮނުވި ސިޓީއެއްގައި ވިދާޅުވީ ރޮޒައިނާ އަކީ މީހަކަށް އަނިޔާއެއްދިނުމަށް ދުވަހަކުވެސް މަސައްކަތެއްކުރި، ނުވަތަ އެފަދަ ކަމެއްކުރަން ހިތައްއެރުވި ނުވަތަ އެފަދަ ކަމެއްކުރަން ރޭވި މީހެއްނޫން ކަމަށެވެ.

Advertisement - newsAdvertisement

އަދި ރައިސް ނަޝީދުއަށް ދިން ބޮމުގެ ހަމަލާއަކީ އެދުވަހު ވެސް މިއަދު ވެސް ހަރުކަށިއިބާރާތުން ކުއްވެރިކުރާ ކަމެއް ކަމަށާއި ސިޔާސީ ދާއިރާގައި މީހުންނާއި ސިޔާސީ ގޮތުން ހިޔާލު ތަފާތުވުމަކީ އެއްވެސް މީހަކާ ދޭތެރޭ ޒާތީ ވާންޖެހޭ ކަމެއްކަމަށް ނުވަތަ އަނިޔާވެރިވާންޖެހޭ ކަމެއްކަމަށް ނުވަތަ އެމީހާއާއި މެދު ނަފްރަތު ކުރަންޖެހޭ ކަމެއްކަމަކަށް އެއްވެސް އިރެއްގައި ގަބޫލެއްނުކުރާކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

މާފަންނުއުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ތުހުމަތުކުރައްވާ ފައިވާފަދައިން، ރައީސް ނަޝީދަށް ސެކިއުރިޓީ ދޭން ނުޖެހޭކަމަށްވެސް، އަދި ދިނުން ހުއްޓާލަށްވެސް، އަދި ދޭގޮތަށް ބަދަލެއް ގެންނާކަށްވެސް ވަކާލާތު ކޮށްފައި ނުވާނެ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ސިޔާސީ ގޮތުން ނަޝީދާއި އެއްބަސް ނުވެވޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށާއި އެކަންކަންކަމަށް ފާޑުކިޔުން އަދިވެސް ކުރިއަށް ގެންދާނެ ކަމަށް ރޮޒައިނާގެ ސިޓީގައި ވިދާޅުވެފައި ވެއެވެ. ނަމަވެސް އޭގެ މާނައަކީ ޖިސްމާނީ ގޮތުން އެމަނިކުފާނަށް ގެއްލުމެއްދޭން ބުނުން ނޫން ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

"ރައީސް ނަޝީދުގެ ޓީމުން ސިޔާސީ ގޮތުން އަޅުގަނޑާއި ބަހުސް ކޮށް ކުރިނޭރުނީމާ، އަޅުގަނޑުގެ އަބުރު . ކަތިލަން އެތައްމަސައްކަތެއްކޮށް، އެގޮތުވެސް ކުރި ނޭރުނީމާ ސިޔާސީގޮތުން އަޅުގަނޑު ފަހަތަށް ޖެއްސުމަށް، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ އަޅުގަނޑުގެ ބޮލުގައ ރައީސް ނަޝީދު މަރާލަން ރޭވުމުގެ އިލްޒާމް އެޅުވުމަކީ ވަރަށް ފިނޑި، ނާތަހުޒީބު އަދި ހަމަ އެހާ ނުރައްކާތެރި އަމަލެކެވެ. އެހެނީ އެއްވެސް ހެއްކަކާއި ނުލައި އަޅުގަނގެ ބޮލުގ ރައީސް ނަޝީދު މަރާލަން ރާވާކަމުގެ އިލްޒާމް އެޅުވުމުން، އެބޭފުޅާ އަޅުގަނޑު އެހުށައެޅި އަޅުގަނޑަށް ބަޔަކު ޖިސްމާނީ ހަމަލާއެއް ދީފާނޭ ހާލަތަކަށެވެ." ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ އެފަދަ ތުހުމަތެއް އޭނާގެ މައްޗަށް ކުރުމުން ނަޝީދަށް ތާއިދު ކުރާ ބަޔަކު އޭނާ އަށް ހަމަލާއެއް ދިނުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ.

އެހެންކަމުން ރައީސް ނަޝީދު މަރާލަން ރޮޒައިނާ އުޅޭކަމަށް އިމްތިޔާޒް ކުރި ތުހުމަތުގެ މައްސަލަ ފުލުހުން ބަލައި ދިނުމަށް ރޮޒައިނާގެ ސިޓީގައި ވަނީ އެދިވަޑައިގެންފައެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއާ ގުޅިގެން ސެކިއުރިޓީ ވަރުގަދަކޮށްފައި ވަނިކޮށް، އެކަމާ ދެކޮޅަށް މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވާހަކަ ދެއްކެވުމަކީ އިތުރު ހަމަލާއެއްގެ ބިރު އޮތް ކަމެއް ކަމަށް ވިދާޅުވެ އިމްތިޔާޒް ވަނީ ބުދަ ދުވަހު މައްސަލައެއް ފުލުހަށް ހުށަހަޅާފައެވެ.

އިމްތިޔާޒް ފުލުހުންނަށް ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވީ ބޮމެއް ގޮއްވާލައި ފުރާނަ ނުރައްކަލަކަށް ހުށަހެޅުނު ރައީސް ނަޝީދަށް ދައުލަތުން ފޯރުކޮށްދޭން މަޖުބޫރުވި ސެކިއުރިޓީ ހުއްޓާލަން ބާރުއަޅައި ރޮޒައިނާ އާއި އަނދުން ހުސެއިން ތަކުރާރުކޮށް ގެންދަވަނީ ވާހަކަ ދައްކަވަމުން ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

19 ޖޫން
"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި
20251 އަހަރު ކުރިން
ދުނިޔެ

"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ
20242 އަހަރު ކުރިން
ރާއްޖެ

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!

ސަޢީދު: އެންމެ ބޭކާރު ވަޒީރު
20188 އަހަރު ކުރިން
ރިޕޯޓު

ސަޢީދު: އެންމެ ބޭކާރު ވަޒީރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު