ކ. މާލެ
|
27 މާރޗް 2023 | ހޯމަ 20:20
ހިޔާ ފްލެޓް ސަރަހައްދު
ހިޔާ ފްލެޓް ސަރަހައްދު
ރާއްޖެއެމްވީ
ހިޔާ ފްލެޓްތަކުން ކަރަންޓު ކެނޑުން
ހިޔާއިން ކަރަންޓު ކެނޑެން ދިމާވި މައްސަލަ ހައްލުކުރަން 3 ގަޑިއިރު ހޭދަވާނެކަމަށް ބެލެވޭ
ޚިދުމަތް މެދުކެނޑިފައިވަނީ ހިޔާގެ ފުރަތަމަ ޓަވަރުގެ ސަބްސްޓޭޝަންގެ ސްވިޗްގިއަރގެ ބަސްބާ ޝޯޓުވުމާއި ގުޅިގެން

ހިޔާގެ ބައެއް ޓަވަރުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވަނީ ހިޔާގެ ފުރަތަމަ ޓަވަރުގެ ސަބްސްޓޭޝަންގެ ސްވިޗްގިއަރގެ ބަސްބާ ޝޯޓުވުމާއި ގުޅިގެން ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ހިޔާގެ ފުރަތަމަ ޓަވަރުގައި މައްސަލަ ދިމާވެފައިވާ ސަބްސްޓޭޝަންގެ އާރްއެމް ޔުނިޓްގެ ބަދަލުގައި އެހެން އާރުއެމް ޔުނިޓެއް ގުޅައި، އެ ސަބްސްޓޭޝަންގެ ކޭބަލްތައް އައު އާރުއެމް ޔުނިޓަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންކަމަށް ސްޓެލްކޯއިން ބުނެއެވެ.

އަދި ހިޔާގެ ފުރަތަމަ ޓަވަރުގެ ސަބްސްޓޭޝަންގެ ސުވިޗްގިއަރ ބަދަލު ކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި މި މަސައްކަތަށް 3 ގަޑިއިރު ހޭދަވާނެ ކަމަށް ލަފާކުރެވޭކަމަށެވެ.

މައުލޫމާތުލިބޭގޮތުގައި ހިޔާއިން މިއަދު ހަވީރު 5:20ން ފެށިގެން ވަނީ ކަރަންޓު ކެނޑިފައެވެ. ފްލެޓްތަކުން ކަރަންޓް ކަނޑައިގެން ގޮސްފައިވުމުގެ ސަބަބުން ލިފްޓްތަކުގެ މަސައްކަތެއް ނުކުރެއެވެ.

- ކޮމެންޓް