Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގޭންގް މާރާމާރީ

ގޭންގް މާރާމާރީތަކާއި ގުޅިގެން ފުލުހުން ބޮޑު އޮޕަރޭޝަނެއް ހިންގައިފި

11 މާރިޗު 2023 | ހޮނިހިރު 08:28

މި އޮޕަރޭޝަނަކީ ފިހާރައެއްގެ ތެރޭ މީހަކު މަރާލި މައްސަލަ އާއި ގުޅޭ އޮޕަރޭޝަނެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 11 މާރިޗު 2023 | ހޮނިހިރު 08:28
ސީޕީ މުހައްމަދު ހަމީދު

ސީޕީ މުހައްމަދު ހަމީދު

ގޭންގް މާރާމާރީތަކާއި ގުޅިގެން ފުލުހުން ބޮޑު އޮޕަރޭޝަނެއް ހިންގައިފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވާއިރު ފުލުހުން ބުނީ ކުރިއަށް ގެންގޮސްފައިވަނީ ސަރޗް އޮޕަރޭޝަނެއް ކަމަށެވެ.

Advertisement - newsAdvertisement

ބައެއް މީޑިއާތަކަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެފައިވަނީ ހެންވޭރު ރޯޝަނީ މަގާއި ދީފުރަމް ގޯޅި އަދި މެހެލި ގޯޅި ބަންދުކޮށް މޫނު ނިވާކޮށްގެން ތިބި ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވި, މި އޮޕަރޭޝަނަކީ ފިހާރައެއްގެ ތެރޭ މީހަކު މަރާލި މައްސަލަ އާގުޅޭ އޮޕަރޭޝަނެއް ކަމަށެވެ.

ފިހާރައެއްގެ ތެރޭ މީހަކު މަރާލި މައްސަލަގައި ފެބްރުއަރީ 26 ގައި ވަނީ އެކަކު ހައްޔަރުކޮށްފައެވެ. ފުލުހުން އެދުވަހު މައުލޫމާތު ދިން ގޮތުގައި ހައްޔަރުކުރީ 20 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.

އެ މާރާމާރީގައި ލިބުނު ޒަހަމްތަކަށް އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެއް ވަނީ ފެބްރުއަރީ 27 ވަނަ ދުވަހު މަރުވެފައެވެ.

ގޭންގުތަކުގެ މީހުންގެ ނުފޫޒު ކޯޓުތަކުގައިވެސް އެބައޮތް ކަމަށާއި އެ މީހުން ގާޒީންނަށްވެސް ބިރުދައްކާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ މީގެކުރިން ވިދާޅުވެފައެވެ. ސީޕީ ވިދާޅުވީ، ގޭންގުތަކުގެ މީހުން ދޫވުމުގެ ސަބަބަކީ އެ މީހުންގެ ބާރުވެރިކަމާއި ނުފޫޒު ކަމަށެވެ. އަދި ކޯޓު ތެރެއަށްވެސް އެ މީހުން "އަތްބާނާ" ކަމަށާއި ކޯޓުތަކުުގެ ގާޒީންނަށްވެސް ބިރުދައްކާކަމަށް ސީޕީ ވިދާޅުވިއެވެ.

އެހެން ދައުލަތްތަކުގައި ވެސް، ކުށްކުރާ މީހުންނާއި ބިރުވެރިކަން ފަތުރާ މީހުންގެ ހުންނަ އާޑުފާޑު އެއީ ރާއްޖޭގައިވެސް ބީރައްޓެހި ކަންތައްތަކެއް ނޫންކަމަށް ހަމީދު ވިދާޅުވިއެވެ. އެ މީހުންގެ ބާރު ހުރިހާ ދިމަދިމާއަކަށް ވެސް ފޯރުވާ ކަމަށާއި، އެކަމުގެ އަސަރުވެސް އެބަ ފެންނަކަމަށް ވިދާޅުވިއެވެ. އެ ގޮތުން ބޮޑެތި ކުށްތަކަށް އަރައިގަންނަ މީހުންނާމެދު ފިޔަވަޅުއަޅަން ތަންފީޒީ އިދާރާތަކުން މަސައްކަތްތަކެއް ކުރިނަމަވެސް އެ ކަމުގެ ސަބަބުން އެކަމަށް ހުރަސްތަކެއް ހުންނަކަމަށް ސީޕީ ވިދާޅުވިއެވެ.

ސީޕީ އިތުރަށް ވިދާޅުވީ 2010 ވަނަ އަހަރު އެކުލަވައިލާފައިވާ ގޭންގު ކުށްތަކާބެހޭ ގާނޫނަކީ މިހާރު ބޭނުންކުރަން އެކަށީގެންވާ ގާނޫނެއް ނޫންކަމަށެވެ. އެ ގާނޫނަށްވެސް ބަދަލުތަކެއް ގެނެސް ތަންކޮޅެއް، ވަށާޖެހޭ ރަނގަޅު ނިޒާމެއްގެ ތެރެއިން ތަންފީޒުކުރެވޭ ގާނޫނަކަށް ހެދުމަށްވެސް މަސައްކަތް ކުރަމުންދާ ކަމަށް ސީޕީ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
13 ޖެނުއަރީ 2017

އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

13 ޖެނުއަރީ 2017
އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް