Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހިރިލަންދޫގެ ތަރައްގީ

ހިރިލަންދުއަކީ ޗާޓުން ގެއްލިފައި އޮތް ރަށެކޭ ބުނާ ބުނުމަށް ބަދަލު ގެނެވިއްޖެ - ރައީސް

ހިރިލަންދޫ ރައްޔިތުންގެ ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް، މި ރަށުގެ ބިން ހިއްކުމުގެ މަސައްކަތް ފެށިގެން މިހާރު ކުރިއަށްދޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 2 މާރިޗު 2023 | ބުރާސްފަތި 12:21
ރައީސް ސާލިހް ހިރިލަންދޫ ސްކޫލުގެ 71 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަނީ

ރައީސް ސާލިހް ހިރިލަންދޫ ސްކޫލުގެ 71 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަނީ

ހިރިލަންދުއަކީ ޗާޓުން ގެއްލިފައި އޮތް ރަށެކޭ ބުނާ ބުނުމަށް ބަދަލު އަތުވެއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ހިރިލަންދޫ ސްކޫލުގެ 71 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ހިރިލަންދޫ ރައްޔިތުންގެ މުހާވަރާއަކަށް މިހާރު ވެފައި އޮތް އެއް ކަމެއް އޮންނަ ކަމަށެވެ. އެއީ، ހިރިލަންދުއަކީ ޗާޓުން ގެއްލިފައި އޮތް ރަށެކޭ ބުނާ ބުނުން ކަމަށެވެ. ނަމަވެސް މިހާރު އެކަމަށް ބަދަލު އަތުވެއްޖެ ކަމަށާއި، އޭރު ވެފައި އޮތް ގޮތަކީ ޗާޓުގައި އޮތަސް، ވަކި ބައެއްގެ ދުރުމިއަށް މި ރަށް ނާރައި މިހައި ދުވަހު އޮތުން ކަމަށެވެ.

ރައީސް ވިދާޅުވީ ހިރިލަންދޫ ރައްޔިތުންގެ ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް، މި ރަށުގެ ބިން ހިއްކުމުގެ މަސައްކަތް ފެށިގެން މިހާރު ކުރިއަށްދާ ކަމަށެވެ. މި އަހަރުގެ މެދުތެރޭގައި އެ މަސައްކަތް އެމް.ޓީ.ސީ.ސީން ކޮށް ނިންމާނެކަމަށް އުންމީދުކުރައްވާ ކަމަށާއި، އޭރުން ރަށުގެ މަސްވެރިކަމަށްވެސް، އަދި ފައިބަރު މަސައްކަތާއި، އެހެން ސިނާއީ ކަންކަމަށް ވެސް އިތުރު މަގުތައް ތަނަވަސްވެގެން ދާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ގިނަ ރަށްރަށެކޭ އެއްގޮތަށް، ހިރިލަންދޫގެ ރައްޔިތުން ވެސް ދިރިއުޅެމުން އައީ ރައްކާތެރި ސާފު ބޯފެން ލިބޭނެ ރަނގަޅު އިންތިޒާމެއް، އަދި ނަރުދަމާ ނިޒާމެއް ނެތި ކަމަށެވެ. އެ ޚިދުމަތް ގާއިމުކުރުމުގެ މަސައްކަތް ފެށިގެން މިހާރު ކުރިއަށްދާ ކަމަށާއި، އިރާދަކުރެއްވިއްޔާ އެކަމުގެ ލުއިފަސޭހަވެސް މި އަހަރުގެ ތެރޭގައި ރައްޔިތުންނަށް ލިބިގެންދާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ހިރިލަންދޫ މިހާރު މާ ރަނގަޅަށް ވެސް ޗާޓަށް އަރައިފި ކަމަށެވެ. އެމަނިކުފާނު ގެންގުޅުއްވާ ޗާޓުން އެންމެ ރަށެއް އަދި އެންމެ ފަރުދެއްވެސް ބޭރުނުވާނެކަމުގެ ޔަގީންކަން، ރާއްޖޭގެ ހުރިހާ ލޮބުވެތި ރައްޔިތުންނަށް ދެއްވާކަމަށެވެ.

މި ރާއްޖެ، ޖަޒީރާގެ ހާރަކަށް މިވަނީ، މި ހުރިހާ ރަށްތަކެއް ގުޅި ލާމެހިގެން ކަމަށާއި، މި ރަށްތަކުގެ ރައްޔިތުން އެއް ބަޔަކު އަނެއް ބަޔަކާވެސް ގުޅި ލާމެހިގެން ކަމަށް ރައީސް ވިދާޅުވިއެވެ.

ތ. ހިރިލަންދޫމިނިސްޓްރީ އޮފް އެޑިއުކޭޝަން ރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025
ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް

ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް

08 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

17 މާރިޗު
އޮރެންޖް މެރިންގ ޕައި
20251 އަހަރު ކުރިން
ލައިފް ސްޓައިލް

އޮރެންޖް މެރިންގ ޕައި

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް
20242 އަހަރު ކުރިން
ރާއްޖެ

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟
20224 އަހަރު ކުރިން
ރިޕޯޓު

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ
20215 އަހަރު ކުރިން
ކުޅިވަރު

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
20197 އަހަރު ކުރިން
ރިޕޯޓު

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟
20188 އަހަރު ކުރިން
ރާއްޖެ

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު