Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރިޔާސީ އިންތިޚާބު 2023

މިއީ ގާސިމާއި އާއިލާއާއި މުދަލަށް ގެއްލުމެއް ނުދިން ހަމައެކަނި ވެރިކަން - ސަމީރު

ކުރީގެ ރައީސުން ވެރިކަން ކުރައްވާފައި ހުރީ ގާސިމް އިބްރާހިމް ޖަލަށްލައި، އެމަނިކުފާނުގެ މުދާ ނަގައި އެމަނިކުފާނުގެ އާއިލާއަށް ދުއްތުރާކޮށް، އެކިކަންކަން ކޮށްގެން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 15 މާރިޗު 2023 | ބުދަ 05:09
ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު

ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ވެރިކަމަކީ، މިހާތަނަށް ރާއްޖޭގައި ކުރަމުން އައި ވެރިކަމުގެ ތެރެއިން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް އަނިޔާއެއް، ދުއްތުރާ އަދި ގެއްލުމެއް ނުދިން ހަމައެކަނި ވެރިކަން ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީން އަންނަ ސެޕްޓެމްބަރު މަހުގެ ރިޔާސީ އިންތިޚާބުގައި ވަކިން ވާދަކުރަން ނިންމުމާއެކު ސަމީރު ވަނީ އެ ޕާޓީން ވަކިވެވަޑައިގަންނަވާފައެވެ. އަދި ރާއްޖެޓީވީއަށް ދެއްވި އިންޓަރވިއުއެއްގައި ސަމީރު ވިދާޅުވީ، އޭނާ މި ނުކުންނަވަނީ ރައީސް ސާލިހަށް ރިޔާސީ އިންތިޚާބު ކާމިޔާބުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރެއްވުމަށް ކަމަށާއި، މިކަން ކުރުމަށް ކުރަންޖެހޭ ކޮންމެ ކަމެއް ކުރައްވާނެ ކަމަށެވެ.

Advertisement - newsAdvertisement

ސަމީރު ވިދާޅުވީ ޖުމްހޫރީ ޕާޓީގައި އުޅުއްވާ ގިނަ ބޭފުޅުން ޖުމްހޫރީ ޕާޓީއަށް ފަހި ފުރުސަތުތަކެއް އޮތްކަމަށް ދެކެވަޑައިގެންނެވިޔަސް، ތަކުރާރުކޮށް ވިދާޅުވާނީ އެ މަންޒަރު ފެނިވަޑައިނުގަންނަވާ ކަމަށެވެ. އަދި ރާއްޖޭގައި މިހާރު އޮތް ހަމަޖެހުމާއި، ރާއްޖެއަށް ލިބިފައިހުރި ކުރިއެރުމާއި، އަދި ރައީސުލްޖުމްހޫރިއްޔާގެ ކެތްތެރިކަމާއި، ކޮވިޑްގެ ހާލަތުގައި އެމަނިކުފާނު އަމަލުކުރެއްވި ގޮތަށް މި ޤައުމު މިދާ މިސްރާބަށް ކުރިއަށް ގެންދިއުމަށް ކުރައްވާފައި ހުންނެވި މަސައްކަތްޕުޅުތައް ސަމީރު ފާހަގަކުރެއްވިއެވެ.

ސަމީރު ވިދާޅުވީ މާޒީވެދިޔަ އެތައް ސަރުކާރުތަކެއް ތެރޭގައި، ހާއްސަކޮށް ރައީސް މައުމޫންގެ ވެރިކަމުން ފެށިގެން ރައީސް ނަޝީދާއި ރައީސް ޔާމީންގެ ވެރިކަމާއި ހިސާބަށް އައި އިރު، މި ހުރިހާ ބޭފުޅުން ވެސް ވެރިކަން ކުރައްވާފައި ހުންނެވީ ގާސިމް އިބްރާހީމް ޖަލަށްލައި، އެމަނިކުފާނުގެ މުދާ ނަގައި އެމަނިކުފާނުގެ އާއިލާއަށް ދުއްތުރާކޮށް، އެކިކަންކަން ކޮށްގެން ކަމަށެވެ.

އަދި މިއީ މާފަންނުވިލާ ގާސިމް އިބްރާހީމާއި ޖުމްހޫރީ ޕާޓީގެ ލީޑަރަށް ދުއްތުރާއެއް ނުކޮށް އެމަނިކުފާނުގެ އާއިލާއަށް އަދި ވިޔަފާރިއަށް ގެއްލުމެއް ނުދެއްވާ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ބޭފުޅަކު 5 އަހަރުގެ ދައުރެއް ފުރިހަމަކުރައްވާ ފުރަތަމަ ފަހަރު ކަމަށެވެ. އެހެންވީމާ މި ހާލަތަށް ބަލާއިރު ޖުމްހޫރީ ޕާޓީ އެހެން ގޮތަކަށް ނުކުމެ ކާމިޔާބީއެއް ލިބިދާނެ މަގެއް ފެނިވަޑައިނުގަންނަވާ ކަމަށް ސަމީރު ވިދާޅުވިއެވެ.

ސަމީރު ވިދާޅުވީ މިކަމުގައި ގަބޫލުކުރަންޖެހޭ ހަގީގަތަކީ އޭނާއަށް ފެނިވަޑައިނުގަންނަވާ ކިތައްމެ ކަމެއް ޕާޓީގެ ބޭފުޅުންނަށް ފެނިވަޑައިގަންނަވާނެކަމަށެވެ. އެހެންކަމުން އެބޭފުޅުން އެ މަގުން އެގޮތަށް ނިންމަވާފައި، ޖުމްހޫރީ ޕާޓީގެ ލީޑަރު ވެސް އެގޮތުގެ މަތިން ގޮތެއް ނިންމެވީ ކަމަށާއި، އަދި އެ ނިންމެވުމަށް އިހްތިރާމްކުރައްވާކަމުގައި ސަމީރު ވިދާޅުވިއެވެ. އަދި އޭނާގެ ޚިޔާލު ހިއްސާކުރެއްވުމަށްފަހުގައި ޕާޓީން ވަކިވެވަޑައިގެންނެވީ ކަމަށް ވެސް ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުގައި ސަމީރު ވިދާޅުވިއެވެ.

އަހުމަދު ސަމީރުރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙުމާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމްޖުމްހޫރީ ޕާޓީމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

20 ފެބުރުއަރީ
ޖުމްލަ އާމްދަނީ ދަށަށް، މުސާރައިގެ ޚަރަދު މައްޗަށް
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ޖުމްލަ އާމްދަނީ ދަށަށް، މުސާރައިގެ ޚަރަދު މައްޗަށް

ދިހަ މިނެޓުން ދެވޭ ދެ ރަށެއްގައި އެއާޕޯޓު، ނާޖާއިޒު މަންފާއަކަށް ނުވޭތޯ؟
20242 އަހަރު ކުރިން
ރިޕޯޓު

ދިހަ މިނެޓުން ދެވޭ ދެ ރަށެއްގައި އެއާޕޯޓު، ނާޖާއިޒު މަންފާއަކަށް ނުވޭތޯ؟

ރާއްޖޭގައި ކުޅުނު ލަންކާ ކީޕަރު ސުޖަންގެ ކަންބޮޑުވުންތައް އޮއްސާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

ރާއްޖޭގައި ކުޅުނު ލަންކާ ކީޕަރު ސުޖަންގެ ކަންބޮޑުވުންތައް އޮއްސާލައިފި

މޭރީގެ ލޭގައި މީހަކު މަރާލެވިދާނެ ފަދަ ކެމިކަލްއެއް، އެ ކެމިކަލް ލަމްހާގެ ގެއިން ފެނުނު އިންޖެކްޝަންގައި!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ ލޭގައި މީހަކު މަރާލެވިދާނެ ފަދަ ކެމިކަލްއެއް، އެ ކެމިކަލް ލަމްހާގެ ގެއިން ފެނުނު އިންޖެކްޝަންގައި!

ދިވެހި ކަނޑުތައް ދިފާއުކުރުމުގެ ގާބިލު ކަމާއި ޖޯރު ދިވެހި އަސްކަރިއްޔާއަށް ލިބެންޖެހޭ
20215 އަހަރު ކުރިން
ރިޕޯޓު

ދިވެހި ކަނޑުތައް ދިފާއުކުރުމުގެ ގާބިލު ކަމާއި ޖޯރު ދިވެހި އަސްކަރިއްޔާއަށް ލިބެންޖެހޭ

ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!
20197 އަހަރު ކުރިން
ރާއްޖެ

ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!

ކުއްލި ހާލަތެއް ނެތް، ބަންދުކޮށްފައި ތިބި އެންމެން ދޫކޮށްލަން ޕީޖީ އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުއްލި ހާލަތެއް ނެތް، ބަންދުކޮށްފައި ތިބި އެންމެން ދޫކޮށްލަން ޕީޖީ އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު